ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު. ބަޑި ޖައްސާފައި އިސްތިއުފާ ދެއްވަން ރައީސް ޔާމީނަށް މަޖުބޫރު ކުރިޔަސް، އެކަން އެމަނިކުފާނު ނުކުރައްވާނެ ކަމަށް ނިހާނު ވިދާޅުވި.- ފޮޓޯ: ނިޝާން އަލީ/މިހާރު
27 އޯގަސްޓް 2016 - 07:57
ބޮލުގައި ބަޑި ޖައްސާފައި އިސްތިއުފާގެ ސިޓީގައި ސޮއިކުރަން ބަޔަކު ބުންޏަސް ރައީސް އަބްދުﷲ ޔާމީން އެކަމެއް ނުކުރައްވާނެ ކަމަށް ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާނު ރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނު ވިދާޅުވީ ބަޑި ހިފައިގެން ތިބި ބަޔަކު ރައީސް ޔާމީންގެ އަރިހަށް އިސްތިއުފާގެ ސިޓީ ހިފައިގެން ދިޔަޔަސް، އޭގައި ރައީސް ސޮއި ނުކުރައްވާނެ ކަމަށެވެ.
"އިސްތިއުފާގެ ސިޓީ މިއޮތީއޭ ސޮއިކުރާށޭ ރައީސް ޔާމީން އަރިހުގައި ދެންނެވިޔަސް، މަރުވެގެން ވެއްޓުނަސް ސޮއެއް ނުކުރައްވާނެ،" ނިހާން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން މަގުމަތިން ވެއްޓުމަކީ ކުޅަދާނަ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރަން ތިބީ ސިޔާސީ ރޯޅީގައި ޖެހި، މަގުމަތީގައި އެތައް އަހަރެއް ވަންދެން އުޅުނު މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި "ވެރިކަން ވައްޓާލާނެ" ވާހަކަ އަކީ އެ ބޭފުޅުންނަށް އާ ވާހަކައެއް ނޫނެވެ. އަދި ވެރިކަން ވައްޓަން އުޅެނީ ހުއްޓުމެއް ނެތި ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާން އިދިކޮޅު ފަރާތްތައް ސިފަ ކުރެއްވީ "ދުވަހަކު ވެސް ފިހެވުނު ރޮއްޓެއް" ނުކެވުނު ބައެއްގެ ގޮތުގަ އެވެ.
"މި މެސެޖަކީ އާ މެސެޖެއް ނޫން. މިއީ އަލަށް ކުރަން އުޅޭ ކަމެއް ނޫން. ދުވަހަކުވެސް މި މީހުން ފިހަން އުޅުނު ރޮށްޓެއް ކެވިފައެއް ނެތް،" ނިހާނު ވިދާޅުވި އެވެ.
ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މެޑިކަލް ސްކޫލެއް ގާއިމް ކުރުމަށް ކެބިނެޓްގައި މަޝްވަރާ ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު ފުވައްމުލަކު ހޮސްޕިޓަލުގައި ކިޑްނީގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ޑައިލިސިސް ސެންޓަރެއް ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙޫޖާ
02 September 2016
ބަޑި ޖައްސާ ވަރެއް ނުވާނެ.އޭގެ ކުރިން ގެންދާނެ.
ޗަން
31 August 2016
ބޮލުގައި ބަޑި ޖެއްސީމަ އިސްތިއުފާ ނުދީފިއްޔާ ބަޑި އޮތްމީހާ ހަދާނީކިހިނެއް؟؟؟؟؟؟؟؟؟؟
ވާނުވާބެެ
29 August 2016
ރާއްޖޭގެ ތިބި ސިޔާސީ ފަރާތްތަކުގެ ތެރެއިން "ބޮޑާ" ބަސް ބުނުމުގައި އަރާ ހުރި ފަރާތެއް މިއީ. ނިކަން އެއް ފަހަރުވެސް ބުނެބަލަ "މި ސަރުކާރު ވައްޓާލާކަށް ރައްޔިތުން ބޭނުން ނުވާނެޔޭ، ސަބަބަކީ މިސަރުކާރުން ރައްޔިތުންނަށް ޙިދުމަތްކޮށް ދިނުމުގައި ދެމި ތިބޭނަމޭ". ކިތަންމެ ވަރަކަށް ތިގޮތަށް ބޮޑާ ބަސް ބުނި ކަމުގައިވިޔަސް ރައްޔިތުން ނިކުތީމާ ޖެހޭނީ ވެރިކަމުން ފައިބަން...ސިޓީގައިވެސް ސޮއި ކުރަން. ވަރަށް ސަލާމް
ބަޑި
28 August 2016
މިނާފުއްބަޑިއެއްތަ...
ތާ1
28 August 2016
ކޮބާ. މިހާރު އެނގިއްޖެނު އެމީހުން ހެދީ އެހެންކަން. ހާދަ ނުލަފާ ސޮރެކޭ
Maldives
27 August 2016
އަދީބު އިސްތިއުފާގެ ސިޓީގައި ސޮއިކޮށްގެންތައެހުރީ..؟ ކޮބާ އަދީބު..؟!!
ޚިޔާލް123
27 August 2016
ނިހާން އެވެ، ގައުމު ހަލާކްވެގެން އަދާ އަޅިއަށް ވެގެން ވެރިކަމާ ބައްދަމުން ދާގައުމުތަށް އަހަރުމެންނަށް އެބަފެނެއެވެ. ބަޑިކީއްކުރަން ހަންޖަރުޖެހިއަސް ޔާމީން އިސްތއުފާއެއް ނުދޭނެއެވެ. ތިކަން ރައްޔިތުންނަކަށް ނޯޅެއެވެ. އެކަމަކު ހަމަ ރައްޔިތުން ޔާމީންނާ ދޭތެރޭ ގޮތްނިންމާނެއެވެ.
ފިޔާތޮށި ރީދޫ އަސުރުމާ
27 August 2016
މީނާ ކީވެތަ ޔާމިންގެ ފަރާތުން ވާހަކަ ދައްކަނީ
އުދުހޭ
27 August 2016
ބުޅައެއްގަ ނަގުލަށް މީހަކު ފައިންއެއީމަ ވާގޮތް ސިފަކުރައްވާ!!!
ގފ
27 August 2016
ނިހާނުގެ މިބަސް ބޮޑަށް ސިފަވަނީ ޔާމީނަށް ކުރި މަލާމާތެއްގެ ގޮތުގަ... ފުރާނަްަށް ވުރެ ވެރިކަމާ ބާރު ބޭނުންވާނީ ދެން ވަރަށް އެހެންކަހަަ މީހެއްދޯ ނިހާނު!!
މަހުޖަނު
27 August 2016
ކުދިންނޭ! އަހާ ގަބޫލުކުރޭ. ރައްޔިތުން މިފަހަރު ވެރިކަން ބަދަލަުކުރާނީ ބަޣާވާތަކުން ނުވަތަ ލޭއޮހޮރުވުމަކުން ނޫން. ފިސާރި ރީތިކޮށް ރައީސް ޔާމީނު ވިދާޅުވާހެން "ގާނޫނީ އިމުގެތެރޭން." ވަގުތު ޖެހުނީމަ އެއީ ކިހިނެއްކަން އިނގޭނެ.