ޚަބަރު / މޯލްޑިވްސް މީޑިއާ ކައުންސިލް

ބްރޯޑްކޮމް އަށް ބޮޑު ބަޖެޓް، އެމްއެމްސީގެ ހާލަތު ދަށް: ހިދާޔަތުﷲ

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން އެމްއެމްސީން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް ހިދާޔަތުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

"ފިލައިގެން ތިބެ" ކަންކަން ކުރާ ބްރޯޑްކާސްޓިން ކޮމިޝަނަށް ބޮޑު ބަޖެޓެއް ދޭ އިރު އެއަށް ވުރެ ގިނަ ޒިންމާތަކެއް އޮންނަ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މާލީ ހާލަތު ވަރަށް ދަށް ކަމަށް، ކައުންސިލްގެ ރައީސް ހިދާޔަތުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން އެމްއެމްސީން އާޓް ގެލެރީގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ހިދާޔަތުﷲ ވިދާޅުވީ "ކަރަންޓް ބިލް ދައްކާލާނެ ފައިސާ [ވެސް] ނެތް" ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް "އިމެއް ނެތް މިންވަރަށް ބަޖެޓް ހަމަޖެހިފައި އޮންނަ" ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރޯޑްކޮމަށް ވަރަށް ބޮޑަށް ފާޑުކިއުއްވަމުން ހިދާޔަތުﷲ ވިދާޅުވީ މީޑިއާ މޮނީޓާކުރަން ދައުލަތުން ބޮޑު ކޮމިޝަނެއް ހިންގާއިރު ބޮޑު ޒިންމާ އޮތީ މީޑިއާ ކައުންސިލުގައި ކަމަށެވެ. އަދި މާ ބޮޑު ޒިންމާއެއް ނެތި މުހިއްމު ދަނޑިވަޅުތަކުގައި ފަރުދާވެގެން ތިބެ ނޫސްވެރިންނަށް ގޮންޖަހާ ބަޔަކީ ކޮމިޝަންގެ މެމްބަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިދާޔަތުﷲ ވިދާޅުވީ އެމްއެމްސީއަށް ހުރި ކަންބޮޑުވުންތަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރުމުން ސަރުކާރުގެ ތެރެއިން ފަސޭހަ ގޮތްތަކެއް ހަދައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށެވެ.

ނޫސްވެރިކަން އެހެން ހަރުފަތަކަށް ގެންދަން އަގުވަޒަންކުރަން ޖެހޭ

ނޫސްވެރިކަން އެހެން ހަރުފަތަކަށް ގެންދާ ނަމަ އެމީހުންގެ އަގުވަޒަންކޮށް، ދާއިރާގެ ހަގީގަތް ދެނެގަނެ، އިތުރަށް އެހީތެރިވެވޭނެ ގޮތްތައް ހޯދައި ބަލަން ޖެހޭ ކަމަށް، މިދިއަ އަހަރު ފަހުކޮޅު އަލުން އެކުލަވާލި އެމްއެމްސީގެ ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ނޫސްވެރިން ތަމްރީންވާން އިތުރު ފުރުސަތުތައް ތަނަވަސްވާންކޮށްދިނުމާއި މިހާރަށް ވުރެ ބޮޑު ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ދިވެހި ނޫސްވެރިކަމަށް ވަރަށް މުހިއްމު ކަންތައްތަކެއް. އެހެން ނޫނީ މި ދާއިރާގައި ގިނަ ދުވަހު ހަރުލާފައި ތިބޭނެ ބަޔަކު ނެތް ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރުން އޮތީ ދުރުގައެއް ނޫން،" ހިދާޔަތުﷲ ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން އެމްއެމްސީން ރޭ ބޭއްވި ރަސްމިއްޔާތަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް، ބައެއް ނޫސްވެރިންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތު ވެއްޓެމުން ގޮސް މިހާރު 22 ދަރަޖައިގެ ކުރިއެރުމެއް، ރިޕޯޓާސް ވިތުއުޓު ބޯޑާސްގެ އިންޑެކްސްގައި ލިބުނީ ރާއްޖޭގެ ނޫސްވެރިކަން ނައްތާލަން ކުރީގެ ސަރުކާރުން ހެދި އަބުރުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުވާލެއްވުމުން ކަމަށެވެ.

ނޫސްވެރިކަމުގެ ފަސޭހައަކަށް އަބުރުގެ ގާނޫނު ނަގައި އެއްލައިލިއަސް ބައިނަލްއަގުމާވި އުސޫލުތަކުގެ ތެރެއިން ޒިންމާދާރުކަމާ އެކު ނޫސްވެރިކަމުގެ މަސައްކަތް ބައްޓަންވެގެންދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިވަން ނޫސްވެރިކަމެއް ނެތް ތަނެއްގައި ޑިމޮކްރަސީއެއް ނޯންނާނެ. އެހެން ނަމަވެސް އޭގެ މާނައަކީ މިނިވަންކަމަކީ ހައްދެއް ނެތް، ހިފެހެއްޓުމެއް ނެތް މިނިވަންކަމެއް ނޫން،" ހިދާޔަތުﷲ ވިދާޅުވި އެވެ.

"އެ މިނިވަންކަމުގެ މާނައަކީ ސަރުކާރުގެ ނުފޫޒު ނެތި ނުވަތަ ބާރުގަދަ ވަކި ފަރާތެއްގެ ނުފޫޒެއް ނެތި ނޫސްވެރިކަން ކުރުން. ހަގީގަތްތައް މީހުންނާ ހަމައަށް ގެނެސްދިނުން. އެ ގެނެސްދޭ މައުލޫމާތަކީ ދީނީ ވަހުދަތު ގެއްލިގެންދާ ނުވަތަ ގައުމުގެ މަސްލަހަތު ގެއްލޭ ނުވަތަ އަމަންއަމާންކަމަށް ގެއްލުންވާ ނުވަތަ ޝަހުސިއްޔަތެއްގެ ފަރުދީ މިނިވަންކަން ގެއްލިގެންދާ މައުލޫމާތަކަށް ވެގެން ނުވާނެ. އޭގެ ބަދަލުގައި އެ މައުލޫމާތަކީ ރައްޔިތުންގެ ޝަރަފާއި ގަދަރު އުފުލިގެންދާ މައުލޫމާތަށް ވެގެންދާން ޖެހޭނެ."

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން އެމްއެމްސީން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ފަރުސަތު (ކ) އަދި ކައުންސިލްގެ މެމްބަރު ޝިފްޒާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި މިހާރު ވެސް 180އާ ގާތްކުރާ އަދަދަކަށް ނޫސް މަޖައްލާ ނެރެމުން އަންނައިރު އެ ހުރިހާ ބަޔަކަށް ދިމާވާ ކަންކަން ބަލައި މޮނިޓާކުރަން ގިނަ ގޮންޖެހުންތައް ހުރިކަން ހިދާޔަތުﷲ ފާހަގަކުރެއްވި އެވެ. އެގޮތުން މިހާރު ހުރި ދަތިތަކުން މިސާލު ނަންގަވަމުން އޭނާ ދެއްކެވީ ނޫސް މަޖައްލާ ރަޖިސްޓްރީކުރަން ހޯމް މިނިސްޓްރީއަށް އޮތް ބާރުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުން އެހެން ބަޔަކަށް ދިނުން ފަދަ ކަންކަމުން ވެސް ބައެއް ފަހަރު މީޑިއާ ކައުންސިލްގެ މަސައްކަތްތަކަށް ނޭދެވޭ އަސަރު ކުރެ އެވެ.

އޭގެ އިތުރުން އެމްއެމްސީގެ މަސައްކަތްތައް ހަލުއިކޮށް ކުރިއެރުވޭނީ އެ ކައުންސިލްގެ މެމްބަރުންނަކީ ފުލްޓައިމް ބަޔަކަށް ހަދައިގެން ކަމަށް ވެސް ހިދާޔަތުﷲ ވިދާޅުވި އެވެ.

4 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިމީހާގެ ދަރި

05 May 2019

ތިޔައީ ހައްތާވެސް ބޭކާރު ތަންތަން. އުވާލަންވީ.

The name is already taken The name is available. Register?

ޛާދު

04 May 2019

ތީ ބަޔާން ނެރޭތަނެއް. ޢިތުރަށް ދޭނެ ކަމެއް ނެތް

The name is already taken The name is available. Register?

އުދުހޭ

04 May 2019

ކޮބާ ޝަހީބު ބޭރުކުރަނީ ކޮންއިރަކުން؟؟؟

The name is already taken The name is available. Register?

ނަސަންދުރާ

04 May 2019

ބުރޯޑު ކޮމް ގަ ޝަހީބް ބަހައްޓާފަ ޝަހީބް ވެސްމަގު ޗާރޓެއް ހަދާ ބުރޯޑުކޮމް އިސްލާހް ކުރަން ބަހައްޓާ ފަސްއަހަރުން ބޮރޯޑުކޮމް ހުއްނާނީ ހަމަމަގައްއެޅިފަ !

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454