13 ފެބުރުއަރީ 2019 - 15:49
ވެހިކަލްތަކުގެ ނަމްބަރު ބޯޑްގައި ވަކި ފޮންޓެއް ބޭނުންކުރަން ޖެހޭ ގޮތަށް ހެދި ގަވައިދަށް އަމަލުކުރުން ލަސްކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު ކޮރަޕްޝަނުގެ އަމަލެއް ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް، ހުށަހަޅައިފި އެވެ.
އޭސީސީއަށް ފޮނުވި ސިޓީގައި އެދިފައި ވަނީ އޮކްޓޯބަރު 4، 2010 ގައި ރަފީއު ސޮއިކުރައްވާ އެ އިއުލާން ނެރުއްވުމަކީ "ހެދިފައިވާ ގަވާއިދުތަކާ ހިލާފު އަމަލަކަށް ވާތީ މިކަން ބައްލަވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށެ"ވެ.
އެ މައްސަލަ ހުށައެޅީ ކާކުކަން އޭސީސީއަކުން ހާމައެއް ނުކުރެ އެވެ. އެކަމަކު އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ވެހިކަލްތަކުގެ ނަމްބަރު ބޯޑާ ބެހޭ ގަވައިދަށް އަމަލުކުރުން ފަސްކުރުމުގައި ތުހުމަތުކުރެވޭ މައްސަލައެއް ރަފީއުއާ ދެކޮޅަށް އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބެއް ވެސް އޭސީސީއަކުން ނުބުނެ އެވެ.
އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން އެއީ ގަވާއިދާ ހިލާފު އިއުލާނެކެވެ. އެ ގޮތުން އެއީ މޭ 6، 2009 ގައި ގެޒެޓްކޮށްފައިވާ އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ އަށް ވަނަ މާއްދާގެ (ށ) އަށް އަމަލްކުރުން ހުއްޓުވަން ނެރުނު އިއުލާނެއް ނަމަވެސް، އެ މާއްދާ އަށް އަމަލްކުރަން ގަވާއިދުގައި ކަނޑައެޅިގެން ބުނެފައިވާ ކަމަށް ސިޓީގައިވެ އެވެ.
ނަމްބަރު ޕްލޭޓްގައި ވަކި ފޮންޓެއް ހުންނަން ޖެހޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހެދި ގަވައިދަށް އަމަލުކުރުން ފަސްކުރި މައްސަލަ ފެންމަތިވީ ޓްރާންސްޕޯޓް މިނިސްޓްރީން ހިންގި "މީތި ސަޅި" ކެމްޕޭނުގައި މިނިސްޓަރު އައިޝަތު ނަހުލާ ދުއްވެވި ކާރުގައި އެހެން ފޮންޓަކުން ނަމްބަރު ޕްލޭޓް ހުރުމުން މީހުން އެކަމާ ފާޑުކިއުމުގެ ތެރޭގަ އެވެ.
އެ ފާޑުކިއުންތައް އަންނަން ފެށުމުން މިނިސްޓްރީން ބުނީ ވަކި ފޮންޓަކުން ނަމްބަރު ޕްލޭޓް ހުންނަން ޖެހޭ ގަވައިދަށް އަމަލުކުރުން ފަސްކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަފީއު
13 February 2019
ރަފީއު އަކީ ވަރަށް ހިންގުންތެރި ބޭފުޅެއް
ޢަލއ
13 February 2019
ޓްރާންސްޕޯޓް އޮތޯރިޓީއަކީ ދޮންނަމެޝިނަށްލާ ދޮންނަށްޖެހޭ ތަނެއް، އެތަނުގަ ވަކިމީހެއްކިޔާނެކަމެއްނެތް، އެންމެކުޑަމިނުން އެތަނުގެ މަސައްކަތުމީހާއަށް ދާންދެން ހިންގަނީ ޖަރީމާ، ދޮރުދަށުން ފޯމް ވައްދައިގެންވެސް ޚިދުމަތްދޭނެ ބަންދުގަޑީގައި ވަލުދޮރާށިންވެސް ފޯމް ވައްދާނެ، ރަސްމީގަޑީގައި ފޯނުކޮށްގެން ތިރިއަށް ގެނެސްގެންވެސް ފޯމް ބަލައިގަނެ ޚިދުމަތްދޭނެ، ގަރާޖުނެތި ކާރު ރަޖިސްޓްރީ ކޮށްދޭނެ، ބައު އުޅަނދަށް އޮޑީ ނަންބަރުދީގެން އައު އުޅަނދުގެގޮތުގައި ރކޮށްދޭ
ޙަޏިމް
13 February 2019
ޓްރާންސްޕޯޓް ސިސްޓަމްގަ މައްސަލަތަކަށް ޒިންމާ ނަގަންޖެހޭ އެކަކުތީ.
އެޑަމޯ
13 February 2019
ގަރާޖު ވިއްކުމާ ޓެކްސީ ނަންބޯޑް އަދި ޑޮމޭން ވިއްކުމުގެ ބޮޑެއް.މީނާ ގެ ފަތިފުން އަވަހަށް ބަލާ މީނަ ތިތާ ހުރެގެން ހިންގި ޖަތީމާތައް ނުބެލިއްޖެއްޔާ އިންސާފު ވެރިކަމެއް ނޫން. ތެދެއް މިބުނީ
މާނު
13 February 2019
ރަފީއުއަކީ ޖަރީމާގެ ވަރަށް ބޮނޑް މީހެއް. ހަގީގަތް އެގޭތީ މިބުނަނި. ކިތައް ވެހިކަލު ނުގަވާއިދުން އަމިންލަ ފައިދާއަށް ރަޖިސްޓަރ ކޮށްދީފަ އެބަހުރި
ރިޔާ
13 February 2019
ސަރުކާުރުން ވަކިކުރަންވެފަ ހުރިމީހެއް.
ވަގު
13 February 2019
ތިތަނުން ތީނަ ބޭރު ނުކޮށް މާލޭގެ ޓްރެފިކް މައްސަލަ ހައްލެއް ނުކުރެވޭނެ.
ހަސީނާ
13 February 2019
ރަފީޢުވެސް ތިކަން ކޮށްފައި އޮންނާނީ އެމް.ޑީ.ޕީ ސަރުކާރުގެ ބޮޑަކު ބުނެގެންކަން ޔަޤީން. އަދި މައްޗަށް ހުރި ވެރިޔަކު އަންގައިގެން. ދެން 10 އަހަރު ފަހުން މި މައްސަލަ ބަލަން ފެށީމަ ވަރަށް ހެއްވާ.
ފޮކްސް
13 February 2019
ތިކަހަ ކޮންމެވެސް ކޫސަނިކަމެއް ނޫނީ ނުކުރާތި... އަނެއްކާ އޮވޭތަ ޒިބުރާ ކުރޮސްގަ ލާންޖެހޭނީ ވަކިކުލައެކޭ ބުނެފަ...
1234
13 February 2019
މަގޭ ސައިކު ބޯޑު ނަންބަރު ބަދަލުކުރަން މިއުޅެނީ ތާނައަށް..