ކްރިމިނަލް ކޯޓު ދޮރުމަތީގައި ފުލުހުންގެ ވެހިކަލެއް މަޑުކޮށްލައިގެން .---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
03 މާޗް 2019 - 15:10
މިދިޔަ އަހަރު 2،500 އަށްވުރެ ގިނަ މީހުންގެ މައްޗަށް ދައުވާކުރަން ކޯޓުތަކަށް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2،534 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު އޭގެ ތެރެއިން 2،004 މީހެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައި ވަނީ ސުޕީރިއާ ކޯޓުތަކަށެވެ. އަދި 530 މީހެއްގެ މައްސަލަ ހުށަހަޅާފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.
ސުޕީރިއާ ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 980 މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު ޑްރަގް ކޯޓަށް 973 މީހުންގެ މައްސަލަ އަދި ޖުވެނަލް ކޯޓަށް 51 ކުދިންގެ މައްސަލަ ފޮނުވާފައިވެ އެވެ.
ދައުވާކުރާ މީހުންގެ ތެރޭގައި ހިމެނެނީ 100 އަންހެނުންނާއި 2،434 ފިރިހެނުންނެވެ. އަދި 18 އަހަރުން ދަށުގެ 75 ކުއްޖަކު ވެސް ހިމެނެ އެވެ.
މިދިޔަ އަހަރު ދައުވާކުރި އެ އަހަރުގެ މައްސަލަތަކަށް ބަލާއިރު، 116 މައްސަލައެއްގައި 1،790 މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ 426 މީހެއްގެ މައްޗަށް އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގައި 319 މީހެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައިވެ އެވެ. ވައްކަންކުރުމުގެ ކުށުގައި 98 މީހުންނަށް ދައުވާކޮށްފައިވާއިރު ރޭޕްގެ ނުވަ މައްސަލައަކާއި މީހަކު މެރުގެ ތިން މައްސަލައެއްގައި ވެސް ދައުވާކުރަން ހުށަހަޅާފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
މިދިޔަ އަހަރު ދައުވާކުރަން ފޮނުވި އެހެން އަހަރުތަކުގެ މައްސަލަތަކަށް ބަލާއިރު 79 ބާވަތެއްގެ ކުށުގައި 744 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވެ އެވެ. އޭގައި ވެސް އެންމެ ގިނައިން ހިމެނެނީ ޑައިމޯފިން ބޭނުންކުރުމުގެ މައްސަލަ އެވެ. އެގޮތުން ޑައިމޯފިން ބޭނުންކުރުމުގެ 161 މައްސަލައެއް ހުށަހަޅާފައިވާއިރު ދެ ވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކެނެބިސް ބޭނުންކުުރުމުގެ ދައުވާ އެވެ. އެ ކުށުގައި 152 މީހެއްގެ މައްޗަށް އަދި ވައްކަމާ ގުޅުންހުރި މައްސަލަތަކުގައި 83 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވެ އެވެ.
ތަހުގީގީ އިދާރާތަކުން ހުށަހެޅި މިދިޔަ އަހަރުގެ މައްސަލަތަކުގެ ތެރެއިން 2،288 މައްސަލައެއްގައި ފިޔަވަޅު އަޅާފައިވެ އެވެ. މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ދައުވާކުރަން 1،790 މީހުންގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވެ އެވެ. ހެއްކާއި ގަރީނާ ނެތިގެން 87 މީހުންގެ މައްސަލަ އަނބުރާ ފޮނުވާލާފައިވާއިރު 156 މީހުންގެ މައްސަލައަކީ އަލުން ހުށަހަޅަން އަނބުރާ ފޮނުވާލި މައްސަލަތަކެވެ.
މިިދިޔަ އަހަރު ތަހުގީގީ އިދާރާތަކުން ފޮނުވި މައްސަލަތަކުގެ އަދަދަކީ 2،008 އެވެ. އޭގެ ތެރެއިން ޕީޖީން ނިންމި މައްސަލައިގެ އަދަދަކީ 2،002 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމީހާ
03 March 2019
ގާނޫނު އަސާސީގެ 220 ވަނަ މާއްދާގައި ލިޔެފައި އެބައޮވޭ ޕްރޮސިކިއުޓަރ ޖެނަރަލް ދައުވާ އުފުލަންވާނީ ހާމަކަމާއި ހަމަހަމަކަމާއެކު ވަކި ފަރާތަކަށް ބުރަނުވާ ގޮތަށޭ. އެހެންވީމަ މިހާރު މި މަގާމު ފުރަމުންދާ ބިސާމުގެ މައްޗަށް ދައުވާ އުފުލަނީ ކޮންއިރަކުން؟ އޭނަ އެއީ ޔާމީން ބުނެގެން އެއެއް މިއެއް ނުބަލާ ސިޔާސީ މީހުންގެ މައްޗަށް ދައުވާ އުފުލައިދީ މުޅި ނިޒާމު ގަޑުބަޑު ކުރި މީހާ. އެހެންވީމަ މީނާގެ މައްޗަށް ލަސްނުކޮށް ދައުވާ އުފުލަންޖެހޭ ކަމަށް ދެކެން.
މަގާމުގެދައުވާ
03 March 2019
ބިޝާމްގެ ދައުވާވެސް ވަރަށް އަވަަހަށް ތި މައްސަލަ ފުނީގެ ތެރެއަށް ވަދެގެން ދާނެ. ވަގުތު ހަމަ ވަނީ!
ޓުކުރި
03 March 2019
އަންހެނުންގެ ހަމަހަމަކަމަށް އިސްތިހާރުވާމީހުނަށްވެސް ފެންނަނީ މަޖިލީހު ގޮނޑި. މިކަމުގަ ހަމަހަމަކުރަން ނިކުންނާނެބަޔަކު ނުވާނެ.
ީީޡީނު
03 March 2019
ކިތަށް ސިޔާސީ ދައުވާ ބާ
މަރޭމިތުރު
03 March 2019
[ކުއްވެރިން މަދުކުރަން ވިސްނަވަންވީ! ކުއްތަކުން މުޖުތަމައު ސަލާމަތްކުރަންވީ!]..... ވަރަށްވެސް ހިތާމަހުރިކަމެއް މިއީ .މިއޮތް ކުޑަކުޑަ ތަންކޮޅުގައި ތިހާ ގިނަ ދައުވާތަކެއް އުފުލިގެން ދިއުން. މިމުޖުތަމައު ކުއްތަކުން ސަލާމަތްކޮށްދެއްވާ!!!!!!