މާލެ އިން އިއްޔެ ހައްޔަރު ކުރި ފިރިހެނެއްގެ އަތުގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 727 ރަބަރު ޕެކެޓު -- ފޮޓޯ: ފުލުހުން
09 އެޕްރީލް 2019 - 12:30
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި، ކުރިން ފާސްނުކުރާ އެއްޗެއް ފާސްކުރަން ޖެހިއްޖެ އެވެ: ސަބްމެރިންނެވެ.
ފުލުހުން އިއްޔެ ވަނީ މާލެއިން ގަނެގެން ވ. ފެލިދުއަށް މީހަކު ގެންދިޔަ ސަބްމެރިންއެއްގެ ތެރެއިން މަސްތުވާތަކެތި ހޯދައިފަ އެވެ. އެ މައްސަލާގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި އެވެ.
މަސްތުވާތަކެތި އާންމުވެފައިވާ ރާއްޖޭގައި ތަފާތު ވައްތަރުގެ އެއްޗެހީގައި އެ ރައްކާކޮށް އެއް ތަނުން އަނެއް ތަނަށް އުފުލަ އެވެ. އެކަމަކު ރާއްޖޭގައި މަޝްހޫރު ކެއުމުގެ ބާވަތެއް ކަމަށްވާ ސަބްމެރިންއެއްގެ ތެރެއިން މީގެ ކުރިން މަސްތުވާތަކެތި ފެނިފައެއް ނުވެ އެވެ.
ސަބްމެރިން ހިފައިގެން ފެލިދުއަށް ދިޔަ އިރު ފުލުހުން ތިބީ ތައްޔާރުގަ އެވެ. އޭނާ ގެންދިޔަ ސަބްމެރިން އަތުލައިގެން ބެލިއިރު އޭގެ މަސްގަނޑު ތެރޭގައި އޮތީ، މަސްތުވާތަކެއްޗަށް ޝައްކުރެވޭ އެއްޗެއް އަޅާފައި ހުރި، ފިލްމު ހުސްކުރި ދަޅެކެވެ.
ފުލުހުން ބުނި ގޮތުގައި އިއްޔެ މާލެ އިން ވެސް ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުުހުން ބުނީ އުމުރުން 40 އަހަރުގެ ދިވެހި އެ ފިރިހެންމީހާ ހައްޔަރުކުރީ 727 ރަބަރު ޕެކެޓާ އެކު ކަމަށެވެ. އޭނާ ފާސްކުރީ، ފުލުހުން ބުނި ގޮތުގައި، މާލެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހަކަށް ޝައްކުވެގެންނެވެ.
ފެލިދުއަށް އެތެރެކުރަން އުޅުނު ސަބްމެރިންގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ފިލްމު ހުސްކުރި ދަޅެއް -- ފޮޓޯ: ފުލުހުން
ފުލުހުން މިހާރު ގެންދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން މިދިއަ ދެ މަސް ދުވަހު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
21 May 2019
ސަބްމެރިނަަށް ހުންނާނީ ތި އަޅާފަ ތޯއްޗެ މިހާރު ދޯ؟
އަޅި
10 April 2019
ސަބްމެރިންވެސް ކާހިތް ކެނޑިއްޖެ ތިޔަ ފޮޓޯ ފެނިފަ.
ވާނުވާ..
09 April 2019
ޕޮލިސް ކުދިންނަށް އެޔޮއް ފުލެޓު ތެރޭގަ ހަކުރު ވިއްކާ ނަގާއިރު ހަމަ ސައްކު ވެސް ނުވަނީ ބާއޭ މަ ހިތައް އަރާ...އެތާ އުޅެން އުދަގޫ....!ވަށައިގެން ޕޮލިސް ކެމެރާ؟ ޙަމަ ނުފެނޭ ދެއްތޯ؟
އަދީލް
09 April 2019
ޑުރަގް ޑީލަރުންގެ ވިޔަފާރި ދެން ހަނދާން ނައްތާލާ! އެކިއެކި ގޮތް ގޮތަށް ކޯޓުތަކުން ވީއްލިފައިތިބި ބޮޑެތި ޑްރަގު ޑީލަރުންގެ ދުވަސް ދިޔައީ! އެޖެންޑާ19 އިން ފަނޑިޔާރުގެ އިސްލާހު ކުރާނެ! ފުލުހުން އިސްލާހު ކުރާނެ! ދެން ޑްރަގު ޑީލަރުން ޖައްސާނެ ގޭމެއް ނޯންނާނެ! 66 ގޮނޑީގެ ސުޕަރ މެޖޯރިޓީއަކާއެކު މަޖްލީހަށް ވަދެގަނެގެން މި ގައުމު ހަމައަކަށް އަޅުވާލާތަން ބަލަން ތިބެލާ! ފެންވަރުގައި މި ގައުމު ހިންގާލާނަން ! ދެން ސަމާސާ ކުރާން ނޫޅޭ!
ޙަންމަޓޭ
09 April 2019
ލެޓިންއެމެރިކާގެޑްރަގްޑީލަރުންނަށްވެސް އަދިނޭންގޭވައްތަރު ސަބްމެރިންއެއްމީ! ދިވެހިންހަމަމޮޅީ ހުރިހާކަމެއްގަވެސް...
ހަކީމު
09 April 2019
ފެރީ ތަކުގެ ކައްޕި އަދި ފަޅުވެރިންނަށް އިނާމު ދޭނަމަ ގުޅަ ، ބަޖީޔާ އެއްޗެހިންވެސް މިއެއްޗެތި ފެންނާނެ. މިއީ އެހެން ގައުމުތަކުގައިވެސް ކުރާ ކަމެއް.
ނޫސް ބަލާމީހާ
09 April 2019
ލަންކާ ސިންގަޕޫރު ނަމޫނާ އަކަށް މިކަމުގައި ވެގެންނޫނީ މިޙާރާމް ކަމަކުން ސަލާމަތެއްނެތް. ޢިންސާނިއްޔަތާ ކިލާފު އަދި އަމިއްލަ ނަފްސުގެ ދިފާއުގައިވެސް މިވިޔަފާރީގައި އުޅޭމީހުން މަރަންވީ.
ސުމެއް
09 April 2019
މަ ހީ ކުުރީ.. ސުރުހީ ކިޔާލާފައި އުމަރު ގެންގުޅޭ ސަބްމެރިންގެ ތެރެއިން ކަމަށް.....
ބޯގޯސް
09 April 2019
ކޮބާ އިންޖީނު؟
ނައުޝާ އަލީ
09 April 2019
ކޯޓަށް ގެންދިއުމުގެ ކުރީން ދުނިޔޭގެ އެހެންގައުމުތަކުގެ ޕޮލިހުން ހިންގާވަރުގެ ހަރުކަށި އަމަލު ހިންގައި ތިވަބާއިން އިތުރު ޒުވާނުން ސަލާމަތް ކޮށްދެއްވާ. ކޯޓުން ދޫކޮށްލާނެ.
ހަސަން ނުވަވަނަ
09 April 2019
އުމަރު ނަސީރު އެވަރުކުރީމަ ކަމަކު ނުދިޔައެއްނު