މީރާގެ އޮފީީސް: މިދިޔަ މަހު މީރާ މެދުވެރިކޮށް 1.27 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނު -- ފޮޓޯ/މިހާރު
18 މާޗް 2019 - 14:08
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.27 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީއަކީ ލަފާކުރި މިންވަރަށް ވުރެ 3.4 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ވެސް 0.8 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިިޔަ މަހު ލިބުނު އާމްދަނީގެ ތެރެއިން 811 މިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 52.6 މިލިއަން ޑޮލަރެވެ.
އާންމު އުސޫލުން މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ވެސް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 794 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ޖުމްލަ އާމްދަނީގެ 62 ޕަސެންޓެވެ.
ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ކަމަށްވާ ބީޕީޓީންނެވެ. ބީޕީޓީގެ ގޮތުގައި 134 މިލިއަން ރުފިޔާ ލިބުނެވެ.
މީރާއިން ބުނިގޮތުގައި މިދިޔަ މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ވެސް ޖީއެސްޓީ އާއި ބީޕީޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީސީ
18 March 2019
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.27 ބިލިއަން ރުފިޔާ މީހުން އަތުން ފޭރިގެންފި..!!