މާލޭގައި ބާވެ ހަލާކުވަމުންދާ އިމާރާތެއް: ސިޓީ ކައުންސިލުން އަންނަނީ މިފަދަ މައްސަލަތައް ބަލަމުން. މިހާރު/ ފައިލް ފޮޓޯ
11 މެއި 2019 - 21:27
މާލޭގައި ބާވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ އިމާރާތްތަކުގެ ކަންކަން ސިޓީ ކައުންސިލުން އަންނަނީ ބަލަމުން ކަމަށާއި އެފަދަ ތަންތަނުގެ ޝަކުވާ ރައްޔިތުން ރަސްމީކޮށް ހުށަހެޅުން މުހިއްމު ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މާލޭގައި ބާވެ، ބޮލަށް ވެއްޓެން ކައިރިވެފައިވާ ބައެއް އިމާރާތްތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މީހުން އަންނަނީ ހިއްސާ ކުރަމުންނެވެ. އެފަދަ އިމާރާތްތަކާ ބެހޭ ގޮތުން "މިހާރު"އާ ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ އެފަދަ ބައެއް ތަންތަނުގެ ވެރިންނާ މިހާރު ވެސް ވާހަކަ ދައްކާފައިވާ ކަމަށާއި ދައުލަތަށް ލިބިފައިވާ އެފަދަ ތަންތަނުގެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އާއްމު ފަރުދުންގެ ގޭގެއާ މެދު ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށާއި އެފަދަ ތަންތަނަށް ގޮތެއް ހެދުމަށް ގާނޫނެއް ބޭނުންވާ ކަމަށެވެ.
"ވެށިފަހި މާލެ ޕްރޮގްރާމާއި އެނޫން ގޮތް ގޮތުން ދައުލަތާ ހަވާލުކޮށްފައިވާ ބައެއް ތަންތަން އެބަހުރި. އެފަދަ ތަންތަނުގެ މައްސަލަ ހައްލު ކުރަން އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. އެކަމަކު އާއްމުންގެ ގޭގެ އަށް އަޅުގަނޑުމެންނަށް ގޮތެއް ނުހެދޭނެ. އެކަން ކަމަށް ގާނޫނުތައް ބޭނުންވޭ. އެ ގާނޫނުތަކުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ކުރާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ ބާ އިމާރާތްތަކުގެ މައްސަލަތައް ރަސްމީކޮށް ބެލުމަށް ޓަކައި ރައްޔިތުން އެފަދަ މައްސަލަތައް ރަސްމީކޮށް ރިޕޯޓް ކުރުން ވަރަށް މުހިއްމު ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން ބަލާނީ ރަސްމީކޮށް އަންނަ ޝަކުވާތައް އެކަނި ނޫން ކަމަށެވެ.
Samaalukamah!
— Mohamed Hashim (@mhaashim) May 11, 2019
Mi imaaraathuge structure evanee baave veeraanaavefa!! Mee aammunnah huri nurahkaleh! Rakkaatheri kamuge fiyavalheh naalhaifinama bodu gehlumeh vumakee ekasheegenvaa kameh! @MaleCitymv @AslamAslamtey @etna295 @PoliceMv @MNACI_Maldives pic.twitter.com/pf5d7lZbLR
"ވަރަށް މުހިއްމު ކަމެއް އެފަދަ ތަންތަނުގެ ޝަކުވާ ރަސްމީ އުސޫލުން ރައްޔިތުން ރިޕޯޓްކޮށް ދެއްވުމަކީ. އެކަމަކު އެގޮތަށް ހުށަނާޅާ ތަންތަނުގެ މައްސަލަ ނުބަލާނެ އެކޭ ނޫން،" ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ ބާ އިމާރާތްތަކުގެ މައްސަލަ ހައްލު ކުރުމުގައި ގާނޫނެއް ނެތުމުގެ އިތުރުން ވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ބައެއް ތަންތަނުގެ ވެރިންނާ މުއާމަލާތް ކުރުމުގައި ދަތިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ތަންތަނުގެ ވާހަކައެއް ނޫން އެކަމަކު ބައެއް ތަންތަނުގެ ވެރިން ނުވެސް އުޅޭ މާލެއަކު، ދެން އެބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ކުރުން ވެސް މި އޮންނަނީ ވަރަށް ދަތިކަމަކަށްވެފައި،" ޝިފާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮންޑު
12 May 2019
މެޑަމް މޭޔަރ ވެރިފަރާތުގެ މާލީ ހާލަތު ދައްވުމުގެ ސަބަބުން ތަޅާ ނުލެވިފައި ހުރި ތަންތަން ސަރުކާރުން ތަޅާލަދެވޭނެ ގޮތް ހައްދަވާދެއްވަންވީ ނޫންތޯ
ޙިނި
12 May 2019
ކޮބާތަ މަގުތައް ކާނުތަކުގެ ހާލަކީ، ކިތައް ކިލޯ މީޓަރު މަގު މަރާމާތު ކުރެވިއްޖެތޯ، ކިތައް މަގުގެ ކާނުސާފު ކުރެވިއްޖެތޯ. ޢެމްޑީޕީ މުޒާހިރާ ތަކައް ނުކުންނަގޮތައް މަގުތަކުގެ ހާލަތު ބަލާލަން ހިންގާލަން ނުކުންނާނީ ކޮންދުވަހަކުންތޯ
އަހްމަދު
12 May 2019
މިހާރު ކޮންމެ ރެއަކު މާލޭގެ އެކިހިސާބުތަކުގައި މާލޭ ސިޓީކައުންސިލުން ހުއްދަދީފާ ޖަހާފާ ހުންނަ ބޯޑެއް ބަހައްޓާގެން ކޭބަލް ޖަންކްޝަންތަކުގެ މަތިނަގާގެން މަސައްކަތްތަކެއްކުރޭ. މިކަންކުރަން މިތިބެނީ މުޅިންވެސް ބޭރު މީހުން. އެއްވެސް ދިވެއްސެއް ނުފެނޭ. މީންތާކުއަލިކަމެއްވެސް ނުހުރޭ. މަގުބައްތިންވާއަލިކަމެއްވަނީ. މަސައްކަތްނިންމާ އެތަނުން ނެގިގާތައް އަތުރާއިރު 5، 6 ގާ އެބަ ބާކީވޭ. ތިޔަބުނާ މޭޔަރު މިކަންތައް ނުބަލަނީ ޝަކުވާނުކުރާތީތޯ؟ ކޮބާތޯޒިންމާއަކީ.
ޙަބީބު
12 May 2019
އިމާރާތުގެ ވެރިންނާ ގުޅޭނެ ގޮތެއް އެބައޮތް ފެނާކަރަންޓާ ކަނޑާލާ މީހުންގެ ފުރާނަޔާ މުދަލައް ގެއްލުންވާފަދަ އިމާރާތްތައް ކުއްޔައްދީފަގޮސް ޔޫކޭ ސިންގަޕޫރުގަ ފިލާހުރެވިގެންނުވާނެ ވަކިމުވައްސަސާޔަކައް އަހަރަކު އެއްފަހަރު އިމާރާތުގެ ހާލަތު ބަޔާންކޮއް ގޯތީގެ ވެރިން ބަޔާން ހުށައަޅަންޖެހޭ މީހުރިހާމީހުންގެ ވެސްރައްކަލަކައް ކަމެއްވީމަކާނޫން ކަފިހުރަސް ފެންނަން ޖެހޭނިއްޔެއް
މޭރުދައިތާފާނު
12 May 2019
މާލޭގެ ކާނުތައް ސާފެއް ނުކުރޭވސާފުކުރަން ތިބި މަސއްކަތު މީހުން ތިބީ ބްރިޖްކައިރީ ފަސްބާޑި ޖަހަން ގެންގޮސްފަ ކޮންމެ ކަމަކަށް ޝަކުވާ ހުށަހަޅަންދެން ތިބޭކަށް ބުޖެހޭ ފީލްޑް އޮފިސަރުން ލައްވާނީ އެމީހުން ކޮބްމެ ދުވަހަކުވެސް ވަކި ސަރަހައްދެއް ބަލާ އޮފީހަށް ރިޕޯރޓް ކުރާނީ ޒަމާން ދެކެ ލަދުން ނޫޅުއްވާ ކަންކަމާ ކެރިގެން ކުރިމަތިލާ މީހާ ގެނެސް ރިޕޯރޓެއް ކުރީމަ ގެނައީ ކަމަށް ބުނުމުގެ ބަދަލްގަ މިތަނުން ބެލި ބެލުމުން ފާހަގަވީ ކަމަށް ބުނާނި
ކުކުޅުމޭރު
12 May 2019
އޮއްހޯ ހާދަ ގަޔާދުރު ޖަވާބެކޭ އަވަށުކައުންސިލާ ރަށުކައުންސިލްތަކުން ހުށަހަޅަންދެން ތިބޭކަށް ނުޖެހޭ ރައްޔިތުންގެ ސަލާމަތާ ރައްކައުތެރިކަމަށް ޢާއްމު އިޖްތިމާޢީ މިންގަނޑުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ މުނިސިޕަލް ކަންތަށް މާ ދަށީ ދާދިފަހުންވެސް މުސާރައަށް ވަނީ ހެއު ބަދަލެއް ގެނސްދީފަ މަސައްކަތުން އެފެންނަން ޖެހޭ
އަޒްނާ
12 May 2019
ކީއްކުރަން ހުށައަޅާ ޝަކުވާއެއް.. ބާ އިމާރާތް ހުރީ ސަރުކާރުގަ.. އެތަންތަން ރަނގަޅުކުރަން އަދިވެސް ރައްޔިތުންތަ ޝަކުވާ ކުރަންވީ.. ޒިންމާ ކޮބާތަ..؟
ރަންދެލި
12 May 2019
ހުރަވީ ބިލްޑިންގް އާއި ގާޒީ ބިލްޑިންގް ނުފެންނަނީ އެއީ ދައުލަތުގެ ތަންތަނަށްވެފާ އެ ދެ އިމާރާތުގަ ސަރުކާރުގެ އޮފީސް ތައް ހިނގަމުން ދާތީ ތޯ؟
ihaaru.
12 May 2019
ރުއްބުޑެއްގާވެސް ކެމެރާ ހަރުކުރެވިއްޖެޔާ ނިމުނީދޯ!
އާރީ
12 May 2019
ސިޓީކައުންސިލަކީ ހުސް ފޮނިބައިސާ ކަޑާތަނެއް. ތިމާ މެންނަށް ނުކުރެވޭ ވަރަށް ކަންކަން ކުރަށް އުޅެނި އެއްވެސް ކަމެއް ނިމެނީއަކީ ނޫން. ކޮބާ ކޮންމެ ހޮނިހިރަކު ނަގަށް ބުނި ފެލެޓްތައް. މިހާރު މުޅި މާލެ ފުރިއްޖެ ފެކަޓުން