ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް: ޕީޕީއެމާއި ޕީއެންސީއާ ދެމެދު މައްސަލައެއް ނެތް ކަމަށް ވިދާޅުވި --ފޮޓޯ/މިހާރު
23 އެޕްރީލް 2019 - 18:33
ޕީޕީއެމް އާއި ޕީއެންސީގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް ނެތް ކަމަށާއި އެ ދެ ޕާޓީ އަދިވެސް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކަމަށް އެ ދެ ޕާޓީން މިއަދު ބުނެފި އެވެ.
ޕީޕީއެމާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދެ ޕާޓީއެއްގެ ނުވަތަ ދެ ބައެއްގެ ދެމެދުގައި ވިސްނުމުގެ ތަފާތުތަކެއް ހުރެދާނެ ކަމަށާއި އެކަމަކު އެ ދެ ޕާޓީގެ ފިކުރަކީ އަބަދުވެސް އެއް ފިކުރެއް ކަމަށާއި އޮތީ އެއް އަމާޒެއް ކަމަށެވެ. އެ ދެ ޕާޓީގެ ލީޑާޝިޕް މިހާރު ވެސް އޮތީ ޔާމީނާ އެކު ކަމަށާއި އެމަނިކުފާނުގެ މަޝްވަރާތައް އެ ދެ ޕާޓީން މިހާރު ވެސް ހޯއްދަވަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިއްޔެ ވެސް ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރު ދެ ޕާޓީގެ އިސްވެރިންނާ އެކީގައި ރައީސް ޔާމީން ބައްދަލު ކުރައްވައި، ދެ ޕާޓީ ވެސް ހިންގެވުމުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ލަފަ އާއި އިރުޝާދު އަޅުގަނޑުމެންނަށް ދެއްވި. އެހެންވީމަ އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް އަޅުގަނޑުމެންގެ ތެރެއަކު ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީއެންސީ އުފެދުނީ ވެސް އަދި އެ ޕާޓީ މިއަދާ ހަމައަށް ދެމި އޮންނަނީ ވެސް ޔާމީން އެގޮތަށް ބޭނުންފުޅުވާތީ ކަމަށާއި އެ ދެ ޕާޓީން ވެސް ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ފަރާތްތަކެއްގެ ގޮތުގައި ތިބެން ކަމަށެވެ. ދެ ޕާޓީއެއް އުފެއްދީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކޯލިޝަނެއްގެ ގޮތުގައި ދެ ޕާޓީއެއް އޮތުން މުހިންމު ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެން ޕީއެންސީން ޕީއެންސީ ވަރުގަދަ ކުރަން މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން. ޕީޕީއެމުން ޕީޕީއެމް ވަރުގަދަ ކުރަން މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން. އެކީގައޭ މިދަންނަވަނީ އެއް ފިކުރެއްގައި ވީމަ އެއް ބަޔަކު އަނެއް ބަޔަކަށް ތަޖްރިބާ ހިއްސާ ކުރަމުން މަޝްވަރާ ކުރަމުން އަޅުގަނޑުމެން ކުރިއަށް ގެންދާނީ. އަޅުގަނޑުމެން ދެ ޕާޓީ ޖައްސަން ބަޔަކު މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އެ ޕާޓީގެ ލީޑާޝިޕްގެ އިސްތިއުފާ ގޮވާލައްވައި، ޕީއެންސީއާ ގުޅިވަޑައިގަތް ގަތުމާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ނިހާނާއި ޕީޕީއެމްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނިހާން ބޭނުންފުޅުވީ ހަމައެކަނި އާ ލީޑާޝިޕަކަށް ޖާގަ ދިނުމަށް ކަމަށެވެ. ނިހާން ޕީއެންސީއާ ގުޅިވަޑައިގަތީ ނިހާނަށް އެ ޕާޓީން ދައުވަތު ދެއްވުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވީ ނިހާން ކަހަލަ ވަރުގަދަ ބޭފުޅަކު އަޅުގަނޑުމެންގެ ޕާޓީގައި އިސް ސަފުން ވެސް ފެންނަން. އެހެންވީމަ އަޅުގަނޑުމެން ނިހާނަށް ދައުވަތު ދިނީ އަޅުގަނޑުމެންނާ އެކު ކުރިއަށް ވަޑައިގަންނަވާށޭ މިއީ ހަމަ އެއް ފިކުރެއް ނޫން ހެއްޔޭ. އެހެންވީމަ އަޅުގަނޑުމެންގެ ދައުވަތު ގަބޫލު ކުރައްވައި، ނިހާން ޕީއެންސީއާ ގުޅިވަޑައިގަތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ދާދިފަހުން އައްޔަން ކުރެއްވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕަށް ނިހާން ފާޑު ވިދާޅުވެފައި ވަނިކޮށް އެ ޕާޓީގެ އިސް މަގާމުތަކަކަށް ބޭފުޅުން އައްޔަންވުމަކީ އިއްތިފާގެއް ކަމަށެވެ. ނިހާން ސޯޝަލް މީޑިއާގައި ފާޅު ކުރެއްވީ އޭނާގެ އަމިއްލަ ޚިޔާލެއް ކަމަށާއި އޭނާގެ ޚިދުމަތް މިހާރު ވެސް ޕާޓީއަށް ލިބެމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މިހާރު ވެސް، ޕީޕީއެމަށް އަޅުގަނޑު މިދަންނަވަނީ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ނިހާންއަކީ" ޝިޔާމް ވިދާޅުވި އެވެ.
ޕީއެންސީއަކީ ވެސް ޔާމީންގެ ލަފައާ އެކު އުފެއްދި ޕާޓީއެއް ކަން ފާހަގަ ކުރައްވައި، ޝިޔާމް ވިދާޅުވީ ދެ ޕާޓީގެ ވެސް އޮތީ އެއް އަމާޒެއް ކަމަށާއި އެ ދެ ޕާޓީ ވެސް އޮތީ ޔާމީންގެ ފިކުރާ އެއްގޮތަށް މަސައްކަތް ކުރަން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ނިމިދިޔަ މަޖިލިސްގެ އިންތިޚާބުން ޕީޕީއެމް އާއި ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަކީ ލީޑާޝިޕް ފެއިލްވުން ކަމަށް ބުނެވޭނެ ސަބަބެއް ނޫން ކަމަށާއި އިންތިޚާބުތަކުން ބަލިވުމަކީ ރާއްޖޭގައި އާ ކަމެއް ނޫން ކަމަށެވެ. މީގެކުރިން އެމްޑީޕީގެ ވެރިކަމުގައި ވެސް ދެ އިންތިޚާބަކުން އެމްޑީޕީން ބަލިވި ކަމަށާއި އޭރު ވެސް އޮތީ އެއް ލީޑާޝިޕެއް ކަން އޭނާ ފާހަގަ ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ އާ ހިތްވަރާ އެކު ނިކުމެވޭނެ ފެންވަރު އެ ދެ ޕާޓީގެ ކިބައިގައި އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެންނަކީ ސިޔާސީ މީހުން. ސިޔާސީ މީހުން ކޮންމެ ކަމަކަށް ނުކުންނައިރު ވެސް އެ މީހުންނަށް އެނގެންވާނެ އޮންނާނީ ދެ ގޮތެއް ކަން. އިންތިޚާބެއްގައި ވާދަ ކުރާއިރު އޮންނާނީ ބަލިވުމާއި މޮޅުވުމާ. ބަލިވާ ކޮންމެ ފަހަރަކު ގެއަށް ވަދެ ރަޖާލާން ޖެހޭ ކަަމަށް ވަންޏާ ނުކުންނާނެ ކަމެއް ނެތް އިންތިޚާބަކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކަށް މަޖިލިސް އިންތިޚާބު ކާމިޔާބު ނުކުރެވުނީ ސަރުކާރުން ފޯރުވި ނުފޫޒުތަކާއި އިންތިޚާބުގައި އިންސާފުވެރިކަން ނެތުމުންނެވެ. އެގޮތުން ދައުލަތުގެ މުދާ ކެމްޕެއިންގެ ތެރޭގައި ބޭނުން ކުރުމާއި މުވައްޒަފުން ވަޒީފާ ބަދަލު ކުރުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު.
24 April 2019
އަދުރޭ ތިހެން ތިބުނަނީ އަދުރެމެޓީކް ފޮމިއުލާ ބޭނުން ކޮށްގެން ބަލާފަތޯއެވެ.؟ ތިފޮމިއުލަ އަކީ އަހަރެމެން ދަންނަ އެއްޗެއްނޫން، ފަހަރުގަ ލ ފޮނަދޫ ޔުނިވަރސިޓީގައި އެނގޭމީހަކު ހުރެދާނޭ، ނަމަވެސް ތިފޮމުލާ ތައްޔާރުކުރީ ޓިނުގަނޑަކުން ނަމަ ވަރަށް ފަސޭހަވާނެ، ފުރަތަމަ ޓެސްޓް ކުރަންޖެހޭނީ އެ މައުދަނު. ޓެސްޓްގެ ނަތީޖާ އަކަށް އަރުވާލި ރަށުން ގެނައިހުނިގޮޑި ދައްކާފިއްޔާ ކަޑަ. އަލުން ޓެސްޓް ހަދަންޖެހޭނީ.
ޕާޕީ
24 April 2019
އަދި އިތުރު ހަ ޕާޓީ ހަދާ އެ މަނިކަށް ފެނިވަޑައިގަންނަވާތީ ، ޕާޓީއެއްގަ 6 މީހުން ތބޭނީ އޭރުން . އޭރުން މާލޭން ކާށިދޫއަށް ދާނީ 3 ސިކުންތުން ، އެހެން ކަމަށް ވަންޏާ ދަރުމަވަންތަ ހޮސްޕިޓަލަށް ވުރެ ކާށިދޫ ހޮސްޕިޓަލް ބޮޑުވެފަ މޮޅުވާނެ . ދެން ކާށިދޫ މެމްބަރު މަޖިލީހުގަ އިންނަވާނީވެސް ކާށިދޫގަ މިކަން މިހެން ހުރުމުން.
ޒައީމް
24 April 2019
މާތް ކަލާކޯ. ކޮން ކަމެއްތަ ޕީޕީއެމްގައި މި ބަދަލުވީ؟ އަދިވެސް ބޮޑޭ ވެފަ އޭނީ އަދުރޭ. ދެން އޭނީ ސައީދު. ހަމަ އެއް ބައެއް. ހުންގާނުގައި ހުރީ ޔާމީނު.
ފޮނިޓައްޕު ހަސަނު
24 April 2019
ވައްކަން ކުރުމުގެ ފިކުރަށް މިގައުމުގައި އިތުރު ފުރުސަތެއް ނެތް.
ކަތީއްބެ
24 April 2019
އަދުރޭ ތިހެން ބުނެފިއްޔާ ތިއޮތީ އަނެއް އަތަށް އަޅާފަ، އަނދުރޭމެން ޙަޤީޤަތާ ޚިލާފަށް ވާހަކަ ދައްކައި ޙަޤީޤަތާޚިލާފު މަންޒަރުތައް ރައީސް ޔާމީނަށް ދައްކާތީ މައްސަލައަކީ، އިޚްލާޞްތެރި ބަޔަކު ކުރާނެކަމެއްނޫން ތިއީ، ރިޔާސީ އިންތިޚާބު ދުވަސްވަރުވެސް ހެދީ އެން، ބޮޑުމަންޒަރު ދައްކަންވެގެން އެތައް ފައިސާއެއް ޚަރަދުކޮށްގެން ރާއްޖެތެރެއިން މީހުން ގެންގޮސް ދެއްކި މަންޒަރުން ޔާމީނަށް މުޅިން ނުބައި ތަޞައްވަރެއް ދިނުމުން ވާނުވާ ނޭގި ބޭކާރު ދަރަނިތަކެއް އޮތީ.
ވިކިޕީޑިއާ
24 April 2019
އެހުރީނު ހުންނަވައްތަރު.... އަދުރޭ ވަރަށް ގަދަވާނެ އިނގިއްޖޭ!
އަސްލު
24 April 2019
އެމްޑީޕީ ވަރަށް ނަޒާހަތްތެރި, މިފަހަރު ޤާސިމް ވިދާޅުވިހެން ވާރޭވެހޭހެން ފައިސާބެހީ, އެއީ ތެދި ހަގީގަތްކަން ﷲ މޮޅަށް ދެކެ ދެނެވޮޑިގެންވޭ, އަލިފާން ނިމޭނީ އަލިފާނުން. މަކަރުވެރި ނަޒާހަތްތެރިންގެ ނިމުން ހިތިވާނެ, ﷲއިންޝާ
އިހުސާން
24 April 2019
ރައީސް ޔާމީންގެ މަގުބޫލުކަން މިގައުމުގައި އިންތިހާއަށް ބޮޑު. އެކަަމަކު އަދުރޭ އާއި ނިހާނު ދެން ޗާއޯސް
އަޙުމަދު
24 April 2019
އިހުސާން، ޤައުމެއްގެ ވެރިއަކަށް ހުންނަވައިގެން ރައްޔިތުން މުދަލާ ފައިސާއިން ބޮޑެތިވައްކަން ކޮށް ދައުލަތަށް ލިބެންޖެހޭ އެތަށްފައިސާއެއް އަމިއްލަ އެކައުންޓަށް ކަލާކޮށްލީމަ ރައީސް ޔާމީންގެ މަގުބޫލުކަން މިގައުމުގައި އިންތިހާއަށް ބޮޑުވެގެން މިދިޔައީ. އަދި އެޕާރޓީން ނެރުނުހާ މެންބަރުން ރައްޔިތުންގެ ކުރިމަތީގަ ޗޮކުން ދިޔައީ، ނުވިތާކަށް ރިޔާސީ އިންތިހާބުންވެސް ޔާމީނު ބަލިވީ ވެސް ހަމަ މަޤުބޫލުކަން ބޮޑުވެގެން.
ޙުސެން
24 April 2019
ހަ ޕާޓީ ހިންގިއަސް ވޯޓެއް ނުލިބޭނެ
ނަސީ
24 April 2019
ހިސާބު ޓީޗަރު މަހަށް ދޭބަލަ... ގޮނޑި ގެއްލުނީމަ ވެސް މައިތިރި ވާކަށް ނޭނގުނު ދޯ... ބަޔަކު ނޫޅޭ ފެއިލްވެފަ ތިބި ގްރޫޕެއް ދައްކާ ވާހަކަ އަޑު އަހާކަށް...