އިންތި ވެސް ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި ޗިޓް ހަވާލުކޮށްފި އެވެ.


އިންތި އަށް އަންގާފައިވަނީ މާދަމާގެ 8:30 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހާޒިރު ވުމަށެވެ.

ހާޒިރުކުރަނީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް ކަމަށް އަމުރުގައި ބުނެފައިިވެ އެވެ.

އިންތި މަޖިލީހުގައި އިންނަވަނިކޮށް ގުޅައި ޗިޓް ހަވާލު ކުރަނީ---

އިންތިއަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމާ ގުޅޭގޮތުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާ ބޭފުޅެކެވެ.

ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވެގެން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ގާނޫނީ ވަކީލް މޫސާ ސިރާޖު ވެސް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. އަދި މީގެ ކުރިން ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ސަސްޕެންޑް ވެސް ކުރި އެވެ.