31 މާޗް 2019 - 23:50
ހއ. ދިއްދީގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރަައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިލަދުންމަތީގެ ދާއިރާތަކަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރަން ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހޮސްޕިޓަލްގެ ފެންވަރު މަތިކުރަން ކުރިން ވައުދުވެވަޑައިގެންފައި ވާނެ ކަމަށެވެ.
"ހޮސްޕިޓަލް ތަރައްގީކޮށް، އަޅުގަނޑުމެން ވެފައިވާ ވައުދާ އެއްގޮތަށް މިރަށުގެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރެވިގެން ވެސް ދާނެ،" ރައީސް ވިދާޅުވި އެވެ.
ދިއްދޫ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ މަސައްކަތް ކުރަން ސަރުކާރުން ނިންމާފައި ވަނީ ކިހާ ދުވަހެއްގެ ތެރޭގައި ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. އަދި އެކަމުގެ އިތުރު ތަފުސީލެއް ވެސް ނުދެއްވަ އެވެ.
ދިއްދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ އެހެން ބައެއް މަޝްރޫއުތަކުގެ ވާހަކަ ވެސް ރައީސް މިރޭ ދެއްކެވި އެވެ. އެގޮތުން އައިސް ޕްލާންޓެއް އަޅައިދޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެރަށުގައި މިހާރު ތާރު ނާޅާ އޮތް މަގުތަކުގައި ތާރު އަޅައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިދެންނެވީ މިދާއިރާއަށް އަޅުގަނޑުމެން ކުރަން ހުރި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކުގެ ވާހަކަ. އިރާދަކުރެއްވިއްޔާ މި ވެރިކަމުގައި މިރަށަށް ބޮޑެތި ބަދަލުތަކެއް، ހެޔޮ ބަދަލުތަކެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި ތިލަދުންމަތީގެ ރަށްތަކަށް ރައީސް ދަތުރުކުރައްވަމުން ގެންދަވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިހާރު ވަޑައިގެން އުޅުއްވަނީ ކެމްޕޭނަށް ތިލަދުންމަތީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްކޫލްގެ
01 April 2019
ރަށުގައި ކިޔަވައިދިނުން ރަގަޅުކުރެވޭތޯ ބަލާބަލަ. އިހަވަންދޫއާ އަޅާގަނެގެން ނޫޅޭތި
ނަޒުމާ
01 April 2019
ކޮބާތަ ! ރައީސްކަމަށް އިބޫ ސޯލިޙް ބޫޗްގަނެ ކެމްޕޭންކުރިއިރު ދިއްދޫ މަގުގައި ދެމި ބޭނާތައް ؟؟؟؟؟ އެ ވަޢުދުތައް ފުއްދަބަލަ ފުރަތަމަ
ނެގުނުކަތީބު
01 April 2019
ތީ އިބިލީހުގެ ކައިވެންޏެކޭ އެއްގޮތަށް އިންތިޚާބާއި ދިމާކޮށް ޓާޝަރީވާ ތަންތަން.
ދިއްދޫ
01 April 2019
ދިއްދޫ އެމްޑީޕީ ކެނޑިޑޭޓްގެ ކޮރަޕްޝަން މައްސަލައެއް އޭސީސީއިން ބަލާފައި ވަނީ ޕީޖީ އަށް ފޮނުވާފައި, ރައީސް ވިދާޅުވި ޒީރޯ ޓޮލަރަންސޭ, އެހެން ވިދާޅުވެފައި އެހެހުންނެވީ ކޮރަޕްޝަނާ އެއްކޮޅަށް ދިއްދޫގައި އެމްޑީޕީ ކެނޑިޑޭޓަށް ކެމްޕޭން ކޮށްދެއްވަން, އެމްޑީޕީގެ މެމްބަރަކު ކޮށްފިއްޔާ އޯކޭވެފައި އެހެން ޕާޓީގެ މެމްބަރަކު ކޮށްފިއްޔާ ކޮރަޕްޝަނަށްވަނީ, މީ ކިހާބޮޑު އަރަތެއް. އަދި މިދިޔަމަހު އެމްޑީޕީ ކެނޑިޑޭޓުގެ ކޮރަޕްޝަންގެ މައްސަލައިގެ ވާހަކަ, ރައީސަށް ހުށަހަޅާފައި އޮތީ, އެކަމަކު އެމްޑީޕީއާ ޖެހުމުން އެކަންވެސް ބަލައިނުލެއްވި, ޒީރޯ ޓޮލަރަންސްގައި ހުންނެވީ, ރައްޔިތުންނަށް އޮޅުވާލުން. ޕީޖީގައި މައްސަލަ އޮއްވައި އެމްޑީޕީ މެމްބަރުގެ ކެނޑިޑެންސީވެސް އެއޮތީ ގަބޫލުކޮށްފައި އިލެކްޝަނުން. ދެން ކޮން ބަޔަކަށް އިތުބާރު ކުރެވޭނީ
މަކުނު
01 April 2019
ނަންދެވިދާނެ. މަސައްކަތެއްނެތް. އިހަވަންދޫއަށް ތިކަން ދީބަލަ. ފުރިހަމަވާނެ. އާދޭސްކޮއްފަ. ކީއްވެތަ އިހަވަންދޫ ނިކަމެތި ކުރަނީ
ރާގު
01 April 2019
އިހަވަން ދޫ އަށް ދިނީމަ ފުރިހަމަ ވާނެއޯ.. ލޮލް. ފުރަތަމަ ހޯރަފުށީ ކައިރިން ގަދަ ވެގެން ދިއްދޫ އާ ހަމަ އަށް އާދޭ. ތިތަން ކުރުމަށް ވުރެ ރަނގަޅުވާނެ ހއ ގަ ޓާޝަރީ ހޮސްޕިޓަލް އެއް ނޭޅިއަސް. ފިލްމު ކުޅޭ ކޮމޭޑިއަނެއް ހޮވާފަ ނިކަމެތި ކުރަނީ އޯ..ލޮލް.
ހއ އަތޮޅު ދަރިއެއް.
01 April 2019
ދިއްދޫ އަށް ހިޖުރަ ކުރަން ބަލަ ބަލާ މިހުންނަނި. ޢިތުރު ރޯހައުސް އަޅާގެން ނަމަވެސް މިކަން ކޮށްދޭން ވީނުން ދެން މިހާރު. ޢާބާދި ކުދި ތަން ތާ ބިއްޖެހިފަ މިތިބެނީ އެހެން ގޮަތެއް ނެތީމަ. ކިރިޔާ ކަމެއް ވާއިރަށް ވެސް ދާން ހަަމަ މިޖެހެނި ދިއްދޫ އަށް.
ކޮއްޕާ
01 April 2019
މިފަސްއަހަރު ނިމޭއިރު ހުރިހާ އަތޮޅުހޮސްޕިޓަލްގެ ނަންބަދހަލުވަާނީ ޓާސަރީ ހޮސްޕިޓަލް އައް ރަށުސިއްހީމަރުކަޒު ހޮސްޕިޓަލްއައް އެކަމަކު އޭންތަނަކައް އަންނާނެ ޑޮކްޓަރެއަނުވާނެ.އެއުޅެނީ އައިޖީއެމްއެޗް ގަވެސް މަސަައްކަތްކުރާނެ ވަގުތުނުވެގެން އެތާގަވެސް ހާއްސަޑޮކްޓަރެއް ބަލަނީ 5 މީހުން ކުލިނިކައްގޮސް 40 މީހުންބަލާ ބޮލަކުން 400 ރުފިޔާ ނަގައިގެން ދެން ކޮންޓާސަރީއެއް ތިވެސް ގޭމެއް ..
ތުނބުޅި
01 April 2019
ހިތާރޫޙަށް އަސަރު ކުރަނީ ހިޔާލު ތިހެން ވެވޭ ތީއޭ
މުހޭ
01 April 2019
ސުކުރިއްޔާ ރައީސް ވ އުފާވެރި ހަބަރެއް މުޅި ހއ އަށް
ދިވެހި ދިިވެހި
01 April 2019
ހެހެހެ. ހަމަ ހިނިއަންނަނީ ބައެއް ދިވެހިންގެ ގަމާރުކަން ހުންނަލެއް ބޮޑުކަމުން. ކުލައެއް ޖެހިއްޖެ ކޮންމެ ދިވެއްސެއްގެވެސް ހާލު. ހުސް ވައުދު އަޑުއަހާއަހާވެސް މިމީހުންނަށް އެއްޗެއް ނުވިސްނެ. ކެމްޕެއިނަށް އަންނަ ތިމާ މީހާ ނިސްބަތްވާ ކުލައިގެ މީހާ، ތިމަންނާ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ސްޕޭސް ސްޓޭޝަނެއް ހަދާ، ރާއްޖެ އަޑިއަށް ހިނގައިދާނެތީ ދިވެހިން ގެންގޮސް މާސްގަ އާބާދު ކުރާނަމޭ ބުންޏަސް ތިބޭނެ ހަމަ ބާރަށް އަތްޖަހަން. ޕަކާސް
ޓައިޓާނިޔާ
01 April 2019
ހެޔޮނުވާނެ! އައިޖީއެމްއެޗް ގައިޓާޝަރީ ފެންވަރަށް ފުރަތަމަ ޚިދުމަތް ދީބަލަ. 12 ނުވަތަ 13 އަހަރު ކިޔަވައިގެން ނިކުންނަ ޑޮކްޓަރަކު 3000 މީހުން ހަމަނުވާ އާބާދީއެއްގަ މަސައްކަތް ކުރާކަށް ނުދާނެ. ދިއްދޫގަ ހަދާ ޓާޝަރީ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަން ގަންނާނީ ރޮބޮޓްސް ދޯ؟؟؟ ރައްޔިތުންގެ ބޮލަށް މަޖްލިސް އިންތިޚާބާއި ދިމާކޮށް ޗިޕް ޖެހިޔަސް މިފަހަރު ވާނީ ބޭޒާރު
ޅަމަޓަ
01 April 2019
ތަން ތަނުގެ އާބާދީ އެނގިގެން އަނގަފުޅާ ކޮށްބަލަ. ރޮބޮޓެއް ނޫން ތިކަހަލަ ރޯނުއެދުރުން ފޮނުވަންވީ މީހުން ބަލަން.