ކްލަބް މެޑް ކަނިފިނޮޅު ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، މެންދުރު ގެނބިގެން މަރުވެފައި ވަނީ އުމުރުން 52 އަހަރުގެ ފިރިހެނަކު ކަމަށެވެ.
ސިންގަޕޫރުގެ އެ މީހާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.
މޫދަށް އެރި އުޅެނިކޮށް ގެނބިގެން ނުވަތަ ފީނަން ގޮސް އުޅެނިކޮށް ލިބުނު ގެއްލުމެއްގެ ސަބަބުން މި އަހަރުގެ ތެރޭގައި ވަނީ ގިނަ ބަޔަކު މަރުވެފަ އެވެ.