ޓްރާންސްޕޯޓް މިނިސްޓްރީގެ ޕްރެސް ކޮންފަރެންސެއްގައި ރަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޓްރާންސްޕޯޓް
13 ފެބުރުއަރީ 2019 - 20:27
ވެހިކަލްތަކުގެ ނަމްބަރު ބޯޑްގައި ވަކި ފޮންޓެއް ބޭނުންކުރަން ޖެހޭ ގޮތަށް ހެދި ގަވާއިދަށް އަމަލުކުރުން ފަސްކުރުމުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅީ އޭނާއާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ރަފީއު ކޮރަޕްޝަން ހިންގެވި ކަމުގެ ތުހުމަތާ އެކު އޭސީސީ އަށް މީހަކު ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގަވާއިދަށް އަމަލުކުރަން ފަސްކުރަން އަންގައި، އޮކްޓޯބަރު 4، 2010 ގައި އިއުލާނެއް ނެރުއްވީ ރަފީއު ސޮއި ކުރައްވަ އެވެ. އެއީ، ގަވާއިދާ ޚިލާފު އިއުލާނެއް ކަމަށް ތުހުމަތުކޮށް އެދިފައި ވަނީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށެވެ.
އެ މައްސަލަ ހުށަހަޅާފައިވާކަން މީޑިއާ އަށް ޔަގީންކޮށް ދިން ނަމަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީން ނުބުނެ އެވެ.
ރަފީއު ވިދާޅުވީ ވަކި ފޮންޓެއް ބޭނުންކުރަން ޖެހޭ ގޮތަށް ހެދި ގަވާއިދަށް އަމަލުކުރުން ފަސްކުރުމަކީ އޭނާގެ ނިންމެވުމެއް ނޫން ކަމަށެވެ. އެ ގަވާއިދާ ގުޅޭ ގޮތުން ބަޔަކު އަޑުއުފުލަން ފެށުމުން އެއީ، 2010 ގައި، ޓްރާންސްޕޯޓް މިނިސްޓްރީގައި ތިއްބެވި ވެރިންގެ ނިންމެވުމެއް ކަމަށާއި އެކަމާ ގުޅުވައި އޭނާ އަށް ކޮރަޕްޝަންގެ ތުހުމަތު ކުރަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
ގަވާއިދަށް އަމަލުކުރުން ފަސްކުރަން ނެރުނު އިއުލާންގައި ސޮއި ކުރެއްވީ ވެސް އޭނާ ނޫން ކަމަށް ރަފީއު ވިދާޅުވި އެވެ.
"ގަވާއިދަކާ ގުޅުވައި އަޅުގަނޑު ހިންގި ކޮރަޕްޝަނެއް ނޯންނާނެ. އެ ނޫން ކަމެއްގައި ވެސް އަޅުގަނޑަކީ ކޮރަޕްޝަންގެ ވިސްނުން ގެންގުޅޭ މީހެއް ނޫން. އަޅުގަނޑާ ގުޅުމެއް ނެތް ކަމެއްގައި ތުހުމަތުތަކެއްކޮށް އޭސީސީ އަށް ހުށަހަޅަންވީ ސަބަބެއް ނޭނގެ،" ރަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަގީގަތާ ޚިލާފު ތުހުމަތުތަކަކުން ކޮރަޕްޝަންގެ ތުހުމަތުތައް ކުރުމަކީ ހިތާމަކުރައްވާ ކަމެކެވެ.
ނަމްބަރު ޕްލޭޓްގައި ވަކި ފޮންޓެއް ހުންނަން ޖެހޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހެދި ގަވާއިދަށް އަމަލުކުރުން ފަސްކުރި މައްސަލަ ފެންމަތިވީ ޓްރާންސްޕޯޓް މިނިސްޓްރީން ހިންގި "މީތި ސަޅި" ކެމްޕޭނުގައި މިނިސްޓަރު އައިޝަތު ނަހުލާ ދުއްވެވި ކާރުގައި އެހެން ފޮންޓަކުން ނަމްބަރު ޕްލޭޓް ހުރުމުން، އެކަމާ ފާޑުކިއުމުގެ ތެރޭގަ އެވެ.
އެ ފާޑުކިއުންތައް އަންނަން ފެށުމުން މިނިސްޓްރީން ބުނީ ވަކި ފޮންޓަކުން ނަމްބަރު ޕްލޭޓް ހުންނަން ޖެހޭ ގަވައިދަށް އަމަލުކުރުން ފަސްކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެރިޔާ
14 February 2019
އޭސީސީންވެސް މިހާރު މައްސަލަ ބަލަނީ ބިރުދައްކަން
އެޑަމް
14 February 2019
އަޅުގަޑައްއެގިފައޮންނަގޮތުގަ ގަރާޖުހުއްދައަކީސިޓީކައުންސިލުންދޭހުއްދައެއް އޭގާގަރާޖުގަހުރިމިންތަކުގެތަފުސީލުވެސްހުރޭއެމިނުންކޮންމެ100ައަކަފޫޓަކައް އެއްކާރުދެންފަހުން އެތަންތަނުގަވިޔަފާރިކުރާނަމައެހުއްދަދެނީ އެކޮނަމިކުމިނިސްޓުރީން
ޑޮނާޑް
14 February 2019
މީހަކު މީހަކުދެކެ ފޫހިވުމަކީއެއީކޮރަޕުސަނާގުޅުންހުރިކަމެއްނޫން އެއީޒާތީކަމެއް ރަފީޢުއަޅުގަޑުވެސްދަންނަން އޭނާއަކީކޮރަޕުސަނާގުލުން ހުރިބޭފުޅެއްނަމަ އޭނައަކީގުނާލެވޭވަރުގެމުއްސަންޖަކައްވީސްއެކަމުއޭނަޔަކީވަރައްނިކަމެތިއުޅުމެއްއުޅޭމީހެއް
ފޫހި
14 February 2019
ތިޔަ ރަފީއު ތިޔަތަނުގައި ހުރިހާދުވަހަކު ކޮރޮޕްޝަން ނުހިނގައެއްނުދާނެ. ހާދަފޫއްސެއްވޭ.
ވޯލް
14 February 2019
ރާއްޖޭގެ ޓްރެފިކްގެ މައްސަލަތަކުގެ ހުރިހާވެސް އަސްލަކީ ޓްރާންސްޕޯޓް މިނިސްޓްރީއާއި އެތަނުގެ އިސްވެރިން.
ހަކީމް
14 February 2019
2010 އެއްގަ މައްސަލަ ހުށަހެޅީ ... ދެން މިހާރު މައްސަލަ ހުށަހެޅީ މީހާ މަރުވެއްޖެ.
އަމްލާ
14 February 2019
މީނަ ތިތަނުން ބޭރުކޮށްލާއިރަށް މަގުމަތިވެސް އަމާންވާނެ. ކަނޑައެޅިގެން އެނގޭކަމެއްމީ.
ކަނބިލި
14 February 2019
ރަފީޢު ލައްވާ ގޯސް ހެއްދީ ޕާޓީ އެކްޓިވިސްޓުން.
ގޮރުނުދޯރު
14 February 2019
ހުޅުމާލެ ބުރިޖާ ހައިވޭގަ ސައިކަލް ދުއްވާއިރު ހެލުމެޓް އަޅަން ގޮވާއިރު ތިޔަބޭފުޅުން ނިކަން ހެލްމެޓް އަޅައިގެން މެންދުރު ބުރެއްޖަހާލަބަލަ.. މީހާއައްވާވަރު ބަލާލަން.. ހެލުމެޓް ނާލާ 2 ކޮޅައް ބުރެއްޖަހާއިރު މީހާ ހުންނަނީ ބުރާންތި ވެފަ.. އަމުރު މައުރޫފު ނެރެވޮދާނެ ފިނިކާރުގަޔާ ކޮޓަރި ތިބެގެން..
ރިސޫ
14 February 2019
ތިޔަ ބުނީ ހެޔޮކޮށް. ހެލްމެޓް ނާޅާ ކުރާ ދަތުރު ނިންމާއިރު ގިނަފަހަރު ބުރާންތިވޭ. މުޅި އުމުރައްވެސް އެ ބުރާންތިކަން ބައެއްފަހަރު އެބަހުރޭ. ބައެއްފަހަރު ފުރާނަނެތް މަސްގަނޑުވެސް ސަހަރާއްށް ގެންދަންޖެހޭ. ހެލްމެޓް އެޅުމަކީ ރައްކަލެއް. މިހާރުނުވި ރައްކަލެއް ފަހުން ނުވެވޭނެ.
ައައްޕަ
13 February 2019
ތިއީ ތިޔަ ތަނުގައި ހިންގާ ކޮރަޕްޝަނުގެ މައި އެއް މުގޫ. އެނގޭތީ މި ބުނަނީ.