ޑަބްލިއުއެޗްއޭގެ ކޮމެޓީ ބީގެ ރިޔާސަތު، ހެލްތު މިނިސްޓަރު އަމީން ބަލަހައްޓަވަނީ
22 މެއި 2019 - 19:46
ޖެނީވާގައި މި އަހަރު ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީ (ޑަބްލިއުއެޗްއޭ)ގެ ވައިސް ޗެއާމަނަކަށް ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހަމަޖައްސައިފި އެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ މެމްބަރުންގެ ގޮތުގައި ހިިމެނޭ 194 ގައުމުގެ ސިއްހީ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވާ މި ބައްދަލުވުންތަކުގައި އަމީން ރިޔާސަތު ބަލަހައްޓަވަނީ ކޮމެޓީ ބީގަ އެވެ. އެ ކޮމެޓީގައި ބޮޑަށް މަޝްވަރާ ކުރާނީ ޑަބްލިއުއެޗްއޯ އިން ދޭ މާލީ އެހީ އާއި އެ ޖަމިއްޔާގެ މެނޭޖްމެންޓާ ގުޅޭ މައްސަލަތަކާ މެދު އެވެ.
ޑަބްލިއުއެޗްއޭގެ ކޮމެޓީ ބީގެ ރިޔާސަތު، ހެލްތު މިނިސްޓަރު އަމީން ބަލަހައްޓަވަނީ
އަމީން ރިޔާސަތު ބަލަހައްޓަވާ ކޮމެޓީގައި މަޝްވަރާ ކުރަން ހަމަޖެހިފައިވަނީ ޑަބްލިއުއެޗްއޯ އިން ގައުމުތަކަށް ސިއްހީ އެހީ ދޭ ދާއިރާތަކާއި އެ އެހީގެ ބޭނުން ގައުމުތަކުން އެންމެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އަދި ފަލަސްތީނުގެ މީހުންނަށް ސިއްހީ އެހީ ދޭނެ ގޮތާއި އިޒްރޭލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި އުޅޭ މީހުންގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޒާގް
23 May 2019
ރާއްޖެއަށް ލިބުނު ވަރަށް ރަގަޅު ފުރުޞަތެއް.
މުޙުއްމާ
23 May 2019
ތިހާ ނާޤާބިލު މީހަކަށް ތިކަން ކުރެވޭނީ ކިހިނެއް؟
ހާޖަރާ
23 May 2019
ހަޖަމް ޕްލީސް.
އިންސާފުދޮހޮއްކޮ
23 May 2019
ވާރލްޑް ހެލްތު އެސެމްބްލީ 2019 ގެ 5 ވައިސް ޗެއަރ ގެ ތެރޭގައި ރާއްޖޭގެ މިހާރުގެ ހެލްތު މިނިސްޓަރ ހިމެނިވަޑައިގަތް ގަތުމަކީ އެމަނިކުފާނުގެ ހުޝިޔާރުކަމުން ހޯއްދެވި މަަތިވެރި މަގާމެއްގެ ގޮތަށް ސިފަކޮށްދޭން ބައެއްބޭފުޅުން ކޮމެންޓް ކުރައްވާތީ ދަންނަވަމެވެ 5 ވައިސް ޗެއަރ ހޮވަނީ 5 ރީޖަނުންނެވެ.އެގޮތުން ސައުތު އީސްޓް އޭޝިޔާ ރީޖަނުން ވައިސް ޗެއަރ ކަނޑައަޅާފައި އެވަނީ ، ބޫޓާން/ލަންކާ/ދިވެހިރާއްޖެ މިތިން ގައުމުގެ ތެރެއިންނެވެ، މާބޮޑު ވާދަވެރި ރޭހެއް ނޫންއެއ
ބިޓާގާޑް
23 May 2019
ތި ބުނީ ދުއިސައްތައެއްހާ ގައުމުގެ ހެލްތު މިނިސްޓަރުންނަކީ އާދައިގެ މީހުންނޭ. އަދި އެ ހުރިހާ ހެލްތު މިނިސްޓަރުންގެ ތެރެއިން ފުރުސަތެއް ލިބުމަކީ އާދައިގެ ކަމެކޭ؟ ކަލޯ އެހާ ބިޓާވާކަށް ނުވާނެއެއްނު. ދިވެއްސަކު މަތިވެރި ޝަރަފެއް ހޯދީމަ އެކަން ބަލައިގަންނަން ދަސްކޮށްބަލަ. މިއީ ހަމަ އެއްވެސް ގޮތަކަށް އާދައިގެ ކަމެއް ނޫން.
ނޭގޭމީހަ
23 May 2019
ނޭގޭ ވާހަކަ ނުދައްކަންވީނުނޫން. ވައިސްޗެއަރ އަކަށް ހޮވަނީ ދެމީހުން. މީގެ ކުރިން އެންމެ ފަހަރު ވައިސް ޗެއަރކަން ލިބުނީ. މީހަކު ދެކެ ޖޭވިޔަސް ތިދެން ބޮޑުވަރުދޯ.
ދެރަކަމެއްނުން.
23 May 2019
ބިޓާގާޑް، 200 މީހުންގެ ތެރެއިންނެއް ނޫން އޭނަ ޔައުނީ ރާއްޖެ ހޮވުނީ. ދެކުނު އިރުމަތީ އޭޝިޔާގައުމު ތަކުގެ ތެރެއިން. އިންޑިޔާއިންވަނީ އެތައްފަހަރަކު ޗެއަރ އަކަށްވެސް ވެފައި. މިއީ މީހާ ހޮވާ މަގާމެއްނޫން. އަޅެ ގޫގުލްގައި ޖަހައިގެންބަލާލަބަލަ. 2 ނައިބުން ނޫން ހޮވަނީ. 5 ސަރަހައްދުން 5 ނާއިބުން ހޮވާ. މިއީ އަމީން މޮޅުވެގެން ލިބުނު ކަމެއް ނޫން. މިޖަލްސާއަށް ކޮންމެ މީހަކު ދިޔަޔަސް ވައިސްޗެއަރއަކަށް ރާއްޖެ ހޮވުމުން އެގޮޑީގައި އިންނާނީ އެމީހަކު.
މޮޅުކަމެއްނު.
25 May 2019
ގޫގަލް ފިލޯސަފަރަކަށްވީމައެއްނު ނޭނގެނީ ކަލޯ. ވާރލްޑު ހެލްތު އެސެމްބްލީގެ ޕްރިލިމިނަރީ ސެޝަންއަށް 5 ނައިބުން ނަގަނީ. މި ކިޔަނީ ޖެނަރަލް އެސަމްބްލީގެ ވާހަކަ. އެޔަށް ނަގަނީ 2 ވައިސް ޗެއާ. ދެން ހަމަ މީހާއަށް ބަލާފަ ގައުމުތަކުން ރިޖެކްކުރާނީ/ހޮވާނީ. ދެން އެކޮއެ ގޮސް ޑައިޖީން ފުޅިއެއް ގަނޭ.
ހުސްދޮގު
23 May 2019
ޑަބްލިޔު އެޗް އޯ ހިންގުމުގެސިޔާސަތު ކަޑައަޅާ ވޯލްޑް ހެލްތު އެސެމްބްލީގެ ނައިބު ރައީސުންނަށް ހޮވަނީ މީހާއެއް ނޫން. ހޮވަނީ ގައުމު. ހެލްތު މިނިސްޓަރު ޗެއަރޕާސަން ޖަހައިގެން ގޮނޑީގައި އިންނަނީ ގައުމު ރެޕްރެޒެންޓްކުރުމަށް. އަދި ބުނަންތޯ؟ އެންމެ ނައިބެއް ނޫން ހޮވަނީ. 5 ސަރަހައްދުން 5 ނައިބުން ހޮވާ.
ފެންވަރު
23 May 2019
ހެލްތު މިނިސްޓަރު ބޯޑު އަޅުވައިގެން ދަނީ ވޯލްޑު ހެލްތު އެސަމްބްލީއަށް. އެތަނަށް ދިޔައިމަ އެތަނުގެ މީޓިންތައް ޗެއާކުރަން ލިބޭނީ މިނިސްޓަރު ބޯޑު އަޅުވައިގެންދާ މީހާގެ ހުރި ފެންވަރަކުން. އެހެންނޫންނަމަ އެހެން ގައުމުތަކުގެ ހެލްތު މިނިސްޓަރުންނަށްވެސް ލިބެންވީނު.
ނެޑް
22 May 2019
ރާނާ އުވަޖަހާ މީހުންގެ ސަރުދާރަކަށްވެސް ރަނގަޅުވާނެ.
ބުރާންޗާ ނެޑް
23 May 2019
ހަމަ އެއްވެސް ކަމަކަށް ދެރައެއް ނުވާނެ. ދެން ރާނާ އުވަޖެހުމަކީ މާ ދެރަކަމަކަށްތަ ތި ހެދީ؟
ނެޑް
23 May 2019
ނެޑް ބުރޯ އަހަރެން މި ބުނީ އެއްޗެއް ނޭނގުނަސް މަގާމެއް ދެވިދާނެޔޭ. ވަކި މަސައްކަތެއް ކުރާ ބަޔަކު ދެރަކޮއްލީކީ ނޫން.
ބުރާންޗާ ނެޑް
23 May 2019
ނޫނޭ ބްރޯ، އެހެން ހަމަ ބުނެވުނީ. ދެން މިހާރު ތި ބުނެވުނީ ރާނާ އުވަޖަހާ މީހުންނަކީ އެއްޗެއް ނޭނގޭ މީހުންނޭ.
ޕްރައިމަރީ
22 May 2019
ތިކަން އެގޭ ރާއްޖޭގެ މިހާރުގެ ޕޮލިސީ އަދިހާލަތު ބަލާލީމަވެސް!
ޒަރީރު
22 May 2019
ބޭފުޅާ ތިހެން ދަމުން ގޮސް އަތްނުފޯރާފަށަށް ނުދައްޗޭ. ބޭރުން ކިރިޔާ ފުރުސަތެއް ލިބޭއިރަށް ގިނަމީހުން ރާއްޖެ ދޫކޮށް ދަނީ. އަމީން މެންގެ ޚިދުމަތް އަދި ދިވެހިން ބޭނުންވޭ.
މަރިއްޔާ
23 May 2019
ޚިދުމަތް ކުރަން ފުރުސަތު ލިބުނީމާ އައިޖީއެމްއެޗް ގެ ހާލު އެނގޭތަ؟ މިކަހަލަ މީހުނަށް ޚިދުމަތެއް ނުދެވޭނެ. ސިޔާސީ ފިކުރު ވިއްކޭނީ
ސަންތިމަރިޔަބު
23 May 2019
މަރިއްޔާ، އައިޖީއެމްއެޗް ހިންގުމުގައި ހެލްތު މިނިސްޓްރީގެ ދައުރެއް ނޯވޭ. އައިޖީއެމްއެޗް ހިންގުމުގެ މެންޑޭޓު މަތިކުރެވިފައިވަނީ އެތަނުގެ ގަވަނިންގ ބޯޑާ. އެ ބޯޑު އޮންނަނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ބެލުމުގެ ދަށުން. ދެން ފަހަރަކުން ކަންތައް އޮތްގޮތް ސާފުކޮށްފައި ފަތިވަރު ޕޯސްޓުކޮށްލާ.
ވަހީދާ އަހުމަދު
22 May 2019
އަމީނުއާއި ދިމާކޮށްގެން އުޅޭ އެކްޓިވިސްޓުން އެބަހެހޭ ގަބޫލުކުރަން މިނިސްޓަރ އަމީން މިސްރާބު ހިފާފަ ހުރީ ގުޑުގުޑުއަޅާ ގޮތަކަށް ނުންކަން އެގެންކެހޭ. ދިވެހިރާއްޖެއަށް ކިހާރީތިނަން މިހޯދައިދެނީ. އަހަރެމެން މިނިސްޓްރީއަށް ލިބުނު ހުރިހާ މިނިސްޓަރުންނާއަޅާބަލާއިރު ވަރަށް ވިސްނުންޔެރިކަމާއެކު ނިންމުންތޢް ނިންމާ ބޭފުޅެެއް. މިނިސްޓްރީގެ ހުރިހާ ކުދިން މިނިސްޓަރަށްޓަކައި ފަޚުރުވެރިވޭ.
ފިސާރި ފާތުމަ
22 May 2019
ބޭރު ދުނިޔޭގައި އުޅެނީ އެހާ ގަދަކޮށްދޯ. އަހަރުމެންގެ ސިއްހަތު ވަޒީރަކީ ފިސާރި ބޭކަލެކޭ.
ތައުފީގު
22 May 2019
ދިވެހި ގައުމަށް ކޮންފަދަ ބޮޑު ޝަރަފެއް ތިހޯއްދަވާދެއްވީ ދުއިސައްތަވަރަކަށް ގައުމު ބައިވެރިވާ ތަނެއްގައި މިކުޑަކުޑަ ގައުމަށް ބޮޑުޝަރަފެއް. ކެތްތެރިކަމާއެކު މަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ހެޔޮފައިދާ ރާއްޖޭގެ ސިއްޚީ ދާއިރާއިން ފެންނާނެކަން ކަށަވަރު.
މަރިއްޔާ
23 May 2019
މީ 3 ޤައމުގެ މެދުގައި ނެގި ވޯޓެއް ކޮއްކޯ. މީ އެންމެ ކުޑަ ރީޖަން
ބުހުތާން
23 May 2019
ސާބަސް ބުނަން. ނޭނގޭ ވާހަކަ ދެއްކުން ހުއްޓާލާށޭ. ވައިސްޗެއާ ހޮވަނީ 194 ގައުމުން ވޯޓު ލައިގެން.
ބަރީ
23 May 2019
މަރިއްޔާ ނޫނޭ ކޮޔާ، ވޯޓުގައި ބައިވެރިވި 194 ގައުމުން މިނިސްޓަރު އަމީން ވައިސްޗެއާކަމުގައި ބަހައްޓަން ނިންމީ. ވާނުވާގައި އަޅެ ފަހެ ކޮމެންޓު ނުކޮށްފާނަންތަ