ޔާމީން ޖަލަށް ވަޑައިގަތުމަށް ލޯންޗަށް އަރާވަޑައިގަންނަވަނީ: އެމަނިކުފާނު ބަންދުކުރި މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައި -- ފޮޓޯ/މިހާރު
12 މާޗް 2019 - 11:28
ކުރީގެެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
ޔާމީން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އަމުރުކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނު ބަންދުކުރަން ދައުލަތުން އެދުމުންނެވެ.
އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ޝަރީއަތް މިއަދު ހެނދުނު ފަށައި، އަދި އަޑުއެހުންތައް ވަނީ އެއްކޮށް ނިންމާލައިފަ އެވެ. އެހެންވެ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުމެވެ.
ބަންދާ ގުޅޭ މައްސަލަތައް އަބަދުވެސް ގެންދަނީ ސިއްރު ކޮށްގެން ކަމަށްވާތީ އެ މައްސަލަ ވެސް ހައި ކޯޓުން ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވައި ނުލައި، ސިއްރު ކޮށްގެންނެވެ.
ޔާމީން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލިއިރު، އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް ވެސް ހައި ކޯޓުން ކުރިން އޮތީ ނިންމާލައިފަ އެވެ. އެހެންވެ، އެ މައްސަލަ ވެސް މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ..
ޔާމީން ބަންދުކުރި ފަހުން ދެތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދިނެވެ. އެމަނިކުފާނުގެ ފަރާތުން ބުނަމުން ގެންދަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާމިނީގެ ތައުރީފު
12 March 2019
އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި އެކާވީސްގަރުނުގެ ދިވެހިންގެ ތަރައްގީގެބާނީ އަލްފާލިލް އަބުދުﷲޔާމީން އަބުދުލްގައްޔޫމު މިހާރުން މިހާރައް ދޫކޮއްލުމައް ގޮވާލަން. ހިޔަލައް ތިގުލްޝަނުގެ އަދިވެސްދާ ހިތޭވަނީ ތިޔަގެންނެވި ތަރައްގީ އަދިވެސް ދެކޭހިތޭވަނީ. އޮހޮރާ މިސާފުލެއިންމިތާ ޔާމިނުގެ ހަނދާންތަކުގާ ހިތަކުންހިތައް އޮހޮރޭލެޔެއް ފަހެބަންދުވާނޭތޯ.
ގުރައިދޫ
12 March 2019
އެކާވީސް ވަނަ ގަރުނުގަ ރައްޔިތުންގެ ލާރިން ރައްޔިތުން ގުބޯ ހައްދާ އެތަނުން އަމިއްލަ ޖީބު ބޮޑު ކުރި ރައީސް. ހަ ހަ ހަ ހަ. އެކާވީސް ވަނަ ގަރުނުގަ ގައުމު އެކީ ދަވާލި ފަހުލަވާނު.
ޢަބްދުﷲނާފިޒް
12 March 2019
ތަރައްޤީ ކުރެވޭނީ ދައުލަތުގެ ތިޖޫރި ދަވާލައިގެންތަ، ތަރައްޤީއާ ކޮރަޕްޝަން އެއީ އެއްމާބަނޑު ދޭތިބާ!
ވަހީދު
12 March 2019
ހުރިހާ ސަރުކާރުތަކަށް ދައުލަތުން ބަޖެޓް ދީފައި ހުރީ ދާދި އެއްވަރަކަށް، ޔާމީން ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައި ހުރި ކަންކަން އެހެން ސަރުކާރު ތަކާއި އަޅާ ކިޔޭ ވަރަށް ވުރެ ގިނަ.
ޢަބްދުﷲނާފިޒް
12 March 2019
ވަހީދު ތިބުނީ ރަނގަޅު ވާހަކައެއް، ދެން ބަލާލަބަލަ، ޔާމީނުގެ ސަރުކާރުން ބޭރުގެ އެކިއެކި ފަރާތްތަކަށް 99 އަހަރަށް ވިއްކާފަ ހުރީ ކިތައް ފަޅުރަށްތޯ ކިތައްފަޅުތޯ، އަދި އެހުރިހާ ފައިސާއަށް ވީކިހިނެއްތޯ، ގައިމުވެސް ރައްޔިތުންގެ ތިޖޫރިން ދަވާލި ފައިސާ އެހެން ހުރިހާ ސަރަކުން ދަވާލި ވަރަށް ވުރެ ޔާމީނުގެ ވެރިކަމުގަ ދަވާލިވަރު މާބޮޑުތަނުންވެސް ގިނަ، ހަމަ އެކަނި ތަރައްޤީގެ ވާހަކަ އެކަނި ނުދައްކާ.
އައްޝައިޚް އަބްދުﷲ
12 March 2019
ވަރަށް ގިނަ މީހުންގެ އެކައުންޓްތަކަށް ފައިސާ ޖަމާވި، އެކަމަކު އެއްމެ މީހެއްގެ މައްސަލަ މި ބަލަނީ. ކޮންމެ ބަޔަކު ކުރިޔަސް އަދުލުން ބޭރުން މިކަން މިދަނީ. ޝަރީއަތް ކުރުމާއި ހުކުމް ކުރުމަކީ ޒާތީ ތަޢައްޞުން އެއްކިބާ ވެގެން ކުރަން ޖެހޭ ކަމެއް.
ކޮކްޓެއިލްރައީސް
12 March 2019
ހުރިހާ މީހުުންގެ މައްސަލަ އެއްފަހަރަކާ ނުބެލޭނެކަން ގަބޫލުކޮށްބަލަ، އެންމެ ފުރަތަމަ މައްސަލަ ބަލަން ޖެހެނީ ޔާމީނުގެ، އެހެންވީމަ އެކަން އެގޮތަށް އެކުރަނީ، އަދުރޭމެން ނިހާނުމެން އަދި އެހެން މީހުންގެ މައްސަލަތައްވެސް ބަލާނޭ، ކެއްކުރޭ.
ކޮބާ..ކޮބާ
12 March 2019
100 މިލިއަން ...ރުފިޔާ އިން އެކަނި.ވެސް. ހޯދި ގޮތަކާ، ލިބުނު ގޮތެއް އަދި ދިން މީހުންނާ،ސަބަބު ޔާމީން ބަޔާން ކޮށް ނުދިނުމަކީ މައްސަލަ އަކަށް ނުވަންޏާ، އަވަހަށް ދޫކޮށްލަންވީ.. މައްސަލަ ކުރިޔައް ގެންދަން ޖާގަ އެބައޮތް.. ކޯޓް އަމުރެއް ނެރުނީމާ ފުރާޅު ނަގައިގެން ފަނޑިޔާރުން ތައް ދަމާ ކޫއްތާފަ ގެންދިޔައީ ސިފައިން..އެއީވެސް ދުވަހެއް..އަދީބު ގެ ވާހަކަ ދައްކާކަށް ނެތިން..އޭނާ އަށް ބޭސް ފަރުވާ އަށް ދެވޭނީ ، ނެގި ހުރިހާ ލާރި އެއް ދައްކާފަ...
ބޭބެ
12 March 2019
ފައސާ ޖަމާވި މަހުލޫފު ކޮބާތައް
ކޮކީ
12 March 2019
މަހޭ ނުބުނޭ ނޭގި ހުއްޓާ ޖަމާކޮށްފަ ހުރި ފައިސާ ކަމަކަށް. ފައިސާއަށް ވީ ގޮތް ރަސީދާ އެއްކޮށް މަހޭ އެއޮތީ ހާމަކޮށްފައި.
ލޮނުމިދުފަޓާސް
12 March 2019
އެބައުޅޭ ގޭގަ
މަރޭމިތުރު
12 March 2019
ކުރިބަންދެއް ބަލަ މައްސަލައަކަށް ނުވާނީ! ކުރި އެކަމެއް އެނގީމާ މައްސަލަ ބަލަންވާނީ!................... ޔާމީނު ބަންދުކުރުމަކީ އަޅުގަނޑުދެކޭގޮތުގައި އެއްވެސް މައްސަލައެއްނޫން. މިއުޅެނީ ރައްޔިތުންގެ ފައިސާ މަދުވެގެން.
ފަރެސްމާތޮޑާ ދޮންކަލޯ
12 March 2019
ވަރަށް ރީތިކޮށް ތިކަން ކޮށްލާތަން ބަލަންތިނބޭތި! އޭރުން އިނގޭނެ އިސްލާޙް ކުރަންވީ ތަންނތަން.
އަލަ ކާޅޫ
12 March 2019
ކީއްވެ ޔާމީން ދޫނުކުރަންވީ... ޓެރަރިޒަމް ގެ މައްސަލައިގައި އަންނީ ދޫކުރިތަ... އެމްޑީޕީއަކީ ކޮންގޮތަކަށް ވިސްނާ ބައެއްބާ .. ހަމަ ރައްޔިތުންގެ ބޯކާން ވެގެން
އިންސާފުގެދަތުރު
12 March 2019
ރައީސްޔާމީން ދޫކޮއްލާ އެހެންނޫނީ ފައިސާގަޖެހުނު ހުރިހާމީހުން ހައްޔަރުކުރޭ
ކޮކްޓެއިލްރައީސް
13 March 2019
ފައިސާގަ ޖެހުނީ ކޮންބައެއްކަމެއް އަދި ސާފެއް ނުވޭތާ، އެޔެއް ބަލަމުން އެދަނީ، މި ޔާމީނުގެ އެކައުންޓަށް މިލިއަނުން ރުފިޔާވަދެފަ ހުރީމަ އެކަންވެސް ބަލަންޖެހޭ، ނުލާހިކު ހާލު އުޅުއްވާކަމަށް އެމަނިކުފާނު ވިދާލުވި، ރައްޔިތުންގެ ފައިސާތަކެއް ރައްޔިތުންގެ ތިޖޫރީގަ ހުއްޓާ ގެއްލުނީ، ތަޅުދަނޑި އޮތީ ޔާމީނުގެ ސޯރުފޮތިކޮޅުގަ، އެހެންވީމަ އޭނަޔާ ސުވާލުކުރެވޭނެ، އޭނާ ޖަވާބުދާރީ ވާންޖެހޭނެ.
ޤާނޫނު ކިޔަވާ ސޮރު
12 March 2019
ޤާނޫނީގޮތުން ނިޔާއެއް ނައިސްއޮއްވާ، އެކައުން ފްރީޒްކުރުމާ، ބަންދުގައި ބެހެއްޓުމަކީ ޤާނޫނީ ކުށެއް! ޙާއްސަކޮށް މިކޭސްގައި މުޅިންވެސް ދަޢުވާ ލިބޭފަރާތަށް އަދި މިހާ ހިސާބަށް ކުރެވެނީ ޝައްކު! ޝައްކެއްގެ މައްޗަށް އެއްވެސް ފަރުދަކަށް އިހާނަތްތެރިކޮށް ހިތުމަކީ، ޤާނޫނީގޮތުން ކަން ކުރެވެން ވާނެ ގޮތެއްނޫން!