17 މާޗް 2019 - 17:10
ތަފާތު ހިޔާލުތަކާއި ފިކުރުގެ މީހުންނަށް ޖާގަ ދޭން ކެރިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ އާންމު އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި މަނަދޫ ދާއިރާ އަށް ކުރިމަތިލައްވާފައިވާ އަހުމަދު ހާރޫންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހިޔާލު ތަފާތު މީހުންނާ އެކީ މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ އެމަނިކުފާނުގެ ކިބައިގައި އެބަހުރި ކަމަށެވެ. އެހެންވެ، އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުން އެއްވެސް ޕާޓީ އަކަށް އަދި ބޭފުޅަކަށް ވެސް ދެރަގޮތެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ތަފާތު ހިޔާލުތަކަށް ތަފާތު ފިކުރަށް ޖާގަ ދޭން ކެރޭ މީހެއް. އަޅުގަނޑާ ހިޔާލު ތަފާތު މީހުންނާ އެކީގައި މަސައްކަތް ކުރަން ދަންނަ މީހެއް. އެކަމުގެ ތަޖުރިބާއާ އެކު އައިސް މި ހުރީ،" މަނަދޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
ހިޔާލު ތަފާތު މީހުންނަށް ވެސް ޖާގަ ދޭން ކެރިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއިރު، ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރާ ގުޅޭ ކަންކަން ކުރުމަށް ތިބޭ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަށް ގޮވާލައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފައްޓަވާފައިވާ ހަރަކާތްތަކަށް މި ސަރުކާރުން ފުރުސަތު ނުދޭ މައްސަލައިގައި ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ސަރުކާރުން ދެކެނީ އެއީ ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު ޖެއްސުމަށް ކުރާ ކަމެއްގެ ގޮތުގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އިއްޔެ ވިދާޅުވީ ގައުމުތަކާ ފިތުނަ އުފައްދަން ޖާގަ ނުދެއްވާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ގިނަ ބަޔަކާ ގުޅިވަޑައިގެން، ގިނަ ވައުދުތަކަކާ އެކު އެވެ. އަދި އެ ކަންތައް ފުއްދުމަށްޓަކައި އެމަނިކުފާނަށް ތާއީދުކުރާ ބަޔަކު ރައްޔިތުންގެ މަޖިލިހަށް ހޮވަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ ހާލަތު ރަނގަޅު ނޫން ކަމަށެވެ. ގިނަ ކަންތައްތައް ހުރީ ބޮއްސުންލާފައި ކަމަށް ވިދާޅުވި އެވެ. ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި ވައްކަމާއި ކޮރަޕްޝަނާއި މާރާމާރީ އާއި މީހުން މެރުން އާއްމު ކަމަކަށް ވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ހުރިހާ ކަމަކާ އެކީ ވެސް ފަށައިގަތީ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ކަމަށާއި އެކަމުގެ ތެރެއިން ގިނަ މަސައްކަތްތައް ކާމިޔާބު ވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާދުރު ތަރި
18 March 2019
ނުކެރޭ ކަން ބޮޑަށް ފެންނަނީ! ނަޝީދުގެ ޕަޕެޓެއްހެން މިހާރު ތިޔަ އުޅުއްވަނީ! ދިވެހިންނަށް މިއަދު ބޭނުންވަނީ އެންމެންގެ ރައީސުލްޖުމުހުރިއްޔާއެއް! އެމްޑީޕީގެ އެކަނި ރައީސް އެއްނޫން. ނަޝީދުގެ އަމިއްލަ ސިޔާސީ އެދުމުން ގައުމު މިދަނީ އޮޔާ!
މުށި
18 March 2019
ދެން ހިޔެއްނުވޭ މަނިކުފާނަށް ވެސް ތަފާތު ޚިޔާލުގެ މީހުންނަށް ޖާގަދޭ ވިސްނުމަކަށް ދެވޭނެހެނެއް. މިހާރު ތީ ރައީސް.
ހަސަން ނުވަވަނަ
18 March 2019
ތިކަން އެބަ އެނގޭ ވަރަށް ރަނގަޅަށް. ޕާޓީއަކުން އެއްވުމެއް ބޭއްވިޔަސް ވާހަކަ ދެއްކެނީ ކަލޭ ބޭނުންވާ މީހަކަށް.
މައުވިން
18 March 2019
ތަފާތު ފިކުރޭ ތިޔަކިޔަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ވާހަކަ އާއި މުރުތައްދުންގެ ވާހަކަތޯ..؟
ފަގީރުކަލޯ
18 March 2019
މިބޭފުޅާ މިނައްތުރެ ބޯވައީ.
އެހެންޔާ
18 March 2019
މަނިކުފާނު އެހެންވީމަ އަމަލުން ދައްކަވާ ބައްލަވަ ތިޔަ ވިދާޅުވާ ގޮތަށް މަސައްކަތްކުރެވޭކަން. ޚިޔާލު ތަފާތުވާ މީހުން މޭޒު ކައިރިއަށް ގެންގޮސް އެމީހުންގެ ޚިޔާލު ބަދަލުކުރައްވަބަލަ. ހުރިކަމަށް ތިޔަ ވިދާޅުވާ ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި އަމަލުން ދައްކަވާ. ޕޯޑިއަމެއްގައި ދައްކާލާ ވާހަކައަކުން މިއަދު ނުފުދޭނެ އެންމެން އެހެން އަރާ ދައްކާ ވާހަކައިގަ މާ ބޮޑު އޮއްޓަރެއް ނުހުންނާތީ.
.އެންމެންގެ ފިކުރު
18 March 2019
.ކޮންމެ ވޯޓެއް ނަގަންވީމާތޯ އެއްމެންގެ ފިކުރޭ ކޮންމެ ބައަކާއެކުވެސް މަސައްކަތް ކުރެވޭނޭ ކޯލީސަންމަތީން ހަނދާނެއް ނުނެތޭނޭ ކޯލީސަން ހަނދާންވާވަރުން ލޮލަށް ނިދިވެސް ނާދޭ ކިހާ ހެއްވާ އަރަތެއް ދެންމީ.
ކިނބޫ
17 March 2019
ބަލަ ރައްޔަތުންގެ މަޖިލީހަކީ ގާނޫނު ހަދާ މަޖުލިސް. އެޖެންޑާ 19 އޭ ކިޔައިން ކޮން ގާނޫނެއްތަ ނެހެދިގެން ތިޔައުޅެނީ؟ ދެން އަވަހަށް ބުނޭ އިންކަމް ޓެކުހޭ! ބަލަ ތަމެންގެ ޕާޓީގަވެސް އެތިބީ ހުސް މަހުޖަނުންނަށް ޕުރައިމަރީ ދީފާ! މެޖޯރިޓީ ވެރިކަން ކުރާ ޕާޓީއަށް ދިނުމަކީ ނުރައްކާތެރިކަމެއް.
ކިނބޫ
17 March 2019
ބަލަ އެހެންވެ ދޯ މެޖޯރިޓީ މެޖޯރިޓީއޭ ތި ކިޔަނީ. އަންނި ކީ އަނެއް ފިކުރުގެ ވާހަކަ ތަ ތިޔައީ؟ އެހެންވީޔާ ބުނާނީ ސޮރީއޭ!
އުދުހޭ
17 March 2019
އިންޑިޔާއާ ދެކޮޅަށް އަޑުއުފުލުން ހުއްޓުވީ ގާގޫނުއަސާސީއާ ޚިލާފަށް ކަމަށް ދެކެން. ޚިޔާލު ފާޅުކުރުމުގެ މިވަންކަން ލިބެނީ މަނިކުފާނު ހިތްޕުޅާވާ ހިޔާލުއެކަނި ފާޅުކުރާކަށްނޫން.