ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް.-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
03 މާޗް 2019 - 20:09
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އަނިޔާވެރިވަމުން ދާ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ފާޑުކިޔައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީން ހައްޔަރުގައި ބަހައްޓަން ޖެހޭ ވަރުގެ ކަމެއް ކުރައްވައިގެން އުޅޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެއީ އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބަށް ހުރަސްއެޅުމުގެ ގޮތުން ކުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ޔާމީން ހައްޔަރުކުރުމަށް ފަހު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރިއަސް އެއްވެސް އަޑުއެހުމެއް އަދި ނުބާއްވަ އެވެ.
ޔާމީން ޖަލަށް ލީއިރު އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ އެތައް ބޭފުޅުންނެއް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ޖަލުގައި ބެހެއްޓި އެވެ. އަދި ބައެއް ބޭފުޅުންގެ ބަންދުގެ މައްސަލާގައި މަތީ ކޯޓުތަކަށް ހުށައެޅި އިސްތިއުނާފުތައް، އެކަށީގެންވާ އަވަސް މިނެއްގައި ހިންގާފައެއް ވެސް ނުވެ އެވެ.
އަދުރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އަންނަނީ ވަރަށް ނުރައްކާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ ރާއްޖެއަކީ "މިނިވަން ގައުމެކޭ ބުނުމުގެ ޖާގައެއް ނޯންނާނެ" ކަމަށް ވެސް ވިދާޅުވި އެވެ.
"ތަކުރާރުކޮށް ދަންނަވާލަން، މި ސައްތައިން ސައްތަ މުސްލިމް ގައުމުގެ ނަން [އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ] ގެއްލިގެންދާނެ. މިއީ އޮޅުމެއް އޮތް ކަމެއް ނޫން،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަށް މެޖޯރިޓީ ދީފި ނަމަ ރައްޔިތުން ކަރުނައަޅާ ރޯން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބު އަންނަ އިރު ރާއްޖޭގައި ހުންނެވި ހަމައެކަނި އިދިކޮޅު ލީޑަރު ޖަލަށް ލާފައި ވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
އެމްޑީޕީއާ ބެހޭ ގޮތުން އަދުރޭގެ ވާހަކަ މި އައީ ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅަށް ރައްދެއްގެ ގޮތުގަ އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް މަޖިލިހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ރާއްޖެ އަނެއްކާވެސް ދާނީ ބަގާވާތަކާ ދިމާލަށް ކަމަށެވެ. އެ އިޝާރަތްކުރެއްވީ ފެބްރުއަރީ 7، 2012 ގައި އެމަނިކުފާނުގެ ވެރިކަން ބަދަލުވުމުގެ ހާދިސާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
06 March 2019
މައިޑިއާ އަދުރޭ މިހާރު އަނިޔާ ކިޔަން ދަސް ވީތަ. އެހެންވީމާ .?
.ރޯމާ.
05 March 2019
.ތިކިއޭ އެއްޗެއް އެބަ އެނގޭތަ؟ ރޯމާދުވާލު މީހުން ކަތިލީ ރޔާމީން ތަ؟ ނޫނީ ޕޕމތަ؟ ކޮބާ ހެއްކަކީ ހެއްކެއް ނެތި މަރުގެ އިލްޒާމު އެޅުވުމަކީ ހަމަ ޔަގީނުންވެސް ބޮޑުވެގެންވާ ފާފައެއް.
ފަސީ
04 March 2019
މިހެން މިކިޔަނީ ކާކު؟ އަނިޔާވެރިން އެހެން މީހުން އަނިޔާވެރިވެޔޭ ބުނީމަ ވާނީ ޖޯކަކަށް
ނެޝަނަލިސްޓް
04 March 2019
ހަމްދަރުދީ އެއް ނުވޭ!
ފިރާ
04 March 2019
ޔާމިނަށް ލިބެމުންއެދަނީ ހައްގުއަދަބު އެއްވެސް ކުށެއްނެތް ރައްޔަތުންނަށް އޭނާދިން އަނިޔާގެ ހިތިރަހަ.
ހުތްކިބަ
04 March 2019
ރައީސްޔާމީނުގެމައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ނިމެންދެން ޖަލުގައިބަހައްޓާފައެހުރީ ކޯޓުއަމުރެއްގެދަށުން. ކަލޭމެން ތަންތަނުގަތިބެފަ އެކިމީހުން ހައްޔަރުކުރަން ޖަލަށަލާންއެންގިނަމަވެސް މިހާރުގެސަރުކާރުން ކޯޓުންކުރާކަންތަތަކަކާނުބެހޭ. އެހެންވީމައި މައްސަލަނިމެންދެން ކެއްކޮށްލަބަލަ. ރައީސް މައުމޫނުވެސް ޖަލުގައި ދުވަސްގަނޑެއް ހޭދަކުރުވިންދޯ! އިލެކްޝަނެއްވެސް އައިދޯ! ބަލިވެސްވިދޯ! ދޫކުރަންގޮވާނެގިއިރު ހީވެސްނުވެ، މީހާރު ކޮންވާހަކައެއް!
ގަބުޅި
04 March 2019
ހާދަ އުފާވެރި ހަބަރެކޭ.
ދެރަ
04 March 2019
ޔާމީނު 5 އަރު އަހަރެމެން ނަށް ކުރިއަނިއާ ކައިރިޔަށް ވެސް އަދި އަނިޔާ ނުލިބެ ޔާމީނަކަށް ކަރުގަ ލޭރަހަލީމަ ނެރޭނީ
އުނބުށެން
04 March 2019
ތަރައްޤީގެ ދަޅަދައްކައި ދީން ހަތިޔާރަކަށް ހަދައިގެން އެއްވެސް ކަންފުޅެން ނުވިކަން މިހާ އަވަހަށް ހަނދާން ނެތުނީ ކީއްވެބާވައެވެ. ކޮންމެ އެއްޗެއް ކިޔަސް އިރާދަކުރެއްވިއްޔާ ކޮރަޕްޝަނާއި ފަސާދަ އާންމުކޮށް އެކަމަށް ވާގިވެރިވީ ބަޔެއްގެ އަތްމައްޗަށް ދެން މިގައުމެއް ނުދާނެއެވެ. މަކަރާ ޖަހައިގެން ގައުމުގެ މުއްސަނދިކަން ފޭރިގަތް މީހުންގެ ކިބައިން މިގައުމު ތާއަބަދަށް ރައްކާތެރިކުރައްވާށިއެވެ. އާމީން.
ަިއިބުރޭ1122
04 March 2019
ބަލަ އަދުރޭމެންދޯ ދަސްކޮއްދިނީ! ތި ޗޮސް ސޮރެއޮނުން!