ރާއްޖޭގެ ބަޔަކު ބޭނި ހަތް ފޫޓު ދިގު ބޯވަ ދިލަ މަސް: އޭގެ ނަރަވާއާ އެކު 24 ފޫޓު ހުރޭ
02 މެއި 2019 - 07:43
ރާއްޖޭން ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ހަތް ފޫޓު ދިގު އަދި އާދަޔާ ހިލާފު ބޯވަދިލަ މަހެއް ބަޔަކު ބާނައިފި އެވެ.
ބޯވަދިލަ މަހުގެ ބޮޑުމިނުގައި ހަތް ފޫޓު ހުރިއިރު އޭގެ ނަރަވާއާ އެކު 24 ފޫޓަށް އަރަ އެވެ. އެނގިފައިވާ ގޮތުގައި މިއީ މިހާ ދިގު ބޯވަދިލަ މަހެއް ރާއްޖޭގައި ބޭނި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން މި ބާވަތުގެ ބޯވަދިލަ މަހެއް ފެނިފައިވަނީ 2005 އަހަރު އެވެ. އެކަމަކު ބޭނުމުގެ ބަދަލުގައި މަސްވެރިންގެ ބަޔަށް އެ މަސް ފެނުނީ މަރުވެގެން މައްޗަށް އަރާފައި އޮއްވަ އެވެ.
އާ ސަރުކާރުން ތަކެތި ދީގެން މިހާރު އަލަށް ފަށާފައިވާ ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ދިޔަ ގުރޫޕަކުން 24 ފޫޓުގެ ބޯވަދިލަ މަސް ބޭނީ މާލެ އަތޮޅު ދިއްފުށީ އިރުމަތިން ފަސް މޭލު ބޭރުންނެވެ.
ރާއްޖޭގެ ބަޔަކު ބޭނި ދިގު ބޯވަދިލަ މަހާ އެއްގޮތް ބޯވަދިލަ މަހެއް. މީގެ ނަރަވާ އާދަޔާ ހިލާފަށް ދިގު
އާއްމުކޮށް ކަނޑުގެ 1000 މީޓަރަށް ވުރެ ފުނުގައި އުޅޭ މި ބާވަތުގެ ބޯވަދިލަ މަސް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބާނާ އުޅެނީ ވަރަށް މަދުންނެވެ.
ރާއްޖޭގައި އެ ބޯވަދިލަ މަސް ބޭނި ގްރޫޕްގެ މީހަކު، ނަން ނުޖަހާ ގޮތަށް، ބުނީ އޭތި އެހާ ބަރު ނޫން ކަމަށެވެ. ލަފާކުރެވޭ ގޮތުން އޭގެ ބަރުދަނުގައި ހުރީ 12 ވަރަކަށް ކިލޯ އެވެ.
އޭނާ ބުނި ގޮތުގައި އެއީ އާއްމުކޮށް ބާނާ ތުތިބޯވަދިލަ މަހެއް ނޫންކަން، އޭތި ފެނުނުތަނުން ވެސް އެނގުނެވެ.
ބޯވަދިލަ މަހުގެ ފައިގައި ހުރި ޓެންޓިކަލްސްތަކެއް
"މީގެ ކުރިން ފެނުނު މަރުވެފައި އޮތް ބޯވަދިލަ މަސް މާރުކޭޓަށް ގެންދިޔުމުން އަޅުގަނޑުމެން ދިޔައިން އޭތި ބަލަން. ފޮޓޯ ވެސް ނެގިން. އެއަށް އުފެދުނު ޝައުގެއްގެ ބޮޑުކަމުން، އޭގެ މައުލޫމާތު އަޅުގަނޑުމެންނަށް ފުދޭވަރަކަށް ހޯދިފައިވަނީ،" އޭނާ ބުންޏެވެ.
އެ ޒުވާނާ ބުނިގޮތުގައި އެއީ ކާން ބޭނުން ކުރާ ޒާތުގެ މަހެއްކަން ޔަގީން ނުވާތީ އެ ބޯވަދިލަ މަސް ވިއްކައެއް ނުލަ އެވެ. އަދި މެރިން ރިސާޗު ސެންޓަރުން ފޯނު ނުނަގާތީ، މިހާރު ގަނޑުކޮށްފައި އޮތް އެ މަސް އެތަނަށް ފޮނުވޭ ގޮތް އަދި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މަސްވެރިންގެ ބަޔަކު ބޭނި ދިގު ބޯވަދިލަ މަސް: މިއީ މި ބާވަތުގެ މަހެއް ބޭނި ފުރަތަމަ ފަހަރު
އެ ގުރޫޕުން ވަނީ މިހާތަނަށް ބޭނި އެންމެ ބަރު ތުތިބޯވަދިލަ މަސް ވެސް ބާނއިފަ އެވެ. އޭގައި 18 ކިލޯ ހުއްޓެވެ. އެންމެ ފަހުން ކުރި ދަތުރުގައި ފަސް ބޯވަދިލަ މަސް ބާނާފައިވާއިރު ބަރުދަން އުޅެނީ 14-18 ކިލޯއާ ދެމެދުގަ އެވެ. ކިލޯއެއް 180 ރުފިޔާގެ މަގުން އެ މަސްތައް މިހާރު ވަނީ ވިއްކާ ވެސް ލައިފަ އެވެ. އެ އަގަށް ބަލާއިރު އެންމެ ރެއަކުން އެ ގްރޫޕަށް މަދުވެގެން 12،600 ރުފިޔާ ލިބޭނެ އެވެ.
"ހަގީގަތުގައި މިއީ ކުރަން ވަރަށް ރަނގަޅު އަދި އާމްދަނީ ލިބޭ މަސައްކަތެއް. ކުރިން އާއްމުކޮށް އަޅުގަނޑުމެން ބާނަނީ ރެއަކު ދެ ބޯވަދިލަ މަސް. އެކަމު އެރޭ ބޭނުނު ފަސް މަސް،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުބޭދާ މަސްވެރިޔާ
04 May 2019
ތިީ ވަރަށް ގިނައިން ލޭން ބޯޓު ފަހަރުން ބާނާ އެޗެއް
ކަށިކެޔޮ
03 May 2019
ލިޔުންތެރިޔާއެވެ، ޓެބްލޮއިޑް ނޫސް ތަކުގައި ގޮސިޕް ކޮލަމް ލިޔާ ގޮތަށް ހަބަރު ލިޔަނީ ކީއްވގެންތޯ އެވެ. ފުރަތަމަ 4 ޕެރެްރާފު ކިޔާ ނިމުނު އިރު ސުރުހީ ގެ އިތުރުން ފެނުނީ 24ފޫޓާއި 2005 ވަނަ އަހަރުގެ ވާހަކަ އެކަންޏެވެ.
ސާބަސްފުޅު
02 May 2019
ޢެކަމަކުވާ ބަޔަކަށް ތާއީދުކޮށް ޕްރޮމޯޓް ކުރަން އުޅުނަސް ތިޔައީ ބޮޑުވަރު ތިޔަ ބޯވާދިލަމަސް ބޭނޭތޯ މީގެ އަހަރެއްހާ ދުވަސް ކުރިން ރިސާޗް ޖަޕާން ބަޔަކު ލައްވައި ކަނޑުއޮތްގިރީގައި މިފްކޯގެ އުޅަނދެއްގަ ތިކަންކޮށް މެރިންރިސާޗް އޮފިސަލް ޓްވީޓަރގަ ބޭނި ބޯވާދިލަމަސްތަކުގެ ފޮޓޯވެސް ޖަހާފަހުރި. ޕިސްޕިސް ހަމަ ސާބަސް ހިތްވަރު ކޮށްލާތި މިކޮމެންޓް ނުޖެހިޔަސް މެރިންރިސާޗް ވެބްސައިޓް ހިސްޓްރީ ބަލާލާތި އިނގޭ
ސްކޫބާ
02 May 2019
ސަރުކާރަށް ތާއިދުކުރިޔަސް ކަންކަމުގެ ތެދު ހާމަކުރިއްޔާ ކީއްވާނީ. ތުތިބޯވަދިލަމަހުގެ މަސްވެރިކަން ތައާރަފްކުރަން ހުރިހާ މަސައްކަތެކުރީ ނިމިދިޔަ ސަރުކާރުން. އާލާތާ ތަމްރީނާ ދިރާސާތައް. އެސަރުކާރުން ހުއިފިލަޑާ އާލާކުރުމާ ޑިގާއާލާކުރުމާ މިކަންތަ ފުރަތަމަކުރީ ދައުރުނިމުމަކާ ގާތްވެފައޮއްވާ ބޯވަދިލަމަސްވެރިކަން ފަށަންތައްޔާރުވީ. ކޮއްމެ ބަޔަކުކުރިޔަސް ރަގަޅުކަމެނަމަ އެކަމެކުރިމީހަކަށް ހައްގު ކްރެޑިޓްދިނުމަކުން ކޮބާ މައްސަލައަކީ. ޝައިނީގެ މަސައްކަތެމީ.
ރޯދަ
09 May 2019
ތީބުހުތާން ބޮޑު ދޮގެއް.
ކަނބަލުން
02 May 2019
އިހޫ އަށް. ބޯވަދިލަމަސް
ހާސް
02 May 2019
މީ ވަރަށް އަގުބޮޑުކޮށް ހުޅުމާލެ ބީޗްގައި މިހާރުވެސް ފިހެގެން ވިއްކާ އެއްޗެއް. ވަރަށް ތުނިކޮށް އަދި އިނގިއްޔެއްގެ ދިގުމިނުގެ އެތިކޮޅެއް ފަންސަވީހސް ރުފިޔާއަށް އެމީހުން ވިއްކަނީ
ތަފާތު
02 May 2019
ތަފާތު އެއްޗެއް. މިއީ މާ ބޮޑަށް އަޑީގަ އުޅޭ ސްކުއިޑްއެއް. ތިކިޔަނީ އާދައިގެ ސްކުއިޑް ނޫނީ ކަޓްލް ފިޝް.
ދޮންމަނިކެ
02 May 2019
މިކަހަލަ އެއްޗެއްވެއްޖެއްޔާ ހިމާއަތެއް ނުކުރާނެ އިންސާނުން ކައި ހަމަލަދޭ މިއަރު ހިމާއަތްކުރެވިފަ މިހާރު އެއެއްޗިއްސާހެދި ފީނާލާން ނުކެރެ
ރައްނަމާރި
02 May 2019
އިންސާނުންނަކީ މިޔަރަށްވުރެ ނުރައްކާ އެއްޗެއް. މިޔަރަކީ އިންސާނުންނަށް ހަމަލާދޭއެއްޗެއްނޫން. މިޔަރު ހަމަލާދެނީ އޮޅިގެން.
ބޯވަދިލިމަސް
02 May 2019
ބޯވަގެ ފަޔަށް ކިޔަނީ ޓެންޓަކަލްސް އެހެންވީމަ ބޯވާގެ ފައިގަހުރި ޓެންޓަކަލްސް އޭކިޔައިފަ ލިއުނީމަ ހަމައެއް ނުޖެހޭ
މަގުފުޅާޓިނު
03 May 2019
ބަދިގެ ކަބަޑުގަ ހުރި ކުކިންއޮއިލް ތެޔޮފުޅީގެ ވާހަކަ ބުނާހެން ދެއްތޮ.
ހުސީނާ
02 May 2019
މަގޭހިތަށް އަރަނީ ބާނާފައި ބޭނުންނުކުރާނަމަ އަނެއްކާ ކަނޑަށް ދޫކޮށްނުލީ ކީއްވެބާއޭ.
ބޯވަ
02 May 2019
1000 މީޓަރު އެއީ ވަރަށް އަޑި. އެހާ ބޮޑަށް އަޑީގައުޅޭ ބައެއް އެއްޗިހި މައްޗަށް ގެނައިމަ ޕްރެޝާރ ޑިފަރެންސްގެ ސަބަބުން ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރޭ. ބައެއް އެއްޗިހި ހުންނާނީ މަރުވެފަ ނޫނީ މަރުވާން ކައިރިވެފަ.
ސަމްސާ
02 May 2019
މިސަރުކާރުންނެއްް ނޫން... ޔާމިން ސަރުކާރުން. މިސަރުކާރަށް ކުރެވޭނީ އޭނަ ފަށައިފަ ހުރިކަންތައް. 5 އަހަރު ފަހުން ލާރިކައިގެން ބަނޑުފުރައި ފައިބާ، ފާހާނަ ކޮށްލައިގެން އަޑުގަދަ ހިފައިގެން މަގުމައްޗައް
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
02 May 2019
ސަމުސާ ހާދަހާ އަނގަ ހަޑިކޮށް.ކިތަންމެ އަސަރެއް ކުރިޔަސް މާތްﷲގެ އިރާދަފުޅުން ދުވަހަކުވެސް ދިވެހިރާއްޖޭގެ ވެރިމަށް ޔާމިނު ކިޔާ ބޭފުޅަކު ގެނައުމަށް ތިދެކޭ ހުވަފެން އެއީ ބިލާހަކަށް ވާނީ... ރާއްޖޭގެ ޒުވާންޖީލުތައް އެދަނީ މުޅިދުނިޔެއަށް ތަޢުލީމީ ގޮތުން ނަމޫނާދައްކަމުން.ޔުނިވަރސިޓީތަކުގެ ޕުރޮފިސަރުން ސުވާލުކުރޭ ކީއްވެހޭ ދިވެހިކުދީން މިހާ ބުރިލިއަންޓު ވަނީ.. ޔާމިނުވަނީ ގައުމު ބަނގުޜޫޓުކޮށް އެތަކެއް އިހުމާލުތަކެއްވެފައި. މިކަމުން އަރައިގަންނަންދުވަސްނ
އެފރ
02 May 2019
ފަޡުނާއެވެ. ޔާމީނާއި އައްނިޔާއި، މައުމޫނާއި ގާސިމް ވެރިކަމަށް ގެންނަން އަހަރެންވެސް އެއްބަހެއްނުވާނަން. އެ
ކަޒުނާ
02 May 2019
ޔާމީންގެ ދައުރުގައި އެ ކުރު މުއްދަތުގައި ކުރެވުނުހާ ބޮޑެތި ކަންކަމެއް އަދި މިހާތަނަށް އެހެން ސަރުކާރުތަކަށް ނެތް ކުރެވިފައެއް. އެމްޑީޕީން ފުރަތަމަ ވެރިކަމުގައިވެސް ފޭބީ ގައުމު ބަނގުރޫޓުކޮށްފައި އަދި މިހާރުވެސް އެއުޅެނީ ގައުމު ހިންގާނެ ގޮތެއް ނޭނގިގެން. ޔާމީނަށް ދެން ވެރިކަމަށް ނޭރުނަސް އެވެރިކަމާ އެއްވަރު ކުރެވޭނެ ވެރިކަމެއް އަދިއެއް ނެތް.
ޢަހަންމާ.
03 May 2019
ފަޒުނާ ހަމަހޭގަތޯ ތިހުރީ . ޢައްޑޫ ވީމަ ވާގޮތް ތީ.
ޢަބްދުﷲނާފިޒް
03 May 2019
ތިމައްސަލަ އެހާ އަވަހަށް ހައްލުނުވާނެކަން އިނގެޔޭ، މިބުނީ ހަޖަމުގެ މައްސަލައަށް ހައްލެއް ލިބެން ދުވަސް ކޮޅެއްނަގާނެ ވާހަކަ، އެއީ ގެއްލުނު އެއްޗެއްގެ ބޮޑުކަމުންކަންވެސް އެނގެޔޭ.