ކޯސްޓްގާޑުގެ އުޅަނދެއް: ޑިންގީއެއްގައި ޖެހިގެން ބިދޭސީއަކު ވަނީ މަރުވެފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
02 މެއި 2019 - 13:45
އއ. ހަލަވެލި ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީއަކު އެ ރިސޯޓުގެ ޑިންގީއެއްގެ ބުރަފަތީގައި ޖެހި މިއަދު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރިސޯޓުގެ ޑައިވިން ދޯނީގައި މަސައްކަތް ކުރާ 41 އަހަރުގެ ބަންގްލަދޭޝް މީހާ މަރުވީ، އޭނާ އެކަނި ޑިންގީގައި ނައްޓާލިތަނުން ފަހަތަށް ވެއްޓި، ބުރަފަތީގައި ޖެހިގެން ކަމަށެވެ. ބަންގްލަދޭޝް މީހާ ޑިންގީގައި ދިޔައީ ރިސޯޓުގެ ފައްތިޔަލުގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގައި ހުރި ދޯނި ކެޕްޓަން ބަލާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވި މީހާ ވެއްޓޭތަން ފެނިގެން މީހުން އެ ސަރަައްދަށް ދިޔައިރު ޑީންގީގެ ބުރަފަތީގައި ގަމީސް އޮޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 11:15 ހާއިރެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
03 May 2019
ކަނޑު އުޅަނދުފަހަރުގަ ބިދޭސީން ގެންގުޅުން މަނާކުރަންވީ ކިހާބޮޑު ކަމެއްމީ
ކެލް
02 May 2019
އަނެއްކާ ބިދޭސީން މަރުވުމުގެ މޫސުން ލައިގަތީތަ؟
ތިމާވެށީ
02 May 2019
ފުލުހުން ކުރާ ގިނަ ތަހުގީގު ތަކުގެ އެކަށީގެން ވާ މައުލޫމާތު ނޫސްވެރީންނާ ހިއްސާ ނުކުރެއެވެ. ނޫސްވެރީން އަހާ ލީމަ ބުނަނީ ތަހުގީގު ކުރާ ތީ އިތުރު މައުލޫމާތު ދެވެން ނެތް ވާހަކައެވެ. އެނިމުނީއެވެ. ދެން ހަބަރެއް ނުވާނެއެވެ.
ޅަބޭ
02 May 2019
ތީގަ ކުއްވެރިވާނީ ބުރަފަތި.
ހަގީގަތް
02 May 2019
ހަމަ ޔަގީނުންވެސް ޔާމީނުގެ ބޮޑާކަމާ ކިބުރުވެރި ކަމެއް އިބޫގެ ނެތް.. ހިތްތިރިކަމާ ސާދާ މިޒާޖު ފެންނަނީ.. ހިނިތުންވުމާއި އޯގާތެރިކަން ދައްކަނީ..
ބަނޫ
02 May 2019
ކަލާ ކޮށްޓަކައި މިގޮވަނީ ތީޤަވައިދާ ޙިލާފައް އުޅޭބަންގާޅިންނޭ ކަނޑުއުޅަދުފަހަރުގައި ތިމީހުންއުޅެން އޮތް އެއްވެސް ހުއްދައެއް ނޯންނާނެ ކޮޓަރި ޗެކްކުރާއިރު އޮރިޔާންކާޑް ހުރީމާ ވަކިމައްސަލައެއް ގޮތުގައި އެކަން ބެލޭ ދޯންޏާއި/ލޯންޗާއި ދެންޖެހުނު އެއްޗަކުން ބަންގާޅިންގެ މައްސަލަފެންމަތިވާ އިރު މިކަންކުރުވާ ފަރާތް އެއީ ކާކްތޯވެސްބަލާ ނުލާ ކަފުންކޮށްފަ މަރުވާމީހާ ވަޅުލަނީ މީއަޅެކޮންފާޑްބަޔެއް އުޅޭސަރުކާރުތަކެއް؟؟؟
ބްރޯ
02 May 2019
ކާއްޓެއް ވެއްޓުނަސް ތީންމީހެއްގެ ބޮލުގަނުޖެހި އެހެންތާކު ނުޖެހޭނެ
ހިގޮ
02 May 2019
އެހެންވެ އަހަރެމެން ނަށް ސުކޫލް މުގައްރަރު ގޯސް ނުވަނީ ތި އޮތީ ގޯހުން ގޯސްނުކުމެފަ ބިދޭސީން ލައްވާ ކަޑުއުޅަދު ނުދުއްވޭނެ އެޢީ މަނާ ކަމެއް ކަމަށް ގާނޫނު ބުނޭ...ސިފައިންނަށް ބެލުނުތޯ ޕޮލިހުން ނަށް ބެލުނުތޯ ޓޫރިޒަމް މިނިސްޓްރީ އަށް އެގުނުތޯ...ހަމަތިގޮތް މާލޭގެ ފިހާރަތަކު ވެސް ސޭޓުންނަށް ބޮންދުން އިމްރާން ވިދާޅުވަނީ ފަރުދުން ޒިންމާ ނަގާށޭ.
ގެރީބެއްލޯ
02 May 2019
ހާދަ ޚާދިސާއެކޭދޯ. މީ މިވެރިކަމުގެ މައްސަލައަކަށް ވެދާނެބާ. މީހުން ބުނާ އަޑުއިވޭ މާ ސުންޕާ ވެއްޖެއްޔާ މިކަހަލަގެ ކަންކަންވުން ވެސް އެކަށީގެން ވެޔޭ