އއ. ކުރަމަތީ ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ހަވީރު 4:50 ހާއިރު ގެނބިގެން މަރުވީ އުމުރުން 60 އަހަރުގެ ޖަރުމަނު ޓޫރިސްޓެއް ކަމަށެވެ. އެ އަންހެން މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ރާއްޖޭގައި ގެނބިގެން ޓޫރިސްޓުން މަރުވާ އަދަދު ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.
މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ އއ. ވެލިދޫ އައިލެންޑް ރިސޯޓުގައި ފުޅި އަޅައިގެން ފީނަން ފޭބި ޓޫރިސްޓަކު ހާލުދެރަވެގެން ފަރުވާ ދެނިކޮށް މަރުވެފަ އެވެ.