ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ތިލަންދުންމަތިން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ފިއްޓޭ ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
24 މާޗް 2019 - 17:48
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރާ ބަޔަކު ނުތިބޭނެ ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ފިއްޓޭ މިހެން ވިދާޅުވީ، އޭނާ އަކީ ސަރުކާރުގެ ކެންޑިޑޭޓެއް ނޫން ކަމަށް ތިލަދުންމަތީގެ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ރޭ ވިދާޅުވުމުން އެ ވާހަކައިގެ މަފްހޫމު އޮޅޭ ގޮތަށް އަޑު ފަތުރާފައިވާތީ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވައިކަރަދޫ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ނާޒިމްއާ ވާދަކުރައްވައި އެ ޕާޓީގެ ޓިކެޓު ކަށަވަރު ކުރެއްވި ފިއްޓޭ "މިހާރު" އަށް ވިދާޅުވީ، އޭނާ އަކީ ސަރުކާރުގެ ކެންޑިޑޭޓެއް ނޫން ކަމަށް ވިދާޅުވީ، 'ޓެކްނިކަލީ އެކަން އޮތް ގޮތް' ކަމަށް ވާތީ އެ އަށް ރިއާޔަތްކޮށް ކަމަށެވެ. އޭގެ މާނަ އަކީ ފިއްޓޭ ވިދާޅުވި ގޮތުގައި، އެމްޑީޕީ އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތާއީދު އޭނާ އަށް ނެތުމެއް ނޫނެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ތިލަންދުންމަތިން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"ސަރުކާރުގެ ކެންޑިޑޭޓުންނެއް ނުތިބޭނެ މިހާރަކު. އެއީ މަޖިލިހުގައި ނުތިއްބަވާނެ ސަރުކާރު މެމްބަރުންނެއް. އެއީ މާ ކުރިން އޮތް ގޮތެއް. ކުރީގައި ތިއްބަވާ ސަރުކާރުގެ އަށް މެމްބަރުން. އަޅުގަނޑު ބުނީ އެމްޑީޕީ އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތާއީދު އަޅުގަނޑަށް ނެތް ވާހަކައެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ފިއްޓޭ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާ އަށާއި އެމްޑީޕީގެ އެހެން ކެންޑިޑޭޓުންނަށް ވެސް ތާއީދު ކުރައްވަނީ އެއީ އެމަނިކުފާނުގެ ޕާޓީގެ ކެންޑިޑޭޓުން ކަމަށް ވާތީ ކަމަށެވެ. އެކަމަކު، ހުރިހާ ކެންޑިޑޭޓުން ވެސް މަޖިލިހަށް ވާދަކުރައްވަނީ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރައްވަން ކަމަށާއި ސަރުކާރު ތަމްސީލް ކުރައްވަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މަޖިލީހުގައި ކުރަން ޖެހޭނެ ކަމަކީ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުން. ސަރުކާރުގެ ފަރާތުން ވަކާލާތު ކުރުމެއް ނޫން. އެހެންވެ ބުނީ ސަރުކާރު ކެންޑިޑޭޓެއް ނޫނޭ،" ފިއްޓޭ ވިދާޅުވި އެވެ.
މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރައްވާ މެމްބަރުންނާއި މިނިސްޓަރުން ތިއްބެވި އިރު ފިއްޓޭ ވަނީ ހިތި ތަޖުރިބާއެއް ކުރައްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، އޭރުގައި ވައިކަރަދޫގައި ހުރި ޒަމާންވީ ބޮޑެތި ގަސްތަކެއް ސަރުކާރުން ކަނޑާތީ އެންވަޔަރްމެންޓް މިނިސްޓަރާ މަޖިލީހުގައި ސުވާލު ކުރަން އޭނާ އެދިވަޑައިގެންނެވި އެވެ.
"ދާއިރާގެ މެމްބަރަށް އަޅުގަނޑު ސިޓީއެއް ފޮނުވީ އެ މައްސަލައިގައި މިނިސްޓަރާ ސުވާލުކޮށް ޒިންމާދާރު ކުރުވަން އެދި. ފޮނުވި އިރު، މިނިސްޓަރަކަށް ވެސް ހުންނެވީ އެބޭފުޅާ. ދެން ކިހިނެއްތޯ އެ މައްސަލަ ބަލާނީ؟ ސަރުކާރު މެމްބަރުން ތިބީމާ މިއީ ވާ ގޮތަކީ،" މިސާލު ދައްކަވަމުން ފިއްޓޭ ވިދާޅުވި އެވެ.
ފިއްޓޭ ވިދާޅުވި ގޮތުގައި، ވައިކަރަދޫ ދާއިރާ އަށް ކުރިމަތިލައްވާފައިވާ އެހެން ކެންޑިޑޭޓުންނާ ހިލާފަށް އޭނާ އަށް އެ ދާއިރާގެ މައްސަލަތައް މާ ބޮޑަށް ވެސް އެނގިވަޑައިގަންނަވަ އެވެ. އެއީ ދާއިރާގެ ހިދުމަތުގައި އޭނާ އަހަރުތަކެއް ހޭދަކުރައްވާފައި ވާތީ އެވެ. އެގޮތުން އެ ދާއިރާގެ އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ ވިނަރެސް ޖަމިއްޔާގެ ރައީސްކަން ވެސް ފިއްޓޭ ކުރެއްވި އެވެ.
"އެންމެ ބޮޑު މައްސަލަ އަކީ ފުރުސަތުތައް ނެތުމުން މީހުން ހިޖުރަކޮށް، ރަށް ފަޅުވަމުން ދިއުން. އެޖެންޑާ 19 ގައި އެހެރީ މީހުން އަލުން އާބާދު ކުރުމަށްޓަކައި ފުރުސަތުތައް ފަހިކުރަން ބޭނުންވާ ގާނޫނީ ހައްލުތައް،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ތިލަންދުންމަތިން ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދާ އެކު ރޭގެ ޖަލްސާގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ފިއްޓޭ އަކީ ހުނަރުވެރި އަދި ޒުވާން ޓީމުތަކަށް ކުރިން ކުޅުއްވި ކުޅަދާނަ ފޯވަޑެކެވެ. މަސައްކަތުގެ ހަޔާތަށް ނުކުންނަވައި އެންމެ ފުރަތަމަ އުޅުއްވީ ޓީޗަރަކަށެވެ. އެކަމަކު ޒުވާނުންގެ މިނިސްޓްރީގެ ހަރަކާތްތައް ރަށްރަށަށް އެންމެ ބޮޑަށް ފެތުރުނު ދުވަސްވަރު، ޕްރޮގްރާމް ކޯޑިނޭޓަރެއްގެ ގޮތުން ބައެއް ރަށްރަށުގެ ޒުވާނުންގެ މަރުކަޒުތައް ހިންގަވަން އުޅުއްވި އެވެ.
"ސަރުކާރުގެ ކެންޑިޑޭޓުންނެއް ނުތިބޭނެ މިހާރަކު. އެއީ މަޖިލިހުގައި ނުތިއްބަވާނެ ސަރުކާރު މެމްބަރުންނެއް. އެއީ މާ ކުރިން އޮތް ގޮތެއް. ކުރީގައި ތިއްބަވާ ސަރުކާރުގެ އަށް މެމްބަރުން،" ފިއްޓޭ
ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރި ވެވަޑައިގެންނެވުމުގެ ކުރިން ފިއްޓޭ އަކީ ސީދާ ގޮތެއްގައި ސިޔާސީ ދާއިރާއިން ފެނުނު ބޭފުޅެއް ނޫނެވެ. އެކަމަކު އެ ކެމްޕޭންގައި ހުޅުމާލޭގައި އެންމެ އިސް އެއް ހަރަކާތްތެރިޔަކީ ފިއްޓޭ އެވެ.
ވައިކަރަދޫ ދާއިރާގެ ގޮނޑި އަށް ފިއްޓޭގެ އިތުރުން ދެން ވާދަކުރައްވަނީ ވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީގެ ދެ ކެންޑިޑޭޓުންނެވެ. އެއީ އަދާލަތު ޕާޓީގެ ފަރާތުން ހުސައިން ސަގީފާއި ޖުމްހޫރީ ޕާޓީގެ އަބްދުﷲ ޝަރީފެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަޒްލާ
25 March 2019
އަޅެ އެބޭފުޅާ އަމިއްލަ އަށޭ ސަރުކާރު ކެޑިޑޭޓޭ ކީވެސް..މިއޮއް ހާދުވަހު އެހެން ލިޔެފަ ހުންނަނީ
ރަދީފް
25 March 2019
ހިތަދޫ އުތުރު ދާއިރާގެ ބޭފުޅަކު 15 އަހަރު އެ ގޮނޑި ހޫނުކޮށްފި ، އެހެންވީމަ މިފަހަރު އެހެން ބޭފުޅަކަށް އެގޮނޑި ލިބޭނެ ގޮތެއް ރައްޔަތުން ނިންމަވާނެކަމަށް އުއްމީދުކުރަން.ވ.ވެދުން
ހުސޭނުބޭ
25 March 2019
ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި ސަރުކާރާއި، ޖުޑިޝަރީއާއި، މަޖިލިހަކީ ނުފޫޒުން އެއްކިބާވެތިބެ ހިންގަނޖެހޭ މުޅިން މުސްތަގިއްލު 3 ބާރު. މަޖިލިހުގެ މެންބަރުންނަކީ ސަރުކާރުގެ މެންބަރުންނަށް ވެއްޖެނަމަ ޤައުމު އެ ވެއްޓެނީ އަނދަވަޅަކަށް.
އަސޭލަ
25 March 2019
ސަރުކާރު ކެންޑިޑޭޓުން ނުތިބޭނެ ކަމާއި ތިން ބާރު ވަކި ވެފައި ވާކަމާއި ރާއްޖޭގައި އޮތީ ސަރުކާރު ބޭނުންހާ ބަޔަކު ބޭނުން ގޮތަކަށް މަޖްލީހަށް ލުމުގެ ނިޒާމެއް ނޫން ކަމާއި މަޖްލީހަލީހަކީ ރައްޔިތުން ކަނޑައަޅާ ބައެއްކަން ވަރަށް ސާފު. ސުވާލަކީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސް ވެރިން ކެމްޕެއިނަށް ގޮސް ސަރުކާރަށް ބާރު ލިބޭ ގޮތަށް މަޖްލީސް އިންތިޚާބުގައި ވޯޓުލުމަށް ގޮވާލަނީ ކީއްވެހޭ؟ މިއީ ކުށެކޭ. ގޯހެކޭ. މިކަން ބަލަން ޖެހޭ މުއައްސަސާތައް ކޮބައިހޭ.؟
ޒައީ
25 March 2019
މިބޭފުޅާ ހޫނު ފެނަށް ވެއްޓިގެން މިއުޅެނީ... އަދި މަޖިލީހަށް ހޮވުނނީމަ ކިހާ ކޮސް ގޮވާނެ...
ާކާކު
25 March 2019
ލިޔެފަ އޮތް އޮތި ކިޔާލިންތޯ؟
ޢަލީސުޖާއު
25 March 2019
ކޮސްގޮވާަފަ ކޮމެންޓް ނުކޮށްބަލަ
ޝައިނީ
26 March 2019
ޤާނޫނީ ވާހަކައެއް އެނޫނީ އަދި ނުއިވޭ. ސަރުކާރު ކެންޑިޓޭޑުންނެއް ހަމަ ނުތިބޭނެ. މިވީ ފަސްއަހަރު ދުވަހު ތިބީ ސަރުކާރުން ގަނެފަ ތިބި ކެންޑިޑޭޓުން. އެހެންވެ ނިޒާމު އެބުރި އޮޅުން ވެގެން މިއުޅެނީ. ފިއްޓޭއަކީ ކޮންމެ ރައްޔިތަކާއި އެއްހަމައެއްގައި ހިފަހައްޓާލެވޭނެ މީހެއް.
އާއިޝަތު ގައިނޫސާ / ހަވަރު ތިނަދޫ/ އައްޑު ރެފިޔުޖީ
24 March 2019
މޮޔަމީހުން މަޖިލީހަށް ގެނަސް ގެން ކެއްކޭނެ ރިހައެއްނެތް.. މިތިނަދޫންވެސް ކަނޑުކޮސް ގޮވާމީހުން ހުސް
ޠިއްތި
24 March 2019
ތިދާއިރާގެ 3 ކެޑިޑޭޓުން އަކީވެސް ޕީޕީ އެމްގެ 3 ބޭފުޅުން.. ދެންބަލަންވީ އެޕާޓީގެ ކޮންފެކްސަނެއްގެ ބައެއްތޯ . ޢަދާލަތު ޕާރޓީގެ ޓިކެޓުގަ ނުކުންނަ ކެޑިޑޭޓު އަކީ މައުމޫން ފެކުސަނުގަ ކެޑިޑޭޓެއް ދެންތިބި ދެޕާޓީގެ 2 ކެޑިޑޭޓުން އަކީ ޔާމިން ގެ ދެބޭފުޅުން.
ޢަލީސުޖާއު
25 March 2019
ކޮމެންޓް ކުރަން ފުރުސަތުލިބުނަސް ދޮގުވާހަކަ ނުފަތުރާ ފިއްޓޭ އަކީ އެމްޑީޕީގެ ވަރުގަދަ ފަހުލަވާނެއް
ބަބުރުލް ސަލީމް
24 March 2019
މިތަނުން އެކަކުވެސް ތާކުންތާކުންޖެހޭ ވާހަކައެއް ނުދައްކާ.