ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި މާހެފުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ސޯޝަލް މީޑިއާ
29 އެޕްރީލް 2019 - 12:23
އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ އަށް މަރުހަބާ ކިޔަން ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި މާހެފުން ޝަރަފުވެރި ކޮށްދެއްވައި އެ މާހެފުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފި އެވެ.
މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ ފަހު ޖަލްސާ މިއަދު 11:00 ގައި މެދުކަނޑާލީ މާހެފުން ބޭއްވުމަށެވެ. ޖަލްސާ މެދުކަނޑައިލުމުގެ ކުރިން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ މާހެފުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވަތު އެރުވީ އެއީ މަޖިލިހުގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ ކަމަށެވެ.
"އެއީ ވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް އެ ހުރިހާ ދުވަސްތަކެއްގައި ކޮށްދެއްވާފައިވާތީއާ އެކީގައި އެބޭފުޅުންނަށް އަޅުގަނޑު [މާހެފުމަށް] ދަންނަވާލާފައި ވަނީ،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސަށާއި އެމަނިކުފާނުގެ ކެބިނެޓުގެ ބޭފުޅުންނަށް މާހެފުމަށް ދައުވަތު އެރުވި ސަބަބާ ގުޅޭ ގޮތުން ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގައި މިއަދު އޮތް މާހެފުމަށް ފަހު، ބައެއް މެމްބަރުންނާއި މަޖިލިހުގެ އިދާރާގެ އިސްވެރިނާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮޓޯފުޅެއް ނަންގަވަނީ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެމަނިކުފާނު ރައްޔިތުންގެ މަޖިލިހުގައި ހޭދަކުރައްވަމުން ގެންދެވީ ފަސް ވަނަ ދައުރެވެ. އެމަނިކުފާނު އެންމެ ފުރަަތަމަ އިންތިހާބުވީ ޅ. އަތޮޅުގެ މެމްބަރުގެ ގޮތުގަ އެވެ. އަދި ފަހުން ހުންނެވީ އުފަން ރަށް ހިންނަވަރު ދާއިރާގެ މެމްބަރުގެ ގޮތުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމްޑީޕީ އުފެދުނީއްސުރެ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވައިފަ އެވެ.
މަޖިލިހުގެ އިދާރާގައި އޮތް މާހެފުމުގައި، މަޖިލިހުގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ. އެއީ، މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ވެސް ކުރެއްވި އަބްދުﷲ ޝާހިދާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޭބީ
30 April 2019
މަޖްލީހުގައި މެންބަރުން ރަމަޡާން މަހުގެ ތަހުނިޔާ އެދާއިރާއެއްގެ ރައްޔިތުންނަށާއި އެންމެހާ ރައްޔިތުންނަށް ކިޔަމުން ދިޔައިރު، ދާއިރާގެ ރައްޔިތުންގެ ތަހުނިޔާ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ފޮނުވާލަދޭނެ މެންބަރަކުނުވި. ޢެވަރު ކަމެއް ރައްޔުތުން ތަމްސީލް ކުރާމީހާ އަކަށް ނުކޮށްދެވުނު.
ދޮގެއްތަ؟
29 April 2019
އަހަރުމެންގެ މިިހާރުގެ ރައީސަކީ ކުރާނެ އެއްވެސް މަސައްކަތެއް އޮންނަ ބޭފުޅެއް ނޫން. ދަތުރު ކޮށްލާ، ރިބަނެއް ކަނޑާލަދީ، މީސްމީހުންގެ ސުފުރާ ފަޅުފިލުވާ ދިނުމުގަ މުޅިންވެސް އުޅުއްވަނީ.
ނިންމުން
29 April 2019
ދައުރުގެ ފަހު ޖަލސާ ބާއ1ވާފައިވާ ބަޔަކު ކީއްކުރަން މާހަފަންށޭ ކިޔާފަ ރައްޔިތުންގެ ލާރިކަނީ
ފޫހި
29 April 2019
އަހަރެމެން ސިވިލް ސާރވިސް މުވައްޒަފުން 5000 ރުފިޔާ ލިބޭ އިރުވެސް މާހެފީ އަމިއްލަ ޖީބުން. ތިޔަބައިގަނޑު މާހަފާނީ ދައުލަތުގެ ބަޖެޓުން. ކިހާ އަދުލުވެރިދޯ
ރަދީފް
29 April 2019
ކޮބާ ޕީޕީއެމްގެ އެންމެ މެމްބަރެއްވެސް ނުފެނޭ.ކޮބާ އެމީހުން އެކިޔާ ޔުނިޓީ؟؟؟ އަދުރޭގެ ލަދު ކޮބާ؟؟
ޢައްޑޫގަން
29 April 2019
ރައީސް ސޯލިހު މުޅިންވެސް މިފެންނަނީ މިކަހަލަ ކޮންމެވެސް ކުޅި މަޖަލެއްގައި އުޅުއްވާތަން. ކޮންމެވެސް ދުވުމަކުން، ފުޓްބޯޅަ މެޗަކުން ކުރިކެޓް މެޗަކުން....ނޫނީ އިންޑިޔާ ދަތުރެއްގައި އުޅުއްވަނިކޮށް. ސަރުކާރުގެ ސްޕީޑް ފިނިހަކަ ސްޕީޑް ކަމަށް ޕާޓީ ކުދިންވެސްބުނޭ. ކުރާނެ ކަމެއް ނެތީބާ؟ ގައުމު ތަރައްގީ ކޮށް ނިމުނީބާ؟
ދޫވެހި
29 April 2019
ކަލޯ ހަމަކެހޭ އިހްލާސްތެރި އީމާންތެރި ވެރިން ފެންނާނީ އަބަދުވެސް ހިނިތުންވުމެންގެތެރެއިން އިނގޭ
ގަދަ އިނގޭ
29 April 2019
ތެދެއް އިޚްލާސްތެރިން ތިބޭނީ ކުރާނޭކަ ކަމެއް ނެތިފަ ޚިޔާލެއް ފިކުރެއް ނެތި ކައިގެން ބަނޑު ދަމަން.
ޝޮކްތެރަޕީ
29 April 2019
މިސަރުކާރަކީ އިންޑިޔަގެ އަޅުން. މިރާއްޖެ މިނިވަންކުރާނަން.
ގަރުދިތަ
29 April 2019
މިސަރުކާރަކީ އެއްވެސް ބައެއްގެ އަޅުންނެތް ނޫން. ކުރީ ސަރުކާރުން އޮތީ އަޅުވެތިވެފާ ސައުދީން ބުނީމަ ގުޅުން ކެޑީ ގައުމުތަކާ. ޗައިނާ ދަށުވެފާ
ރިހާކުރު
29 April 2019
ސައޫދީން ޗައިނާ ދަށުވާށޭ ބުނި ކަމެއް ނޭނގޭ ދޯ ކަލެއަށް. ހަހަހަ
މުހަންމަދު ކަލޯ
29 April 2019
އަލަށް ހޮވުނު މެމްބަރުންވެސް ބައިވެރި ކުރިނަމަ މަންޒަރު ރީތިވާނެ.
ކުޅޭބޭބެ
29 April 2019
ކުޅިމަޖާ ކަމެނަމަ މިރައީސް ބައިވެރިވާނެ. މާނުހަފާ މާއުކިޔަސް ރއިބޫ ބައިވެރިވާނެ.
އަލިބެއްޔާ!
29 April 2019
ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތު ތަކުގެ ތެރޭގައި މަޖިލީހުގައި ރަގަޅު ހާޒިރީއަކާއެކު މަދުވެގެން 2 ދައުރު ފުރިހަމަކުރުން ކިހިނެއްވާނެ؟ އޭރުން ސިޔާސީގޮތުން ހުންނާނީ ރޯފިލާފަ.