ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ)، ކުރީގެ ރައީސް މައުމޫންއާ މިއަދު ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
12 މާޗް 2019 - 14:11
ކޯލިޝަން ސަރުކާރު ދަމަހައްޓަން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން އެއްބާރުލުން ދޭނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުުގައި ސަރުކާރުން ކުރިއަށް ގެންދާ ތަފާތު މަޝްރޫއުތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ އޭރުގެ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ނަމަވެސް ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްނުކޮށް މަޖިލީހުން ލަސްކުރާތީ، ކޯލިޝަންގެ އެއް ލީޑަރުކަމަށްވާ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެގުނުކަތީބު
13 March 2019
ތިކަން ކިތަންމެ ކޮށްދޭހިތް ވިޔަސް ޔަހޫދީ ފަލްސަފާ ގެންގުޅޭ ބަޔަކާއެކު އުޅޭވޭނެ ގޮތެއް ނޯންނާނެ! ވޯޓް ނިމެންދެން ކެތްކޮލެވުނަސް އެއީ ވަރަށް ބޮޑުވަރެއް.
ދީމާހު
13 March 2019
މައުމޫނުގެ ތަރި މިހާރު އޮއްސިއްޖެ. ޒަމާން ބަދަލުވެއްޖެ. މަނިކުފާނަށް ތާއީދުކުރާ މީހަކު މި ފަސްގަނޑަކުނެތް. އަދިވެސް ތިޔަ އުޅުއްވަނީ ޕާޓީހަދަން 3000 މީހުން ހަމަނުކުރެވިގެން. މިއަދުގެ ހަގީގަތަކީ މައުމޫނުގެ ސަޕޯޓް ބޭސް އެއް ނެތޭ މިހާރަކު. ކެނެރީގޭ ނަޝީދަށް ބައިއަތު ހިފި ހިސާބުން މައުމޫނުގެ ސިޔާސީ ކެރިއަރ ނިމިއްޖެ.
ކޮއްޕާ
13 March 2019
ޢަހަރެމެނައް ރަގަޅީ ކަލޭވެސް މިވެރިކަމާ ދުރައްދިޔައްޔާ ތީމިހާރު ހައްޕުޑު.....އަހަރެމެން ފަހުރުވެރިވަނީ ރައީސް ނަސީދު އައް އެއީމިގަުމުގެ ރައީސަކީރައްޔިތުން ވޯޓުދިނީ ނަސީދު އައް ދެންވެސް ދޭނީ ނަސީދު އައް މިހަގީގަތް ދައްކާލާނަން މަންޗަންގޮޅިމެދުދާއިރާއިން 100ޕަސެންޓް ވޯޓާ އެކު އެގޮޑި ނަސީދު ކާމިޔާބު ކުރައްވާނެ ސިޔާސީ ހައްޕުޑުންޖެހޭނީ މަހައްދާން...
ކަމަށްއޮތުމޭ
13 March 2019
މިސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާ އަށް އެއްވެސް ކަމެއް ކުރޭބާ މިދިޔަ 3 މަސްދުވަހު 4 ބިލިއަން ރުފިޔާ ޚަރަދުކުރި އިރު ވެސް ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކުރެވޭ އެއްވެސް ކަމެއް ނެތް މިހާރު ޕްލޭނިންގް މިނިސްޓްރީން އިއުލާން ކޮށްފައިވާ ފާޚާނާ އެޅުމުގެ ނިޒާމް ބިޑް ވެސް ތައްޔާރު ކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު ގޮތުގައި ފައިދާ ހޯދާ ދިނުމަށޭ އެގޮތުން ކޮންމެ ރަށަކަށް 8 އެކްސްކަވޭޓަރު އަރުވަން ޖެހޭނެ ކަމަށް 2 ކޮޅުވެއްޓި އޮންނަން ޖެހޭނެ
ޢައްޓަމަސް
12 March 2019
ފަހަރަކު އެއްޗެއް ކިޔުމުގެ ބަދަލުގަ ކޮންމެވެސް އެކައް ޗެއްކިޔުންރަން ގަލުވާނެ ތިބުނާ ކޯލީސަނަކުން ނޫންބާބު ނީ މަޖިލީހަށާ ކައުންސިކް ގޮންޑިތަކައް އެކުވާދަކުރަން މައުމޫނުވެސް ދެފަހަރު އެކައްޗެއްނުކިޔާ ހަމަ އަންނި ދެކެ ބިރުގަންނަނި އެކަމް މިހަރު ތިހީކުރާ ގޮތަކައް އެއްކަމެސް ނުދާނެ ތިކޯލީސަނުގެ ވަރުވެސް މިގައުމުގެ ރައްޔެތުން މިތިބީ ފެނިފަ ވައުދުތައް އެހަރަދަނީ ބުރަބުރައިގެން ގައުމުން ބޭރައް
ފަރުމާނު
12 March 2019
އެމް އާރް އެމް ކިޔާޕާޓީއެއް އެބައޮތްތަ ނެތެއްނު ނެތްޕާޓީއެއްގެނަމުގަކިހެނެއް ސަރުކާރަކައް އެއްބާރުލުންދޭނީ
މަންޑޭލާ
12 March 2019
އިބޫ މިވަނީ މި ޤައުމު މިނިވަންކަން ނަގާލާފަ. އިންޑިޔާ ސިފައިން ބޭރުކުރޭ.
ސުދާ
12 March 2019
ނުދީ ކީއް ކުރަނީ.
ހޯރަބެ
12 March 2019
އެމް އާރު އެމް އެއްވެސް މެންބަރަކު ނުހޮވޭނެ. ދެން ކޮން އެއްބާރު ލުމެއް ދެވޭނީ
ޢެޑްމުންޑޯ
12 March 2019
ސަރުކާރަށް އެއްބާރުލުންދޭން އެމްއެމް އާރު ސަޕޯޓްކުރާ ސަނާ ކިޔާ ބަޔަކު މިގައުމުދައި އެބަތިބިތަ ،