ފުލުހުން ކުރިން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައި. މާލޭގެ މަގުމަތީ ބަނގުރާފުޅިތަކެއް ގެންގުުޅުނު ބަޔަކު ވަނީ ހައްޔަރުކޮށްފައި
01 މާޗް 2019 - 17:38
ދަބަސްތަކަކަށް ބަނގުރާފުޅިތަކެއް އަޅައިގެން މިއަދު މާލޭގެ މަގުމަތީގައި އުޅުނު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރާފުޅިތައް ދަބަހަށް އަޅައިގެން ސައިކަލުގައި އުޅެނިކޮށް ހުއްޓުވައި ހައްޔަރު ކުރީ ތިން ސައިކަލެއްގައި ދިޔަ ފަސް މީހަކު ކަމަށެެވެ. އެ ގޮތުން ހައްޔަރު ކުރި މީހުން ގެންގުޅުނު ދަބަސްތަކުން ޖުމްލަ 21 ފުޅި ބަނގުރާ ފެނުނެވެ. އެ މީހުން ހުއްޓުވައިގެން ބަލައި ފާސްކުރީ މާލެއަށް ބަނގުރާ އެތެރެ ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގައި ހުއްޓުވީ އަމީރު އަހުމަދު މަގުން ތިން ސައިކަލެއްގައި ދިޔަ ހަ މީހެކެވެ. ތިން ސައިކަލްގެ ވެސް ފަހަތުގައި އިން މީހާގެ އަތުގައި ދަބަހެއް އޮތް އިރު، ކޮންމެ ދަބަހެއްގައި ވެސް އޮތީ ހަތް ފުޅި ބަނގުރަލެވެ. ދެ ސައިކަލްގައި ތިބި ހަތަރު މީހުން ހައްޔަރު ކުރި އިރު އެއް ސައިކަލް ދުއްވަން އިން މީހާ ވަނީ ފިލާފަ އެވެ.
ސައިކަލް ދުއްވަން އިން މީހާ ފިލި އިރު ދަބަސް ހިފައިގެން އިން މީހާ މަގުމައްޗަށް ދަބަސް އެއްލައިލުމުގެ ސަބަބުން އެ ދަބަހުގައި އޮތް ހަތްފުޅީގެ ތެރެއިން ދެ ފުޅި ތެޅިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ދަބަސް ހިފައިގެން އިން މީހާ ހައްޔަރު ކުރީ ސައިކަލުން ފައިބައިގެން ފިލަން މަސައްކަތް ކުރަނިކޮށެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކުނުތަރި
03 March 2019
ތިކަން ތިނިމުނީ. ހައްޔަރުކުރިމީހުން މާދަމާ މަގުމަތިން ފެންނާނެ 100 ކޭސް ހިފައިގެން އުޅެނިކޮށް
ގާބުރު ސޭޓު
02 March 2019
އަންނި ބުނާނެ ތިޔައީ ފުލުހުންގެ އިދާރާއިން ކުރި އިސްރާފެކޭ!
އެކްސް
02 March 2019
ޒުވާނުންކޮޅެއްދޯ
ސައި
02 March 2019
މަޖިލީހަށް ބިލެއް ހުށައަޅައިގެން ތިޔައީ ބަލިމީހުންނަށް ހަދާ މުޖުތަޢުއަށް ނެރެން ޖެހޭބައެކޭ ނެރެ ސަރުކާރުން އަވަހަށް ބޮޑުހަރަދުކޮގެން ރާއްޖޭން ބޭރަށް ފޮނުވަން ވީ
ތަކި މޫނާ
02 March 2019
އަވަހަށް ދޫކޮށްލާ. ނުލާހިކު އޯގާތެރި ސަރުކާރެއްނުން މީ
ޢާސީ
02 March 2019
ތީ މިގައުމައް ބޭނުންހިފޭނެ ބައެއްނޫން ޔޫކޭއައް ފޮނުވާލާ
ހަސަންބެ.
02 March 2019
ތިޔަ ކަންވެސް ތިޔަ ހިސާބުން ނިމުނީ. އެންމެ ފަހުން ތި ކަމުގައި ކުށްވެރިވާނީ ތީގެއިން ރާފުޅިއެއް ނޫނީ އަޅައިފައި ހުރި ދަބަސް . ތިކަމުގައި އުޅުނު ހަމީހުން މާލޭމަތުތަކުގައި މިނިވަން ކަމާއި އެކީގައި އުޅޭނެ.
ކކކކ
02 March 2019
ކޮބައިހޭ ނަމާ ފޮޓޯ
ދަންނަ ނުދަންނަ
01 March 2019
އަސްތާ އަސްތާ ގާ ނޫނީ ވަކީލުންގެ ރައުޔަކީ ކޮބައިބާ؟ ރާފުޅިތައް ތެޅޭގޮތަށް ހައްޔަރުކުރުމަކީ ރާފުޅީގެ ހައްގަށް އަރައިގަތުން ކަމަށްވެ ރާފުޅިއަކަށް މިލިއަނުން ދައްކަން ފުލުހުންގެ މައްޗަށް އަމުރުކުރަންޖެހޭ ވަރުގެ ކަމަކަށް ނުވާނެ ބާވައެވެ.
ޜަސްގެފާނު
02 March 2019
ޙުސްނުއްސުޢޫދުގެ ބަހެއް ހޯދާ
ތިމާވެށި
01 March 2019
ހަމަ ސުރުހީއެކެވެ. ދެން ތިޔަ ވާހަކައިގެ އަޕްޑޭޓް އެއް ނޫސްވެރީންނަށް ލިބޭނެ ކަމަށް ނުބެލެއެވެ. ތަހުގީގު ނުނިމޭތީއެވެ.