31 މާޗް 2019 - 23:18
ރައްޔިތުންނަށް ޖަވާބުދާރީ ކުރުވޭ ދައުލަތެއް ބިނާކުރަންޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ތާއީދު ހޯދަން ހއ. ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑިމޮކްރަސީއެއް ހިނގާނީ ދައުލަތް ޖަވާބުދާރީ ކުރުވޭ ވަރަށް ރައްޔިތުން ބާރުވެރިކުރުވިގެން ކަމަށެވެ.
"އެ ރައްޔިތުންގެ ހިޔާލާއި ފިކުރުގެ މައްޗަށް ބިނާކޮށް ޖަވާބުދާރީ ކުރުވޭނެ ދައުލަތެއް އަޅުގަނޑުމެން އެބަ ބިނާކުރަން ޖެހޭ. ޑިމޮކްރަސީ ފުރިހަމަ ގޮތުގައި ހިނގާނީ މިދެންނެވި އުސޫލުން ރައްޔިތުންނަށް ފާޑުކިޔޭނެ ހަމަަތަކެއްގެ ތެރެއިން،" އެމަނިކުފާނު ވިދާޅުވި އެވެ.
ޑިމޮކްރަސީ ފުރިހަމަ ވާނީ ރައްޔިތުންގެ މަދަނީ އަދި ސިޔާސީ ހައްގުތައް ފުޅާކުރެވިގެން ކަމަށް ރައީސް ވިދާޅުވާ ވާހަކަ މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.
އަދި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ 83 ޕަސެންޓް ފުއްދުނު ވާހަކަ ތަކުރާރު ކުރައްވައި އެ މަނިކުފާނު ވަނީ ދިއްދޫއަށް ސަރުކާރުން ކޮށްދޭން ނިންމާފައިވާ ބައެއް ކަންތައްކުގެ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އެރަށުގެ ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކޮށްދޭނެ ކަމަށާއި އައިސް ޕްލާންޓެއް އަޅައިދޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެރަށުގައި މިހާރު ތާރު ނާޅާ އޮތް މަގުތަކުގައި ތާރު އަޅައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިއްދޫގައި އެމަނިކުފާނުގެ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ސަބަބުން އެރަށަށް ބޮޑު ބަދަލެއް އަންނާނެ އެވެ.
"އަޅުގަނޑު މިދެންނެވީ މިދާއިރާއަށް އަޅުގަނޑުމެން ކުރަން ހުރި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކުގެ ވާހަކަ. އިރާދަކުރެއްވިއްޔާ މި ވެރިކަމުގައި މިރަށަށް ބޮޑެތި ބަދަލުތަކެއް، ހެޔޮ ބަދަލުތަކެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި ތިލަދުންމަތީގެ ރަށްތަކަށް ރައީސް ދަތުރުކުރައްވަމުން ގެންދަވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިހާރު ވަޑައިގެން އުޅުއްވަނީ ތިލަދުންމަތީގަ އެވެ. ނަމަވެސް ދެބޭފުޅުން ކެމްޕޭން ކުރައްވަމުން ގެންދަވަނީ ވަކިވަކިން އެކި ރަށްތަކުގަ އެވެ. އެގޮތުން ނަޝީދު މިރޭ ޖަލްސާ ބޭއްވެވީ ކުޅުދުއްފުށީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކްމެޑް
01 April 2019
ދައުލަތަކީ ކޮބާ؟ ސަރުކާރަކީ ކޮބާ؟
ޖަވާބުދާރީ
01 April 2019
ރާއްޖޭގެމިނިވަންކަމާ އިސްތިޤުލާލު ނަގާލާ ޤާނޫނު އަސާސީ އާޚިލާފަށް އިންޑިޔާގެމިލިޓަރީ ފައުޖެއްރާއްޖޭގައި ބައިތިއްބާގެންތިއުޅެނީ ރައްޔަތުންގެފިކުރާއެއްގޮތައްތޯބަލަން ވޯޓެއްނަގަންވީނު. ޑިމޮކްރަސީ ކިޔާ ގެންގުޅެނީ އެއްމެކުރީގެ ކޮމިޔުނިސްޓް އުސޫލުތައް. ސްކޫލުގަ ހެދުނު ސައިދޭންކުދިންގެވަހުތުނަގާލަނީ. ސައިދެންޏާ ސަޔައްވާވަރަށް ފައިސާކުދިން އާއިލާޔަށް ދީބަލަ. ސައިދިނުންވެސް ކޮމިޔުނިސްޓް އުސޫލު. %83 ވައުދުފުއްދުނީމަ ބާކީ 1 މަހުންނިމޭނެ.އިސްތިއުފާދޭންވީނު.
ނޫރު
01 April 2019
މިހާ ރަނގަޅު ރައީސަކު ލިބުމަކީ މިވަގުތު ގަވްމަށް ލެއްވި ރަޙްމަތެއް .. އަތޮޅުވެރިންނަށް ހިއްޕޭނީ ވަލުގައޭ ބުނާހެން ރައީސް އަކަށް ހުރިހާ ކަމެއް ނުކުރެވޭނެ،،، ސަރުކާރުގެ މަތި ބަދަލް ވިޔަސް ދަށުގަ(ސީދާ ޚިދުމަތްދޭން) ތިބީ ކުރިން ވެސް ތިބިމީހުން.. އޮފީސްތަކުގެ އުސޫލްތައް ބަދަލް ނުވާކަން ހިތާމަޔާއެކީ ދަންނަވަން. ރައީސް އިމިގްރޭޝަން ފަދަ ބައެއް އޮފީސްތަކުން އެއްގޮތަކަށް ވެސް ފޯނަށް ޖަވާބުނުދޭ ..ކުރިއްސުރެވެސް މިހާރުވެސް.މިކަން ހައްލުކޮށްދެއްވަބައްލަަވަ.
މިލިޓަރީ
01 April 2019
އިބޫ ވަނީ މިގައުމުގެ މިނިވަންކަމަ އަރަގެންފަ. މީގެ ހިތި ދިވެހިން ކުރާނެ. މަކަރާ އޮޅުވަލުމުގަ އިބޫ އުޅުއްވަނީ.
ވަތަން އިސްކުރަންޖެހޭ
01 April 2019
ދިވެހިން ބޭނުންވަނީ މިނިވަން ޤައުމެއްގެގޮތުގަ އޮތުން. އިންޑިޔާސިފައިން ބާލާ. މި ޤައުމުގެ ސަރިންގެ މުސްތަގްބޮލައްޓަކާ.
މަންޑޭލާ
01 April 2019
މިރާއްޖެ ބަލަހައްޓަން އިންޑިޔާ ސިފައިންނާ ހަވާލު ކުރުމަކީ މި ރާއްޖެއަޅުވެތިކަމުގެ ފެށުން. އިބޫ މިވަނީ ވެރިކަމުގެ ދަހިވެތިކަމުގާ މި ޤައުމުގެ އިގްތިސޯދު އިންޑިޔާއަ ހަދިޔާކޮއްފަ.ދެރަ
ޢަފްލާ
01 April 2019
ދޮގު ހުވައެއް ކޮއްގެން ވެރިކަމައް އައީ ރައްޔިތުންނައް ޖަވާބު ދާރީ ވާންޖެހޭނެ އިބޫ ވޯޓް އޮޅުވާލީ
ޝޮކްތެރަޕީ
01 April 2019
އެމްޑީޕީ މިއުޅެނީ ދިވެހިން މޮޔަހައްދަން.