ނިލަންދޫ ދާއިރާ މެމްބަރު ޑރ. އަބްދުﷲ ހަލީލް: އާއިލީ މެމްބަރުންނަށް ފްލެޓް ދީފައި ވަނީ އުސޫލުގެ ދަށުން ކަމަށް ހަލީލް ބުނި -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
06 މާޗް 2019 - 12:19
ހިޔާ މަޝްރޫއުގެ ދަށުން އޭނާގެ އާއިލީ މީހުންނަށް ފްލެޓް ލިބުނީ ނުފޫޒު ބޭނުންކުރައްވައިގެން ނޫން ކަމަށް ފ. ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ރައީސް އޮފީހުން އާންމުކުރި ފްލެޓް ލިބުނު މީހުންގެ ލިސްޓުގައި ފ. ނިލަންދޫގެ 44 މީހަކު ހިމެނޭ ކަމަށެވެ. އަދި އޭނާގެ އަކީ އެ ރަށުގެ ބޮޑު އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ވުމުން، ކޮންމެވެސް ގޮތަކުން އާއިލީ ގުޅުމެއް އޮތް 37 މީހަކު ލިސްޓްގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުގެ ނަން ކިލަންބުކުރުމަށް އަޅުގަނޑުގެ ދާއިރާގެ މީހަކު ބައެއް ނޫސްވެރިންނަށް ދީފައިވާ މައުލޫމާތުގައި ހިމެނޭ އަދަދަށް ވުރެ ތިން ގުނަ އިތުރު އަދަދެކެވެ،" ބަޔާނުގައި ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަންކަމުގައި ނުފޫޒު ބޭނުންކުރެއްވުމަކީ އެއް އިރެއްގައި ވެސް އޭނާ ކުރެއްވި ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އާއިލާ މީހުންނަށް ފްލެޓް ލިބިފައި ވަނީ ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ޝަރުތު ހަމަވެފައިވުމުން ކަމަށް ވިދާޅުވި އެވެ.
"[ފްލެޓް ލިބުނު މީހުންގެ ލިސްޓް] އިންސާފުވެރިކަމާ އެކު ބަލާ އެ މީހުންގެ ޝަރުތު ފުރިހަމަ ނުވާ ނަމަ، ފްލެޓް ލިބޭ ލިސްޓުން މިހާރުގެ ސަރުކާރުން [ނަން] އުނިކުރާނެ އެވެ،" ހަލީލް ވިދާޅުވި އެވެ.
ހަލީލްގެ އަނބިކަނބަލުންނާއި ކޮއްކޮއިންނާއި އެ މީހުންގެ އަނބިންނާއި ފިރިން ހިމަނައިގެން 12 މީހަކަށް ހިޔާ މަޝްރޫއުގެ ފްލެޓް ލިބިފައިވެ އެވެ. އޭނާ ބަޔާން ނެރުއްވީ އެ ޚަބަރު އިއްޔެ ފެތުރުމާ ގުޅިގެންނެވެ.
ހަލީލު ވިދާޅުވި ގޮތުން އޭނާގެ އާއިލީ މީހުން ފްލެޓް ހޯދަން ހުށަހެޅި ކެޓަގަރީތަކުގައި ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނާއި އަލަތު ކައިވެނީގެ ކެޓަގަރީ ވެސް ހިމެނެ އެވެ. އަދި އެ ކެޓަގަރީތަކަށް ފޯމު ހުށަހެޅި މީހުންގެ އަދަދު މަދުވުމުން، ހުށަހެޅި ހުރިހާ އެންމެންނަށް ފްލެޓް ކަށަވަރުކޮށްދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ހަލީލް ވިދާޅުވީ ފްލެޓް ލިބިފައިވާ ދެމަފަރިންގެ ތެރެއިން އެކަކު ވަނީ ކުރިން ލިބުނު ފްލެޓް ދޫކޮށްލާފައި ކަމަށާއި، ނަމަވެސް އެ ކަމެއް ފްލެޓް ލިބުނު މީހުންގެ ލިސްޓުން ނެތް ކަމަށެވެ. އަދި އޭނާގެ އާއިލީ އެހެން މީހަކަށް މީގެ ކުރިން މާލެ ސަރަހައްދުން ފްލެޓް ލިބިފައިވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އަޅުގަނޑު ވުމަކީ، އަޅުގަނޑުގެ އާއިލާގެ މީހަކަށް ވީތީ، އެ މީހަކަށް ލިބެންވާ ހައްގުތައް މަހްރޫމްވާން ޖެހޭ ކަމެއް ނޫނެވެ،" ހަލީލް ވިދާޅުވި އެވެ.
އިއްޔެގެ ހަބަރާ ގުޅިގެން ހަލީލް ވިދާޅުވީ އެއީ އޭނާގެ އަގު ވައްޓާލަން ބަޔަކު ނޫސްވެރިންނަށް ދިން މައުލޫމާތުތަކެއް ކަމަށެވެ. އެކަމަކު އޭގެ ސަބަބުން އާއިލާތަކަށް ނަފްސާނީ ގޮތުން ގެއްލުންވާނެތީ، ނޫސްވެރިން ކުށްވެރިކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަ ހަމަ
07 March 2019
ނުފޫޒު ފޯރުވާގޮތް ނުވެސް އެނގޭނެ ކަމަށް ނިންމައިފިން ރަނގަޅުތޭ
ދެން އަތް ޖަހާ
07 March 2019
"ޕީއެޗްޑީ އިން ނޯ ޝޭމް ލިވިންގ" އުތަ؟
ނިލަންދޫ މީހެއް
07 March 2019
ކޮބާ ނިލަންދޫ މީހުން މީނައަށް ވޯޓު ބޯކޮށްދޯ މިފަހަރުވެސް ހަމަ؟ އެހެންޔަ އެތަނަށް އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް ވައިއެޅުނަ ނުދޭ މި ހަލީލާއޭނާގެ އާއިލާ. ނިލަންދޫ ރައްޔިތުން ހޭލާ ވިސްނަން ވެއްޖެންނު މިކަމާ. ހުރިހާ ފައިދާއެއް ނަގައިގެން މާލޭން ގެދޮރު ހޯދައިގެން މުއްސަދި ވަނީ ހަލީލާ އޭނާގެ އާއިލާ. ނިލަންދޫ އާދައިގެ ރައްޔިތުން ތިބީ ހަމަ ތިބިގޮތަށް. ރަށަށް އައި ތަރައްގީއެއް ދައްކަބަލަ ހަލީލަށް މިވާ ފައިދާއާ އަޅާ ކިޔާފައި. ވިސްނީމަ ވިސްނޭނީ!
ނަސަސް
07 March 2019
ޚަލީލަށް މިހާރު ލިބިފައިވާ މުއްސަދިކަމަކީ ކިހިނެއް ލިބުނު އެއްޗެއްތޯ ބަޔާނަކަނުން ނަމަވެސް ދިވެހިރައްޔަތުންނަށް ބުނެދެވިދާނެތޯ؟
ހަސަނު
07 March 2019
ވައްކަމާ ފަސާދައިގެ ވާހަކައިން ފޮނި ކަނޑާ ހިސާބަށް ދިޔައިމަ މަށަށް ބުނެވޭނީ މީ ފަހު ޒަމާނުގެ އަލާމާތެކޭ...
އަޙުމަދު
07 March 2019
މަނިކުފާނު އެއްވެސް އެއްޗެއް ބެނުމެއް ނުކުރައްވަމު. ހަމަ ހުދު ކާފޫރު ކޮޅެއްހެން ހުންނަވަނިކޮށް އާއިލާގެ 12 މެންބަރުންނަށް ފުލެޓް ލިބުނީ. މައިންމަގަށް ލައްގަޅޭ ފުލެޓެއް ލައްގަޅޭ މިހެން ކިޔާލަ ކިޔާލާ ޢާއިލާގެ ހުރިހާ މެންބަރުން ރަށުގެ ގޮނޑުދޮށުގައި ތިއްބާ ލެއްގި 12 ފުލެޓްދޯ އެއީ ؟
ދޮއޮތޮ
07 March 2019
ތިޔަ ޒާތުގެ ބަޔާން ނެރުނު ވަރަކަށް ފަލީހަތްވާނީ. ދެންވެސް 12 ފްލެޓަށް ވިޔަސް 37 ފްލެޓަށް ވިޔަސް ވަދެ ރަޖާލައިގެން އޮވޭ ވާހަކަ ގިނަނުކޮށް. މިދުނިޔޭގަ ބާރު އޮތް އިރު ތިހެން ކިތަންމެ ޖަރީމާއެއްވެސް ހިންގިދާނެ. މާދަމާ އެކަން އިންސާފްވެރިކަމާއެކު ބެލިގެންދާނެ
ކެނެޑީ
06 March 2019
ހަލީލު އެމީހުންނާ އޮތް އާއިލާ ގުޅުން ކޮމެންޓް ކުރާ އެންމެނާވެސް އެބޮއޮތް އެއީ އެންމެންނަކީ އާދަމުގެދަރިން :ޕ
ކެނެޑީ އަންހެނުން
07 March 2019
މަޖަލޭ މަޖަލޭ މީނަ ހާދަ މަޖަލޭ.. ކޮންތާކުން ތިކަހަލަ އެއްޗެހި ބުނަން ދަސްކުރި؟
ހަނުހުންނަ މީހާ
06 March 2019
ބުފޫޒު ބޭނުންނުކުރާކަން ވަރަށްސާފު. ޢެހެންވެތާ ފުލެޓާ ގެދޮރުހުރި އާއިލާ މެންބަރުންނަށް ފުލެޓްލިބުނީ. އެއީ ހަމަ އިއްތިފާގުދެއްތޯ.
ދިހި
06 March 2019
މަނަމަވެސް ހަމަ ބުނާނީ ތިހެން .. ކުޅަދާންއެއްނޫން މަގޭއަގައިން މަ ވައްކަން ކުރިވާހަކަ ބުނުވާކަށް ..