އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތެއްގައި އޭސީސީގެ މެމްބަރުންނާއި މުވައްޒަފުން ބައިވެރިވަނީ --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
09 އެޕްރީލް 2019 - 13:35
މުވައްޒަފުން ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދޭ ގޮތަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ހަމަޖައްސައިފި އެވެ.
އޭސީސީން ބުނީ އެ ކޮމިޝަންގެ މުވައްޒަފުން ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކުރަން މި މަހުން ފެށިގެން ނިންމާފައިވާ ކަމަށެވެ. އެހެންވެ، މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ސިއްހީ ޚިދުމަތް ދޭ މަރުކަޒަކުން ދޫކުރާ ލިޔުމުގައި ބުނާ ތާރީޚުން ފެށިގެން ނުވަތަ މުވައްޒަފު ވިހާ ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ހަ މަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ހިމަނައިގެން ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފުންނަށް ދޭ ޗުއްޓީ ވެސް އެއް މަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކުރަން ސަރުކާރުން މިދިޔަ މަހު ނިންމުމާ އެކު، މިނިވަން މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކުން ވެސް ވަނީ ވިހެއުމުން ދޭ ޗުއްޓީ އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
09 April 2019
ވިހައިގެން ޗުއްޓީއަށްދިޔަ ޓީޗަރުންގެ މާއްދާތައް ކިޔަވައިދޭނެ ޓީޗަރުންނެތި ކުދިން ބިކަވަނީ..
ދޮށިމޭނާ
09 April 2019
ތިވީގޮތުން ކަރަޕްސަން މައްސަލަތައް ބެލުން ލަސްވާނެ
މުޖައްރިބޫ
09 April 2019
މި ހުރިހާ އިދާރާތަކުން އަންހެންގެ ވިހެއުމުގެ ހައްގުގައި އެހީތެރިކަން ދެއަވާއިރު، އާސަންދަ ކުންފުނިން މިކަމާ އަޅާ ނުލެވެނީ އަންހެން ބޭފުޅުން ވެރިންނަށް ތިއްބަވާތީތޯ ސުވާލު ކޮށްލަން ބޭނުން.
މަރޭމިތުރު
09 April 2019
އޭސީސީގެ ކޮންމެވެސް ބޭފުޅަކު ބައްޕައަކަށް ވާން އުޅޭކަމާއި މެދައް ވަރަށް ވައްތަރު!
މަރޭމިތުރު
09 April 2019
ތިކޮމެޝަންގައި ކިތައް އަންހެނުންތޯ ތިބެނީ؟ ހީވަނީ ވަރަށް މަދުހެން.
މަގޭމިތުރާ
09 April 2019
އޭސީސީގެ 70 % އަކީ އަންހެނުންނޯ
ބ.އޭދަފުށި
09 April 2019
ހަސންލުޠފީ ކޮބާ.މިހާރު؟
ނިޒާރު
09 April 2019
އޭނީ ނޫންތޯ އެންމެ ނަޒާހާތްތެރި ހަސަން ލުތުފީ.
އެއްބުރުން
09 April 2019
ދެން މިގައުމުގެ އާބާދީ ފިތްކަނޑައިގެންދާވަރަށް ބޮޑުވެދާނެ ތޯއްޗެ!
ސާދާސީދާ
09 April 2019
ދިވެހިރާއްޖެ މިއީ ކިތަށް ޤައުމުތޯ؟ ހުރިހާ ކަނބަލުންނަށް ވެސް ވިހެއުމަށް ފަހު 6 މަހުގެ ޗުއްޓީލިބޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުއްވީމައި އެކަން އެ ނިމުނީ.