ޚަބަރު / ނިއު ޕޯޓް ރެސްޓޯރަންޓް

ނިއު ޕޯޓް ވިއު ހުސްކުރަން ނޯޓިސް ދީފި

ނިއުޕޯޓް ވިއު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސިނަމާލެ ބްރިޖް އަޅަމުން ދިޔައިރު އެ މަންޒަރު ބަލަން މީހުން ތިބެން އެޅި ޕްލެޓްފޯމާ އެކު ތަރައްގީކޮށް ދާދި ފަހުން ހުޅުވި ނިއު ޕޯޓް ވިއު ރެސްޓޯރަންޓު ބަންދުކޮށް، އެ ބިން އެއް މަސްދުވަހުގެ ތެރޭގައި ހުސްކުރަން ސަރުކާރުން އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި ނިއު ޕޯޓު ބަންދުކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން، އެތަން ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން މިހާރު އަންނަނީ މައްސަލަ ސިވިލް ކޯޓަށް ވައްދަން ތައްޔާރުވަމުންނެވެ.

ނިއު ޕޯޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިިމިޓެޑަށް ޕްލެޓްފޯމް ސަރަހައްދު ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭރު ވެރިކަން ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި ފަހުން ޕީއެންސީގެ ކައުންސިލްގައި ވެސް ހިމެނުނު ޒާހިދު ރަމީޒެވެ. ނަަމަވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ޒާހިދު ވަނީ ފަހުން ދޫކޮށްލައިފަ އެވެ. މިހާރު އެ ކުންފުނިން ހިންގަނީ އޭނާގެ އަންހެނުންނެވެ.

ޒާހިދަކީ ޔާމީންގެ ދިފާއުގަ އާއި ޕީޕީއެމާ ދެކޮޅު މީހުންނަށް ވަރަށް ހުތުރުކޮށް ފާޑު ކިޔާފައިވާ ކައުންސިލް މެމްބަރެކެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކަށް ބޮޑެތި އިންޒާރުތައް ވެސް، ޔާމީންގެ ވެރިކަމުގައި ދީފައި ވެ އެވެ.

ޕްލެޓްފޯމާ އެކު ރެސްޓޯރެންޓެއް ހިންގާ ގޮތަށް އެ ސަރަހައްދު ސްޓާރާޑާ އަށް ފުރަތަމަ ދިނީ ތިން އަހަރަށެވެ. ނަމަވެސް ފަހުން އެ މުއްދަތު ވަނީ އަށް އަހަރަށް ބަދަލުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެތަން ކުއްޔަށް ދީފައި ވަނީ ތިން ފަހަރަށް ކުލި ބަދަލުވާ ގޮތަށެވެ. އެގޮތުން މިހާރު ވެސް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ކުލީގެ ގޮތުގައި އަންނަނީ ދައްކަމުންނެވެ. އަދި އަށް އަހަރުގެ މުއްދަތު ނިމޭއިރު އެތަނުގެ ކުލި މަހަކު 300000 އަށް އަރާނެ އެވެ.

ޕްލެޓްފޯމް ސަރަަހައްދު ހުސްކުރަން ސަރުކާރުން އެންގީ އެ ސަރަހައްދު އާއްމުންނަށް ހުޅުވާލަން ބޭނުންވާތީ ކަމަށް އެނގިފައި ވެ އެވެ. އަދި އެތަން ބަންދުކުރަން އުޅެނީ ބަދަލު ދޭ ގޮތަށް ކަމަށް ވެސް އެނގިފައި ވެ އެވެ. ނަމަވެސް ސްޓްރާޑާއިން ބޭނުންވަނީ ބަދަލު ދިނުމުގެ ކަންތައް ކޯޓުން ނިންމާށެވެ. އަދި އެ ކުންފުނިން ދެކެނީ އެއީ ސިޔާސީ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅެއް ކަމަށެވެ.

59 ކޮމެންޓް, 320 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 2%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތެދުބަސް

18 April 2019

އަސްލަމް މަޖިލިހުގެ ރައީސް ކަމަށް ކުފޫހަމަނުވާ ކަމުގެ ހެއްކެއް މި ފެނިގެން ދިޔައީ ނިއުޕޯޓް މައްސަލާއިގެ ތެރެއިން. މަޖިލިހުގެ ރައީސް ކަން ދޭންވާނި ވަރަށް ނަޒާހަތްރެރި ފަސްބައިގަ ކިލަބުކަމެއް ނެތް ގާބިލު މީހުންނަށް. 4 ދައުރަށް ހޮވުމަކީ ގާބިލު ވުމެއް ނޫން. އެމްޑީޕީ ޕްރައިމަރީ އަސްލަމް ކާމިޔާބު ކުރިގޮތަށް ބަލާލީމަ ފެންނާނެ މަޖިލީހަށް މިފަހަރު ހޮވުނުގޮތްވެސް.

The name is already taken The name is available. Register?

ގުލްފާމް

13 March 2019

ޝިފާ ބުނިކަމަށް ވަނީ ކިތައްމެ ބޮޑު ހަރަދެއްދިޔައަސް މިފަހަރު ތިތަން ނަގަން ޖެހޭނެކަމަށް ލަސްނުކޮށް ނަގަންވީ ބަދަލް ދީފަ އަވަސްކުރޭ........

The name is already taken The name is available. Register?

ދީމާހު

12 March 2019

ދެން ކިހިނެއް ވިޔަފާރިވެރިން އިންވެސްޓް ކުރާނީ. ކޮްންމެ ސަރުކާރެއް އައިސް ކުރީ ސަރުކާރުން ކޮށްފައި ހުންނަ އެއްބަސްވުންތައް އުވާލާ، ޕާޓީ ނޫން މީހުންނާ ޒާތީ ހަސަދަ ފިލުވަންޏާ ދެން އޮތީ ކޮން ކުރިއެރުމެއްތޯ. ކޮރަޕްޝަން އުޅެންޏާ އެކަން ބަލާ. މުޅި މީހާގެ ޒިންދަގީ ދުއްވާލާކަށް ނުޖެހޭ. މިއިން އެނގެނީ ސަރުކާރުގައި ހިންގަން ތިބި މީހުންގެ ނާގާބިލުކަމާއި ކަންކަން ހިންގަން ނޭގޭކަން. ސަޕޯޓް ބޭސް ރުއްސަންވެގެން އެހެން މީހުންގެ ހައްގުތަކަށް އަރައިގަންނަކަން.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

12 March 2019

ދިމާހު، ބިންގާއެޅީވެސް ކައްޗަށް، ދެން ކެއްޗާހަމަޔަސް ނެގިއަސް ހުންނާނީ ކައްޗަށް، ލައްކަ ވާހަކަ.

The name is already taken The name is available. Register?

ވަގު ކަދުރު

12 March 2019

އަލްޙަމްދު ލިއްލާހި. ޤަޢުމާއި ރައްޔިތުންނަށް އިންސާފުގެ މަްށް ހުރި އުފާވެރި ޙަބަރެއް.

The name is already taken The name is available. Register?

ކަލް

12 March 2019

ތިތަންވެސް ދީ މިއުޅޭ ގާސިމަށް. އެއީ އެންމެ ފަގީރު މީހަކީ.

The name is already taken The name is available. Register?

ދޮންރަހާ

12 March 2019

ތީ ސަރުކާރު އެއްބަސްވުން ތަކުގެ ހާލުތަ؟

The name is already taken The name is available. Register?

ޕޯޓޭ

11 March 2019

މިނިވަން ފަންސާސް ކޭޓަރިންގެ ބިލުން ބަދަލުގެ ބައި އެޖަސްޓްކޮށްލީމަ ރަގަޅުވާނެ. ރައްޔިތުން އެއްބަސްވާނަމަ އިންގޭ.

The name is already taken The name is available. Register?

މުޖައްރިބް

11 March 2019

ތިއަށްވުރެ މާ އައުލާކަން ބޮޑު ކުރީގެ އިމިގްރޭޝަން ހިންގަން ހުރި އަންވަރުގެ ތަންތަން ނެގިއްޔާ. ގައިމު މާލޭގެ ހަތަރުބިތުގަ އޭނަ ރެސްޓޯރަންޓް ތައް ހަދައިގެން އުޅެނީ ކިހިނެއްކަން އެގޭނީ އެގޭބަޔަކަށް. ޕީޕީއެމަށާއި މެޑަމް އަށް ސީދާ ޚަރަދުކުރާގޮތަށް ނުހައްގުން ދީފަހުރިތަންތަން މިހާރުން މިހާރަށް އތުލުމަށް ގޮވާލަން. ޢިންސާފް ގާއިމް ކުރޭ. ޢެއީ ކުރިއަށް އަންނަން ތިބި ވެރީންގެ ފިލާވަޅަކަށް.

The name is already taken The name is available. Register?

ޢަބޭ އައްބާސް

12 March 2019

ރެއަކު މީހަކު ރެއަކު މީހަކު، އަދި މަޑުކުރޭ....ވަގުތު އަންނަނީ ކާރިވަމުން.

The name is already taken The name is available. Register?

ފޙހި

11 March 2019

ސިޔާސީގޮތުންނެއްނޫންތަ ތިޔަތަން ދިނީ. ވަރަށް އުފާވެއްޖެ ތިޔަތަން ނަގާތީވެ. މަދެކޭގޮތުގައި ބަދަލުދޭކަށްވެސް ނުޖެހޭނެ ތިޔައީ ކޮރޮޕްޝަންތެރޭން ދީފައިވާތަނެއް. އެގޮތަށް ހޯދާތަންތަނަށް ބަދަލުދޭކަށްނުޖެހޭނެ. މުޅި ކުންފުނިހިންގަނީވެސް ދައުލަތުން ނާޖާއިޒްގޮތުގައި ހޯދި ފައިސާއިން.

The name is already taken The name is available. Register?

ސަނީ

11 March 2019

ކޮބާ އެމްޑީޕީ ވެރިކަމުގަ ދީފަ ހުރި ފަޅު ރަށްތައްވެސް ހުސްކުރަން ނޯޓިސް ދޭން ފަށާ. ޕްރިޕެއިޑަށް ތިން ހަތަރު ނޯޓިސް، މެގަ އެއާރލައިނާ މާރިޔާއަށް 2 ނޯޓިސް ހަމަ ޔަގީނުން އަންނާނެ

The name is already taken The name is available. Register?

ޑާޑާޑާޑާޑާ

12 March 2019

ސަނީ، ޕްރިޕެއިޑަށް އެއްވެސް ރިސޯޓެއް ދީފައެއްނެތޭ، ނޭގޭތީވެ މައުލޫމާތަށްޓަކާ ދަންނަވާލީމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454