ޚަބަރު / ރ. އުނގޫފާރު ކައުންސިލް

ރޯދަ ހަދިޔާގެ ގޮތުގައި އުނގޫފާރަށް މިފަހަރު ވެސް ހިލޭ ކަރަންޓް

ރ. އުނގޫފާރު: ރޯދަ މަހު ކަރަންޓުގެ ހިދުމަތް ހިލޭ ފޯރުކޮށްދޭން އެ ރަށު ކައުންސިލުން ފެށީ 2016 ގައި -- ފޮޓޯ: މިހާރު ފައިލް

ރޯދަ ހަދިޔާއެއްގެ ގޮތުގައި ރ. އުނގޫފާރު ރައްޔިތުންނަށް މި ރޯދަ މަހު ވެސް ކަރަންޓުގެ ހިދުމަތް ހިލޭ ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

އެ ރަށު ކައުންސިލް މެމްބަރު ހުސެއިން އާސިފް މިއަދު "މިހާރު" އަށް ވިދާޅުވީ މިއީ ކަރަންޓުގެ ހިދުމަތް ރޯދަ މަހު އެ ރަށުގައި ދޭ ތިން ވަނަ އަހަރު ކަމަށެވެ. އަދި މިއީ އެ ރަށު ރައްޔިތުން ވަރަށް ތާއީދުކުރާ އަދި އެކަމަށް އިންތިޒާރު ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޖީނު ގެއަކީ ރައްޔިތުންގެ ނަމުގައި ހިންގާ ތަނެއް. އެހެންވެ ރައްޔިތުންނަށް ދޭ އިނާޔަތެއްގެ ގޮތުގައި ރޯދަ މަހު ކަރަންޓުގެ ހިދުމަތް ހިލޭ ކުރަނީ،" އާސިފް ވިދާޅުވި އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކަރަންޓުގެ ހިދުމަތް ހިލޭ ކުރުމުން އޭގެ ހަރަދަކީ ގާތްގަނޑަކަށް އަށް ލައްކަ ރުފިޔާ އެވެ. ފަންސާސް ފަސް ދުވަހަށް ދޭ މި އިނާޔަތުގައި އެ ރަށުގައި އުޅޭ ބިދޭސީންން ވެސް އެ ކައުންސިލުން އެކަހެރިއެއް ނުކުރެ އެވެ. މި އިނާޔާތް ދޭން ނިންމާފައި ވަނީ އެ ރަށުގައި ހުރި ގޭބިސީތަކަށް އެކަންޏެވެ. ދައުލަތުން ހިންގާ ހޮސްޕިޓަލާއި ސްކޫލް ފަދަ ތަންތަނުންނާއި އެހެން މުއާސަސާތަކުން ކަރަންޓު ބިލް ދައްކަން ޖެހޭނެ ކަމަށް އާސިފް ވިދާޅުވި އެވެ.

"އަންނަ މަހުގެ ފަސް ވަނަ ދުވަހު މީޓަރުގެ ރީޑިން ބެލުމަށް ފަހު ދެން އަޅުގަނޑުމެން އަލުން ފަށާނީ ޖޫން މަސް ނިމުމުން. މިއީ ކައުންސިލުން ރައްޔިތުންނަށް ދޭ އިނާޔަތެއް. މިކަމާ ދޭތެރޭ ރައްޔިތުން ވަރަށް ހިތްހަމަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ބައެއް ރަށްތަކުން ރޯދައާ ދިމާކޮށް އެ ރަށުގެ ރައްޔިތުންނަށް މިފަދަ ރޯދަ ހަދިޔާތައް ދެ އެވެ. ގާތްގަނޑަކަށް 1800 އެއްހާ މީހުން އުޅޭ އުނގޫފާރަށް މި ހަދިޔާ ދޭން އެންމެ ފުރަތަމަ ފެށީ 2016 ގަ އެވެ.

10 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާމިގިލި

22 April 2019

މާމިގިލީ ގެ ކައުންސިލަރުންވެސް ވަރަށް ރަނގަޅު ވާނެ، ކޮންމެ ފަހަރަކުވެސް ބައިވަރު ކަންތައް ކޮށްދޭނެ ރޯދައަށް ރައްޔިތުންނަށް، ވަރަށް ހެޔޮފުޅު ބައެއް

The name is already taken The name is available. Register?

ސުވާލު

22 April 2019

ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމްކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގަތް ވައުދެއ

The name is already taken The name is available. Register?

ޙިލޭ

22 April 2019

ހިލޭ ކިހިނެއްބާވަނީ. ޢިންޖީނަ އަޅާ ތެޔޮހިލޭ ލިބުނީތަ، އަޑީ ތެޔޮ ހިލޭ ލިބުނީތަ، މުވައްޒަފުން ހިލޭ މަސެއްކައި ކޮއްދޭން އެއްބަސްވީތަ.

The name is already taken The name is available. Register?

ކަނބާއައިސަާ

22 April 2019

ބަލަ އަހަރުގެ އެހެން މަސް މަހު ލިބޭ ފައިދާ އޮންނާނެތާ އެއްޗެކޭ ބުނާއިރު ބޯމައްޗަށް ނަގާ ވިސްނާލަބަލަ

The name is already taken The name is available. Register?

ބޮސްގެ ބޮސް

22 April 2019

ކޮންތާކުން ހޯދާހާ ފައިސާއެއް؟

The name is already taken The name is available. Register?

ރަށުމީހާނ

22 April 2019

ތީ ދިވެހި ރައްޔިތުންގެ ޓެކްްސް ފައިސާ، ހިލޭބަހަން ހެޔޮ ނުވާނެ. ބޭނުންޖެހިފައި ތިބި ފަޤީރުންނަށް ދިނަސް އޯކޭ.

The name is already taken The name is available. Register?

900 ޑިގުރީ

22 April 2019

މިހެންވެ 1000 މީހުންނަށްވުރެން ބޮޑަތި އާބާދީތަށްކުގެ އިންޖީނުގެ ތަކާއި ނަރުދަމާ އާއި ފެނުގެ ނިޒާމް ކައުންސިލްތަކާއި ހަވާލުކުރަންވީ

The name is already taken The name is available. Register?

ފަތިސްދަން

22 April 2019

އެއީ އެންމެ ރަނގަޅު ގޮތްބާ އެއަށްވުރެ މާރަނގަޅު ހާލުގަ ޖެހޭ ދުވަހު އެހީވާ ފަންޑަކަށް ތި ފައިސާ ޖަމާކުރާނަމަ އެފަދަ ދުވަހަކަށް އެއްޗެއް ފޮރުވިފަ އޮތީސް

The name is already taken The name is available. Register?

6666

22 April 2019

ރާއްޖެއަށް ލިބޭ ލާރިއާ ބަލާފައި މުޅީރާޢްޖެއަށް ހިލޭ ކަރަންޓް ދެވޭނެ. އެކަމަކެ އެލާރި ޓެކްސް ހެވަން ހަދައިގެން ރާއްޖެ ނުވަންދަންޏަކާ ނުލިބޭނެ

The name is already taken The name is available. Register?

ކައްދާފުޅުދޮންތު

22 April 2019

ކުރެވޭ ކަމެއް ވިއްޔާ ހުރިހާ ކައުންސިލުންވެސް ކުރަންޖެހޭނެ . ނުކުރެވޭ ކަމެއްވިއްޔާ އެއްވެސް ކައުންސިލަކުން ކޮށްގެން ނުވާނެ ! ސަރުކާރުގެ ފައިސާ ސަރުކާރުގެ ޚިދުމަތް އެއްވަރު ކުރަންޖެހޭ ! ލާމަރުކަޒީ ކޮށް ނުހިގާ އިރު ފައިސާ ލިބޭނީ ހަމަ އެއްގޮތަކަށް !

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454