ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި ރޭ ރޯވެ، ދުމުގެ އަސަރުކޮށްގެން ތިން ފުލުހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި ޕޮލިސް ސްޓޭޝަނުގައި ރޯވީ އެތަނުގެ ކަރަންޓު ފޮށީގައި ހުޅުހިފައިގެންނެވެ. އަލިފާންގަނޑު މާބޮޑަށް ފެތުރިގެން ނުދަނީސް ނިއްވާލި ނަމަވެސް، ދުމުގެ އަސަރު އެތަނުގައި އޭރު ތިބި ފުލުހުންނަށް ކުރި ކަމަށް ފުލުސް އޮފީހުން ބުންޏެވެ.
އަދި އެ މީހުންނަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް އިތުރުވެފައިވާ އިރު، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިފައިން ވަނީ އެދިފަ އެވެ.