ތ. ވަންދޫ: އެ ރަށުގައި ކަރަންޓް ދެމުން އައި ދެ ޖަނަރޭޓަރު ވެސް ވަނީ ހަލާކުވެފައި.
12 މެއި 2019 - 23:44
ތ. ވަންދު އަށް ކަރަންޓު ދޭ ޖަނަރޭޓަރުތައް ހަލާކުވެ، މުޅި ރަށުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.
ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން އެ ރަށުގައި ކަރަންޓެއް ނެތް ކަމަށެވެ. އެ ރަށަށް ކަރަންޓް ދެމުން އައި ދެ ޖަނަރޭޓަރު ދެން ހެދޭނެ ދުވަހެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަންދޫގައި ކަރަންޓް ދެމުން އަންނަނީ ފެނަކަ އިންނެވެ. އެ ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ފެނަކަ އަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަރަންޓުގެ ޚިދުމަތުގައި މައްސަލަ އުޅޭ ކަން ރޯދަ މަހުގެ ކުރިން ފެނަކަ އާއި ކަމާ ބެހޭ ފަރާތްތަކަށް އަޅުގަނޑުމެން އެނގިން. މައްސަލަ ބަލަމުން އަންނަ ކަމަށް އޭރު ބުނި،" ގިޔާސް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 400 މީހުން ދިރިއުޅޭ ވަންދޫގެ ކައުންސިލުން ބުނިގޮތުގައި އެ ރަށުގައި ކަރަންޓް ދެވޭނެ އެއްވެސް ގޮތެއް މިހާރަކު ނެތެވެ. ރޯދަ މަހަކީ ކަރަންޓު ގިނައިން ބޭނުންކުރާ މަހެއް ކަމަށް ފާހަގަކުރައްވަމުން ގިޔާސް ވިދާޅުވީ، ދެ ޖަނަރޭޓަރު ހަލާކުވުމުން ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
ބައެއް ރަށްރަށުގައި ކަރަންޓް ދޭ ކަރަންޓްދޭ ޖަނަރޭޓަރުތައް ހަލާކުވެ ދޭތެރެދޭތެރެއިން މައްސަލަ ބޮޑުވެ އެވެ. ދ. ކުޑަހުވަދޫގައި ހުރި ދެ ޖެނަރޭޓަރެއް ހަލާކުވުމުން އެ ރަށު ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ވެސް މިދިޔަ މަހު މައްސަލަތަކެއް ދިމާވި އެވެ. އެ ރަށަށް ވެސް ކަރަންޓުގެ ހިދުމަތް ދެނީ ފެނަކަ އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެތޭ
13 May 2019
ފެނަކަ އެމްޑީ ސައީދު އިސްތިއުފާދީފައި ގެއަށްދޭބަލަ! ގުޅާ ގުޅާ ހަންވާއިރު ވެސް ފޯނެއް ނުނަގާ. ޚިދުމަތް ދެވޭހާ ލަޔާގަތާ ގާބިލިއްޔަތު ނެތޭ ނެތޭ ނެތޭ.
ޒުވާނާ.
13 May 2019
ސަރުކާރުތަކުން އެބަޖެހޭ މިފަދަ ކުދިކުދި އާބާދީ ތަކައް ފެނާކަރަންޓް ދިނުން ހުއްޓާލަން މީކީ ފަސޭހަކަމެއްނޫން ބޮޑުރަށަކުން ފުލެޓު އަޅާފަ މިރައްރަށުން މީހުންބޭލުމައް ގޮވާލަން ބ ކުޑަރިކިލުވެސް ހަމައެފަދަ ރަށެއް
އައިޖޭ
13 May 2019
24 ގަޑި އިރު ކަރަންޓް ޔަގީން ކިޔާފަ ހިންގީ ބޮޑު ޖަރީމާ އެއް... ގެނަިއ ފޭކް ޖެނެރޭޓަރު ތައް އަބަދު ހަލާކު ވެފައި ދޯ
ކޮތަރު
13 May 2019
ކަނޑޫދޫ ކަރަންޓް ގުޅާލާ
1234
13 May 2019
ތަރައްޤީ ބޭނުމެއްނެތޭ ގޮވީ މިދިޔަ އަހަރު. މިހާ އަވަހަށް ހަނދާން ނެތުނީ؟ ކާބަފައިންވެސް އުޅުނީ ފުޅި ބައްތި ދިއްލައިގެން. އެހެންވީމަ، ތިޖޫރީ ފުރިގެން ބަންޑުންދާފަދަ އިހްލާސްތެރި ތެދުވެރި ވެރިކަމެއްގައި، ދިވެހިން އެއްޗެއްނެތިގެން އުޅޭކަށް ނުޖެހޭނެނު. ޖަނަރޭޓަރުވެސް ހާހުން ދެހާހުން ގަނެވިދާނެ، އައިޖީއެމްއެޗަށް އޭސީވެސް ލެވިދާނެ، އަދި ސްޓޭންޑްބައިގައި ހައެއްކައެތިވެސް ބެހެއްޓިދާނެ. އެކަމަކު އޭރަކުން ޖަޒީރާވަންތަ ކަމެއްނެތެއްނު.
އަބް
13 May 2019
ހަކަތަ އުފެއްދުން ހަމަ އެކަނި ޖަނެރޭޓަރަށް ބަރޯސާވީމާ ވާ ގޮތް...
ސަލާމް123
13 May 2019
ކަރަންޓަށް ބަރޯސޯވެ، ބޮކި އަލީގައި އުޅެން ފަރިތަ ކުރީމަ ވާގޮތެއްނޫންތަ؟ މީގެ 60 އަހަރު ކުރީގެ ދިރިއުޅުމަށް ޖެހިލާ، ބައްތި ދިއްލާގެން އުޅެން ހިނގާ. ބަރާބަރުވާނެ. ފައިވާނަށް އަރައިގެން އުޅުނު ޒަމާނެއްވެއްނޫން އެއީ. ހިނގާފަ ދަނިކޮށް، ކުކުޅު ނަޖިހަށް އެރުނީމަ ކައިރިގަ ހުރި އެއްޗެއްގައި ފޮހެލާފަ ދިޔާމަ އެވީ. މުންޑު ގަނޑަކާއި ގަންޖު ފޮރާހެއް ދިވެހިންނަށް ފުދޭނެ. ދިވެހިން އެދި ގޮވީވެސް އެދުވަސް އަނބުރާ ގެނެސްދޭން. ލިބޭނީވެސް ދެ އެދުވަހުގެ މިންވަރު.
ފުއް
13 May 2019
އެހެންވާނީދެންދޯ. މާލޭގެ ގޭގޭގަ ހުންނަ ވަރަށްވުރެވެސް ގިނަވާނެ ރަށްރަށުގަ ހުންނަ ކަރަންޓުބޭނުން ކުރާތަކެތި. ވީމާ އެވަރަށް ކުރިއާލާ ކަރަންޓު ދޭން ހަމަޖައްސަން ޖެހޭނެދޯ. ސަރުކާރުން ވަގުތުން ޖެނެރޭޓަރ ފޮނުވަންޖެހޭނެ
ހަކީމު
13 May 2019
އަސާސީ ހިދުމަތް ދިނުމުގައި 400 މީހުން އުޅުނަސް 40،000 މީހުން އުޅުނަސް ހިދުމަތް ލިބެންޖެހޭނީ އެއްވަރަކަށް ... މިހާރު މިހުރި ރައީސް މިހާ އިބްރާހިމް މުހަންމަދު ސޯލިހު އަށް މިކަން ހަދުމަ ކޮއްދެން.
ކުޅި މިރުސް
13 May 2019
ކަނޑޫދޫ އަކުން ކަރަންޓެއް ނުދޭތަ؟
އާދަނުޮ
13 May 2019
ޖަނަރޭޓަޜަކީވެސް ހަލާކުވާނެއެއްޗެއް