ތާރު އަޅައިގެން ތަރައްގީކޮށްފައިވާ ބޮޑުތަކުރުފާނު މަގުން ވެހިކަލްތަކެއް ދުއްވާފައިދަނީ .---ފޮޓޯ: ހުސައިން ވަހީދު/މިހާރު
18 މާޗް 2019 - 11:32
މާލޭގެ ދެ މަގެއް ފިޔަވައި ހުރިހާ މަގެއްގައި ތާރު އަޅަން ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، ހުރިހާ މަގެއް ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަން ކުރާނީ މަގުތަކުގައި ތާރު އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި މިހާރު ތާރު އަޅާފައިވަނީ ބޮޑުތަކުރުފާނު މަގާއި އިންޑަސްޓްރިއަލް ވިލެޖަށް ދާން އޮންނަ އިއްޒުއްދީން މަގުގަ އެވެ. މާލޭގެ ހުރިހާ މަގުތަކެއްގައިހެން ތާރު އަޅަން ނިންމި އިރު، ތާރު ނާޅާނެ ދެ މަގެއް ޝަމާއު ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އާއި މަގުތަކުގައި ހުރި އެހެން މައްސަލަތައް ދެނެގަތުމަށް ކަމާ ގުޅޭ ބޭރުގެ ކޮންސަލްޓަންޓެއް މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ. މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ އޭނާގެ ލަފާގެ މަތިންނެވެ.
މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، މާލޭގެ މަގުތަކުގައި އަޅާފައި ހުރި ޑީވޯޓަރިން ހޮޅިތައް ނަގަން ފަށާފައިވާ ކަމަށް ޝަމާއު ވިދާޅުވި އެވެ.
އިމާރާތް ކުރާ ތަންތަނުން ބޭރުކުރާ ފެން ދައުރުކުރުމަށް އަޅާފައި ހުންނަ އެ ހޮޅިތައް މާލޭގައި ވަރަށް ގިނަ އެވެ. އަދި އޭގެ ސަބަބުން ގިނަ ބަޔަކަށް ތަކުލީފްތަކެއް ކުރިމަތި ވެ އެވެ.
ޝަމާއު ވިދާޅުވީ މަގުތަކުގައި އަޅާފައި ހުރި ހޮޅިތަކާ ބެހޭ މައުލޫމާތު ހޯދަމުން އަންނައިރު އޭގެ ތެރޭގައި އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ހޮޅިތައް ހިމެނޭ ކަމަށެވެ. އަދި އެ ހޮޅިތަކާއި ނަން ނުޖަހައި، ގަވައިދާ ހިލާފަށް އަޅާފައި ހުރި ހޮޅިތައް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ނަގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ވަރަށް ގިނަ ހޮޅިތަކެއް އަޅުގަނޑުމެން ވާނީ ނަގާފައި. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޮޅިތައް ވަރަށް ބޮޑަށް މަދުވެގެން ދާނެ،" ޝަމާއު ވިދާޅުވި އެވެ.
މާލޭގެ މަގުތައް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން މިހާރު ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓުތައް ނަގައި، ކޮންމެ ދުވާރެއް ކައިރީގައި ރޭމްޕް ހެދުމުގެ މަސައްކަތް އެތަނުން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޓް..
19 March 2019
ތިގޭ މަގު ނުނިމިގެން ނުބުނާތި! އެއި އެމަގުން މަގެއް! (:
1111
18 March 2019
ތިއަަށްވުރެ މުހިންމު މި މާލެ އަކީ މީހުން އުޅެން ކަމުދާ ވަރުގެ ތަނަކަށް ކަދަން. މާލެއަށް ކަތާ ވަރުގެ އާބާދީއެއް އޮންނަ ގޮތް ހަމަޖައްސަން. ވެހިކަލްސް މަދުކުރަން. ބިދޭސީން މަދުކުރަން. މާލެ ސިފަވަނީ ކާރުޚާނާ (ފެކްޓަރީ) އެއް ގޮތަށް.
ށަންޑު
18 March 2019
ތިޔައްވުރެ މާމުހިންމު ވެހިކަލްތަ މަދުކުރުން. ސަރުކާރުގެ ވައުދެއް މާލެ ހިތްފަސޭހަ ތަނަކައް ހެދުން. ކޮންމެ ހުކުރުދުވަހަކު މަގުތަކެއް ބަންދު ކޮއްލީމަ މިކަން ހާސިލްވޭތޯ މީ ކައުސިލް އަމިއްލައައް ކޮއްލަން ރަގަޅު ސުވާލެ. ހޮވެންބޭނުމިއްޔާ ވައުދު ފުއްދާ.
އައްޓަމަސް
18 March 2019
ތާރުގަނޑުމިހާރުވެސް ފައިގަ ތަތްލަވަން ފަށައިފި!މައުމޫނުވެސް ކޮންމެެިންތިޚާބެއްގައި ރައްރަށުބަނދަރު ހަދަނަ ކަޑަޖެހި
ނޫރު
18 March 2019
ޝަމާއު ނޫރު މިސްކިތުގެ ކާޕެޓް ވަރަށް ބޮޑައް ހަލާކުވެ ބާވެފަ ވަނީ. ހަރު ކަމުންދޮސް ނިއްކުރި ހަލާކުވާ ވަރުވެއްޖެ. އެމީހުން ކުރާ ކަމަކީ ކޮންމެ ރަމަޞާން މަހަކަށް ދޮވެލަނީ. ހުކުރުދުވަހު ހުތުބާ ކިޔާ އަޑެވެސް ކިރިޔާ އިވޭނީ މިސްކިއްތެރެއައް. ބޭރު މައިކުވެސް އަބަދު ނިއްވާލަނީ.
ސަކީނާ
18 March 2019
ފުވައްމުލަކުގެ މަގުހެދުން ކޮބާ؟؟
އައްޑޫ މީހާ
18 March 2019
އައްޑޫ ރައްޔިތުން އަދިވެސް ވިސްނާކަށް ނުވޭތޯ؟ މި އިންތިޚާބުގައި ނިކަން ވިސްނައިގެން ވޯޓު ލާން އެބަޖެހޭ. އައްޑުއަށް އޮތީ ބޮޑު ދިދައެއް ނެގުން. އެދިދަ ދަނޑި ޖެހުމުގެ މަސައްކަތް އެ އޮތީ ފަށާފައި. މިއޮތީ ސަރުކާރުތަކެއް. ކޮންމެ އިންތިޚާބަކާ ދިމާކޮށް ކަޑަ ޖަހާ އުސޫލުން ވެރިން ވަޑައިގެން މި އައްޑޫ ބަންޖާއި ފަރިއްސާއި ޅެން ކިޔައި ވަރުވަރުގެ ދަޅަތައް ހުވަފެންތައް އެދައްކަނީ. މިތަނަށް ކޮށްދޭ ކޮށްދިން އެއްވެސް ކަމެއް ހަރާމުން ހަރާން.
ޑުރެކިއުލާ
18 March 2019
އައްޑޫއަށް ބޭނުންވަނީ ޓޯޓަލް ސޮލިއުޝަނެއްކަން ދުވާލުގެ އިރުހާ ސާފު. އެކަންކުރާނެ ހިއްވަރުހުރި މީހަކު ބޭނުންވަނީ.
ވާއެއްޗެއް
18 March 2019
ރިޔާސީ އިންތިހާބުގެ ވޯޓުލާން ކައިރިވީމަ ފެށި ކަމެއް ފިޔަވައި ނިމިދިޔަ ސަރުކާރުން އެއްވެސް ތާކުންތާކުޖެހޭ ކަމެއް ކޮށްނުދޭ. ނަޝީދު ބައާވާތުން ނުވައްޓަނީސް ކޮންމެވެސް ވަރކަށް ކަންތައް ކޮށްދެމުން ދިޔަ. އެއީ އިބޫއަށް އައްޑޫ މީހުން ވޯޓު ދިން ސަބަބު. މި 5 އަހަރު ނިމޭއިރު ކަމެއް ކޮށްނުދޭނަމަ އިބޫއަކަށްވެސް ވޯޓެއް އެމީހުން ނުދޭނެ. އަދި ވާއެއްޗެއް ބަލާލަން ދުވަސް އެބައޮތް. ވޯޓުލީ 5 އަހަރުގެ ދައުރަކަށް.
ހަސަނު
18 March 2019
ސިޓީ ކައުންސިލުން އެބަ ބުނޭ މީ ދޮގު ހަބަރެއް ކަމަށް..
ކޮންވާނެ
18 March 2019
މިދިޔަ 5 އަހަރު ޑީވޯޓަރިން ހޮޅިތައް ނުނެގުނީ ހަމަ އެކަން ކުރުމުގެ ހުއްދަ ނެތިގެންތަ؟ ރައްޔިތުންނަށް ޖެއްސުމަށް ޚިދުމަތް ނުދީ ތިބީ ތިމަންނަމެންގެ ވެރިކަން ނޫންވީމަ.
ބޯހަލާކު ވާނެއްނު
18 March 2019
އަޅަނީ، އަޅާނެ، މި ނޫން ވާހަކައެއްނެތް. ނިކަން އަޅާފަ ދައްކާބަލަ ޔާމިންހެން. ލަދުން ބޯހަލާކު