މޫސާ ސިރާޖު: އޭނާ ވެސް ޑީޖޭއޭ އަށް ހާޒިރުވާން ސުޕްރީމް ކޯޓުން ވަނީ އަންގާފައި.
25 އެޕްރީލް 2019 - 12:28
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ގާނޫނީ ވަކީލް، މޫސާ ސިރާޖް ވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް މިއަދު ހާޒިރުވާން ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓުން އަންގައިގެން ޑީޖޭއޭ އިން ބަލާ މައްސަލައަކަށް އިއްޔެ ވަނީ، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ހާޒިރުކޮށްފަ އެވެ. އޭނާގެ މައްސަލައަކަށް ވީ، އިންސާފު ގާއިމްކުރެވެން އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށްގެން ކަމަށް ވިދާޅުވެ ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަތަކެވެ.
މޫސާ ސިރާޖު ހާޒިރުވާން ސުޕްރީމް ކޯޓުން އެންގީ، މިއަދު މެންދުރު ފަހު ތިނެއް ޖަހާއިރަށެވެ. އެކަމަކު ސަބަބެއް ޗިޓުގައި ތަފްސީލްކޮށްދީފައެއް ނުވެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ދުވާލަކު ދެ ފަހަރަށް ހާޒިރުކުރިއަސް، ފަނޑިޔާރުގެ އިސްލާހުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށްގެން ކަމަށް ގެންގުޅުއްވާ ވިސްނުން ބަދަލެއް ނުކުރައްވާނެ ކަަމަށެވެ. އަދި އިންސާފުވެރި ފަނޑިޔާރު ގެއެއް ބިނާކުރަން ކުރާ މަސައްކަތް ވެސް ހުއްޓައެއް ނުލައްވާނެ ކަމަށް ވިދާޅުވި އެވެ.
Miadhu 15:00 ah SC ah haaziru vumah alhugandah chit fonuvaifi.
— Moosa Siraj 🎈 (@MoosesSiraj) April 25, 2019
SC ah dhuvaalaku dhe faharu haaziru kuriyas Fandiyaarun ge islaahu kureveyne fandiyaarun vaki kohgen kamah bunaa stand badhaleh nukuraanan adhi insaafuveri fandiyaaruge eh binaa kuran mikura masaikai huttaeh nulaanan pic.twitter.com/9rZ8HiexXf
މޫސާ ސިރާޖުގެ ޓުވީޓް.
ސުއޫދު ހާޒިރުކޮށް، ޑީޖޭއޭ އިން ތަހުގީގަށް ކުރި ސުވާލުތަކާ ގުޅޭ ގޮތުން އޭނާ މީޑިއާ އަށް ވާހަކައެއް ނުދެއްކެވި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ބުނެފައި ވަނީ ސުއޫދު ހާޒިރުކުރީ ރާއްޖެ ޓީވީގައި ޝަރުއީ ދާއިރާއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން، ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ގާނޫނީ ވަކީލުންގެ ގަވާއިދުގެ ދަށުން އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ ކަމަށެވެ.
ރާއްޖެ ޓީވީގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށް ވިދާޅުވެ، އެ ހުރިހާ ބޭފުޅުން ވެސް މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން ވެސް ޝަރުއީ ދާއިރާގެ އެކި ކަންކަމަށް ފާޑުވިދާޅުވެގެން ސުއޫދު ވަނީ ސަސްޕެންޑު ކޮށްފަ އެވެ. ޝަރުއީ ދާއިރާ އަށް ފާޑުކިޔާ އެހެން ބައެއް ވަކީލުން ވެސް މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭރޭ
25 April 2019
އެކަމާ ރުޅިގަނޑު ބާލަނީ, އެކިފަހަރު އެކިމީހުނަށް, ކިތަނމެ ހިލަ ހިތަށް ރަތް ކުލަ ކެނޑުނަސް އެއްވެސް އިތުބާރެއް ނުކުރަން ކޯޓުތަކަކަށް,
ސަދޫމް
25 April 2019
ޢަދުލްއިންސާފެއް ނުލިބޭ , އެއްވެސް އިތުބަާރެއް ނުކުރަން
ސުދާ
25 April 2019
ޢަދީބުގެ ކުރީގެ ލޯޔަރު ސިރާޖު ކީއްވެބާ މިހެން މި ހަދަނީ
ދަތްނެތްކުއްޖާ
25 April 2019
ފަނޑިޔާރުންނޭ ކިޔާ ބަޔަކަށް ބުނެލަން އޮތީ ތަމެން އަމިއްލަ އަށް އުމުރު ދުވަހަށް ކޮއްގެން ތިބި ހުވާ ތައް ރައްޔިތުން ހަށި ފޮލާލާފައި ނުކުމެ ތަމެންގެ ހުވާތައް ބާތިލް ކުރަން ތައްޔާރު ވެއްޖެއެވެ. ﷲގެ ވާގިފުޅާއި އެކު މިފަހަރު ތަމެން ގެއަށް ރައްޔިތުން ވައްދާފައި ނޫނީ ހުއްޓައެއް ނުލާނަމެވެ. ސޭޓުޖީގެ ބާރުވެސް ﷲގެ ރަހުމަތުން މި ކެނޑެނީއެވެ. ކުރިއަށް އޮތީ ރައްޔިތުންނަށް އިތުބާރު ކުރެވޭނެ ފަނޑިޔާރުގެ ތަކެކެވެ.
ކަންއޮތްގޮތް
25 April 2019
ކިތަންމެވަރަކަށް މީހުން ހާޒިރުކުރިނަމަވެސް، އަދި ބަޔާނަގައި، ކުށްވެރިކުރަން އުޅުނުނަމަވެސް ގޯސްކޮށްހިނގާކަމެއް، ނޫނީ ކުރާކަމެއް އިސްލާހުނުކޮށް ކުރާކަމުގައިވާނަމަ، މީހުން އެވާހަކަ އެކިތާނގައި އެކިގޮތްގޮތަށް ދައްކާނެއެވެ. އެކަމަކީ ސީރިއަސް ކަމެއްކަމުގައިވާނަމަ، ތަންތަނަށް މީހުންއެއްވެ، ޖަމާޢަތްހަދައިގެންވެސް އެވާހަކަދައްކާނެއެވެ. އަދި އިހުގެޒަމާނުގައިނަމަ، ޅެންފަރިހިހަދައި، ޑަބިޔާޖަހަމުންވެސް އެކަމުގެވާހަކަ ގޮވާފާނެކަމުގައި ބެލެވެއެވެ.
އަޙުމަދު
25 April 2019
ސްޕރިމް ކޯޓަކީ ހާދަ މަތީގަ އުޅޭ ތަނެކޭ، ކިހާވަރަކުންދާނެބާ، އަނެއްކާ މޫސާސިރަޖު ލޮލަށް ސުމޯތޯހެރުނީބަ؟
ދިހި
25 April 2019
ސިރާޖޫ! ހޭވެސް ބަހައްޓާނެ ކަމެއްނެތް ތިހުރިގޮތަށް ކުރިއަށްދޭ...
ދޯރރި
25 April 2019
ބަލަ ޔާމީނު ގެންގޮސް ސުވާލު ކޮށްބަލަ =. ކޮންތާކުން ހޯދި 100 މިލިޔަން ރުފިޔާތޯ އެކައުންޓަށް ލައިގެން ތިއުޅެނީ
ބޮން
25 April 2019
މިރާއްޖެއަކު ނެތް ތިޔަ ކޯޓްގެ މާ ބޮޑު އިއްޒަތެއް ކަރާމަތެއް ހުރިކަމަށް ބަލާ މީހަކު. ދެއްކޭ ނުދެއްދޭ ނިންމޭ ނުނިއްމޭ ކަންކަން ނޭންގޭ ބައެއް ތިޔައީ.
އަލީބަލީ
25 April 2019
މައްސަލަ ތަހުގީގު ކުރުން ނުވަތަ ބެލުން އެއީ ކޯޓުތަކުގެ އިހްތިސާސްގައި ހިމެނޭ ކަމެއް ނޫން. އެއީ ފުލުހުންގެ ކަމެއް. ކޯޓުތަކަކީ ހުށަހަޅާ މައްސަލަތަކަށް ޝަރީއަތް ކުރަން ހުންނަ ތަންތަން.
އަހުމަދު.
25 April 2019
މީ ސޮމޯޓޯ ގެ ދަށުން ކުރާކަމަކަށް ވެދާނެ ހެއްވާކަމަކީ ސުމޯޓޯ ގެ ދަށުން މައްސަލަ ބަލާނީވެސް އެމީހުން، ޝަރީއަތް ކުރާނީވެސް އެމީހުން، ޙުކުމް ކުރާނީވެސް އެމީހުން،