އޮންލައިންކޮށް ފޯމު ހުށަހެޅޭ "މަގޭހިޔާވަހި" ޕޯޓަލް ލޯންްޗުކުރުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު އާތިފާ (މ)، ޕްލޭނިން މިނިސްޓަރު އަސްލަމް (ކ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
17 މާޗް 2019 - 13:00
އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 'ފަހި ދިިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް' ގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދިޔަސް، ފްލެޓު ލިބޭނެ މީހުން ކަނޑައަޅާނީ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި ސަރުކާރުގެ މިނިސްޓްރީތަކުގެ މަސައްކަތުގެ އޮނިގަނޑު ރައްޔިތުންގެ މަޖިލިހުން މި މަހުގެ ކުރީކޮޅު ފާސްކުރި އިރު، ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައި އޮތީ އެންމެ ތިން ޒިންމާ އެވެ. އެއީ، ރާއްޖޭގެ ހިޔާވަހިކަމުގެ ސިޔާސަތާއި ސޯޝަލް ހައުސިންއާ ބެހޭ ކަންކަމާއި ރާއްޖޭގެ އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާ ބެހޭ ކަންކަން އެކަންޏެވެ.
އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލިހުން ޕްލޭނިން މިނިސްޓްރީއާ އަށް ޒިންމާއެއް ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ކަންކަމާއި ރާއްޖޭގެ ބިން ބޭނުން ކުރުމާއި ދައުލަތުގެ އިމާރާތްތަކާ ގުޅޭ ކަންކަން ހިމެނެ އެވެ.
ހައުސިން މިނިސްޓްރީގެ ޒިންމާތަކާ މެދު ސުވާލުތަކެއް އުފެދުނީ އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 'ފަހި ދިރިއުޅުން ކޯޕަރޭޝަން' އުފެއްދުމުންނެވެ. އެ ކުންފުނި އުފެއްދުމުގެ ގަރާރުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ 'ފަހި ދިރިއުޅުން ކޯޕަރޭޝަން' މެދުވެރި ކޮށެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މަސައްކަތަކީ ހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ކަމަށެވެ. އެގޮތުން، އެ މަޝްރޫއުތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށް، މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމަކީ ކުންފުނީގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ބަދަލުގައި ހައުސިންގެ ޒިންމާ އަކީ ހައުސިން ޕޮލިސީ އެކުލަވާލާ، ހައުސިން ޕްރޮގްރާމްތައް ކަނޑައެޅުމާއި މީހުންނަށް ކުރިމަތިލާން ހުޅުވާލުމާއި މީހުން ހޮވުން ފަދަ ކަންކަން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ ތަންތަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީންނެވެ. އަދި އަޅާނެ ފްލެޓުތަކުގެ އަދަދު ވެސް ނިންމާނީ މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގައި ކުންފުނީގެ ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ހައުސިން މިނިސްޓްރީ އަކީ މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތަށް، ބޯހިޔާވަހިކަމުގެ މައްސަލަތަކާއި އިމާރާތް ކުރުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން ފަދަ ޒިންމާ ބޮޑު ތަނެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ގިނަ މަޝްރޫއުތަކެއް ހިންގީ ވެސް އެ މިނިސްޓްރީންނެވެ.
ހައުސިން މިނިސްޓްރީގެ ޒިންމާތައް ކުޑަވީ މި ސަރުކާރުން ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ނަމުގައި މިނިސްޓްރީއަކާއި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމުގައި ވެސް މިނިސްޓްރީއެއް އުފެއްދުމުންނެވެ.
- ގައުމީ ތަރައްގީ ރޭވުމާ ބެހޭ ކަންކަން.
- އިމާރާތް ކުރުމުގެ ދާއިރާ ތަރައްގީ ކުރުމާ ބެހޭ ކަންކަން.
- ޕަބްލިކްސް ވޯކްސް ދާއިރާ އިން ސަރުކާރަށް ބޭނުންވާ ކަންކަން.
- ތަފާސް ހިސާބުގެ ނިޒާމާ ގުޅޭ ކަންކަން.
- ނެޝަނަލް ރެޖިސްޓްރޭޝަނާއި އާބާދީއާ ބެހޭ ކަންކަން.
ހައުސިން މިނިސްޓަރަކީ މައުމޫން ރިފޯމް މޫވްމަންޓްގެ ސްލޮޓެއްގައި ވަޑައިގެންނެވި އާމިނަތު އާތިފާ އެވެ. ޕްލޭނިން މިނިސްޓަރަކީ ކުރިން އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
ހައުސިން މިނިސްޓްރީގެ ޒިންމާގެ ތެރޭގައި އޮތް ހިޔާ މަޝްރޫއު އާއި ގެދޮރުވެރިކުރުމާއި ގުޅީފަޅު ހައުސިން ޕްރޮޖެކްޓާ ގުޅޭ މައްސަލަތަކާ ގުޅޭ ޝަކުވާތައް މިހާރު ހުށަހަޅަން ޖެހޭނީ ރައީސް އޮފީހަށް އެކަންޏެވެ. ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނަނީ ހައުސިން މިނިސްޓްރީ އަށެވެ.
ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ގެންދިޔަ ގޮތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ޑިސެމްބަރު މަހު ކޮމެޓީއެއް އެކުލަވާލައްވައިފަ އެވެ. އެ ކޮމެޓީން ވަނީ ފްލެޓުތަކާ ގުޅޭ ޝަކުވާ މި މަހުގެ 25 ގެ ނިޔަލަށް ހުށަހަޅަން ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްއެމްއައި
18 March 2019
ދެން ކޮން ބޭނުމެއްގައި އުފެއްދި ކުންފުންޏެއް.
ޙަލަބެލި
18 March 2019
ފުލެޓަކީ ތިމީހުނއ ވޯޓުހޯދަން އޮޅުވަލައި ކޮއްދޭ ހެޔޮކަމެއްގެ ގޮތުގައި ދައްކަން ބޭނުމްވާއެއްޗެއް. ޚޮބާ ރައްޔަތުން ފެލާނަގާ ޓެކްސް.
ސަޅި
17 March 2019
ރަނގަޅު ހަމަ އެއްތާކުޖެހޭނީ، އެމްއާރުއެމް ޔަގްސަރުކާރުހެދިހެން ހިތުހުރި މީހަލަށް ދިނުމުގެ ނުރައްކާ އެބައޮތް.
ސައީދުތުރީ
17 March 2019
މާކުރިންވެސް އެނގޭ އެއްޗެއްތީ ވެރިކަން ހޯދަންއުޅޭއިރު ދައްކާވާހަކަ ޔަކާ ވެރިކަން ލިބުނީ ކުރާ އަމަލު ތަފާތު ވިސްނާ ބަޔަކަށް އެނގޭނީ ފުރަތަމަ ތިމާޔާ ތިމާގެ އާއިލާ އަޅުވެތިކުރަން ރާވާބަޔަކަށް ދެން ކޮން ރަށްޔަތުންނަކަށް ޢިޙުލާސް ތެރިވާނީ ގާނޫނީގޮތުން އޮންނަ ހަމަހަމަކަން އަމިއްލަޔަށް އަޅުވެތިކަމަކަށް ބަދަލް މިކުރަނީ ރުފިޔާ ހޯދުމާ އެކްޓިވިސްޓުންނަށް މުސާރަ ދިނުމާ ކަރަޕްޝަނަ ހިންގަން ރަށްޔަތުންގެ ރުފިޔާއިން އަމިއްލަ ކުންފުނި ހަދައިގެން އަޅުވެތިކުރަން
ކުނބުރު
17 March 2019
ކުންފުނި ހަދައިގެން ބޮޑަތި ލޯނު ނަގައިގެން ވަކިތަނަކަށް ހަރަދުކުރަނީ އެއީ ސަރުކާރުން ކުރާ ހަރަދު ނޫންކަމަށް ދައްކަންވެގެން. ހިންގާ ކޮރޮޕްޝަނަކީ ސަރުކާރުގެ އިހުމާލުން ހިނގާ ކަންކަން ނޫންކަމަށް ދައްކަންވެގެން. ބޭނުން ބަޔަކަށް މަންފާވާގޮތަށް ހިންގާ ޕުރޮޖެކޮޓް ތަކާއި ވަކިތަނަކަށް ބޮޑަތި ހަރަދުކުރަނީ ސަރުކާރުން ނޫންކަމަށް ދައްކަން ވެގެން. ތޮއްޖައްސާ ރިޔަލް ސްޓޭޓް ވިޔަފާރިކޮށް ރައްޔިތުން ފެލާ ދަރަނިވެރި ކުރުވަނީ ސަރުކާރުން ނޫންކަމަށް ދައްކަންވެގެން
ހަބީބު
17 March 2019
މިސަރުކާރުމީ އެއްވެސްގޮތަކައް ފުލެޓުއަޅަން ދަންނަބައެއްނޫން ބިންފުރެމުންދާ ރައްރަށުގަ ދެބުރި ނުވަތަ 4 ބުރިޔައް ފުލެޓުއެޅުމުގެބަދަލުގަ 25 ބުރީގެ ބޮޑެތި ފުލެޓު ލިފްޓްލާފަ ވީހާބޮޑައް ހުސްބިންލާފަ އަޅަންވީ އަދިވެސް ތަރައްގީނުވާބަޔަކު ދައުލަތާހަވާލުވެގެން ގައުމުދާނީ ފުނޑެމުން
ކުންކުނި
17 March 2019
ކުންފުންޔާ ބޯޑުތަކާ ކޮމިޓީތަކާ ޑަޒަންޑަޒަނުން ހަދާފަ އެތަންފުރެންދެން އެކްޓިވިސްޓުން އަޅާފަ... މިބުނަނީ ސިޔާސީ މަގާމުތަށް މިހާރު މަދުވާނެޔޯ.
ހަމަހޭ
17 March 2019
އެކުންފުނި އެއީ ޕާޓީން މުސާރަދޭންޖެހޭ ބަޔަކު ތިބީމައުފެއްދި ތަނެކޭ. މިހާރު ސަރުކާރުން މުސާރަދެވޭނެޔެއްނު.
އަސްރަފް
17 March 2019
މިޖެހުނީ ހަމަ އެއްތާކު
ބަތަލާ
17 March 2019
ތިއުޅެނީ ރައްޔިތުންނައް ޚިދުމަތްކުރަންތަ ނޫނީކަރިކުދިންކޮޅައް ރުފިޔާލިބޭނެގޮތެއްނެތިގެން ރުފިޔާހޯދަދޭންވެގެންތަ