ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުޑަކުއްޖަކާއެކު: ކުޑަކުދިން ރައްކާތެރި ކުރުމަށް ހާއްސަ ގާނޫނެއް ހަދަނީ--
10 މެއި 2019 - 13:58
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއް ފާސްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ދިވެހި ކުޑަކުދިންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އެކަމަށް ހާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިހާރު ވެސް ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހާއްސަ ގާނޫނުތަކެއް ހަދާފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ޖިސްމާނީ އަނިޔާތަކުން ސަލާމަތް ކުރުމަށް ހަދާފައިވާ ގާނޫނުތައް ހިމެނެ އެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ ދިވެހި ކޮންމެ ކުއްޖަކީ ވެސް، ޅަފަތުން ފެށިގެން އާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުދިންކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު މަގުސަދެއް ކަމަށެވެ.
"ތުއްތު ކުދީންގެ ސިއްހީ ދުޅަހެޔޮކަމާއި ޖިސްމާނީ ހަށިހެޔޮ ކަމަށް، ހެޔޮ ބަދަލުތަކެއް ގެނެސްދޭންޖެހޭ. އެ ކުދީންނަށް ހެޔޮލަފާ ތަރުބިއްޔަތެއް ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތައުލީމީ ނިޒާމުގެ ތެރެއިން، ކުޑަކުދިންގެ ސިއްހަތު ބެލޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ވެސް ބޮޑު އިސްކަމެއް ދީގެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
"ސިއްހަތަށް ގެއްލުންހުރި ތަކެއްޗާއި ސިއްހަތަށް ނުރަނގަޅު ތައްޔާރީ ކާނާގެ ބާވަތްތަކާއި ތުއްތު ކުދިން ދުރުކުރުމަށް ކޮންމެ ބެލެނިވެރިއަކު ވެސް އެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ފަހުރުވެރި އާއިލާއެއް ބިނާ ކުރެވޭނީ އިސްލާމްދީނުގެ އަގީދާގެ މަތީގައި ތުއްތު ކުދިން ތަރުބިއްޔަތު ކުރެވިގެން ކަމަށެވެ. އެގޮތުން ބައިބައިވުމުން ދުރުވެ، އެކުވެރިކަމާ އެކު ލާމެހިގެން އުޅުމުގެ ވިސްނުން އަށަގެންނުވޭނީ، އިސްލާމީ ތަރުބިއްޔަތު ދަރިންގެ ކިބައިގައި އަށަގަންނުވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނުއެދުރ
11 May 2019
25 އަހަރު މަޖްލިސްގަ ނިދިކުރައްވާފަތޯ އިންނެވީ؟. ގާނޫނު މަދުވެގެންތޯ ދިގުމުއްދަތައް ޖަލައްލާފަތިބިމީހުން ރޯދައިގެކުރިން ދޫކޮއްލީމަ ފޭރެމުންނާ ލޫޓުވަމުން އެދުވަނީ.
ލކއވ
10 May 2019
ތިޤާނޫނު ޑްރާފްކުރަން ކޮމެޓީއެއްހަދާ އެކޮމެޓީގެ ރައީސަކަށް ހޯރަ އިއްބެ ހަމަޖައްސާ. އޭރުން ހުއްނާނީ ރަނގަޅަށް ކުޑަކުދިންގެ ހައްޤްތައް ހިމާޔަތް ކުރެވިފަ.
ގާނޫނު
10 May 2019
25 އަހަރު މަޖިލިހުގަ އިން އިރު ކީއްވެ ނުކުރީ؟ ފާހަނގަ ކުރާ ކޮންމެ ދުވަހަކާ ގުޅޭ ގާނޫނު ހަދަން ހަމަ ޖެހޭތޯ؟ މިއުޅެނީ ގާނޫނު ނެތިގެނެއް ނޫން. އެތަންފީޒު ކުރަނީ ކުލައަށް ބަލއިގެން. އެއީ މައްސަލައަކީ... ގާނޫނެއް ނޫން.
ޙިނި
10 May 2019
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރެވޭނީ މީސްމީހުންނައް ގެދޮރު ދީގެން، މުސާރަ އޮތް ގޮތައް 20- 30 ހާސް ކުއްޔައް ދެއްކީމަ މުއްސަންދިންގެ ދަރިންގެ ހައްހުތައް އެ ރައްކާަތެރިކުރެވެނީ
ޞަހި
10 May 2019
ހޯރަ އިއްބެ ކޮބާ؟
ނުހޮވުނުމެންބަރު
10 May 2019
ކުޑަކުދިން ހައްގުތައް ރައްކައުތެރި ކުރެވޭނީ މައިން ބަފައިންގެ ހައްގުތައް ރައްކައުތެރި ކޮަށްގެންނެވެ މައިންބަފައިންގެ ހައްގުތައް ރައްކައުތެރި ކުރެވޭނީ ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލް ކުރެވިގެންނެވެ އެކިކަހަލަ ބޯޑުތައް ރައީސް އިބްރާހީމް އުފައްދަވާއިރު ތަކެތީގެ އަގު ކޮންތްރޯލްކުރާ ބޯޑެއް އުފައްދަވާކަށް ނުކެރެއެވެ އެ ނުކެރެނީ ވިޔަފާރިވެރިން ނުރުހިދާނެތީ އެވެ
ޥަހިދު
10 May 2019
ތީ ކަލެޔާ ބެހޭކެއް ނޫން މީ އަހަރުމެންގެ ދަރިން
ނުވާނެއޭ
10 May 2019
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހާއްސަ ގާނޫނެއް ހަދައިގެން ރާއްޖޭގައި އެކަން ހައްލު ނުކުރެވޭނެއޭ ސަބަބަކީ ރާއްޖޭގައި ގާނޫނު ތައް ތަންފީޒު ކުރަން ތިބޭ މީހުންނަށް ރާއްޖޭގެ ގާނޫނު ތައް ރަނގަޅަށް ނޭގުމޭ އިހަށް ދުވަހު ބަންގާޅު މީހަކު މަރާލީ އެއި އޭނާ ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބޯޓެއްގައި މަސައްކަތް ކުރަނި ކޮށް އެކަމަކު އެބޯޓްގެ ވެރި ފަރާތަށް އެއްވެސް ޕަނިޝްމެންޓެއް ނާދޭ ދޯ އުސޫލެއްގެ ގޮތުން އެބޯޓް ދުއްވަން ހުއްދަ ދީގެން ވެސް
ހަމްދަރުދީ
10 May 2019
ތިޔަ ގާނޫނުހަދާއިރުގަ ވަރައްބޮޑައް ވިސްނަންޖެހޭނެ ކަމެއް އެބައޮތް އެކަމަކީ ކުޑަކުދިންބޭނުންކޮއްގެން އެކުދިންލައްވާ މަސްތުވާތަކެތި ވިއްކުވާ އެކުދިންބޭނުންކޮއްގެން މާރާމާރީ ހިންގުވާމީހުންނަކީ ވެސް ކުދަކުދިންނާ ބެހޭކުށުގެ ރެކޯޑައްއަރުވާ ހަމަ އެއަދަބު ދޭންޖެހޭމީހުން ކަމައް ކަޑައެޅުން ....ސުކުރިއްޔާ
ބަތްކައްކާ
10 May 2019
ހާދަ މާނައިން ފުރިގެންވާ ފޮޓޯއެކެ. މިއީދޯ ރޯލްމޮޑެލް ޚިޔާރުކުރެވެ ކަހަލަ ވަގުތުތަކަކީ.