އެމްޓީސީސީގެ ބޯޑަށް ތިން ވަނަ ފަހަރަށް އައްޔަން ކުރެއްވި ސިނާން.
26 މެއި 2019 - 11:54
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސަރުކާރު ހިންގާ ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވި ސިނާން އަލީ، މި ސަރުކާރުގައި ވެސް ބޯޑު މެމްބަރު ކަމަށް އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ކަށަވަރު ކޮށްދިން ގޮތުގައި، މިދިޔަ ފެބުރުއަރީ 2 ގައި ސިނާން އައްޔަން ކުރެއްވީ، އެމްޓީސީސީގެ ބޯޑު މެމްބަރަކަށެވެ. މިއީ، އެ ކުންފުނީގެ ބޯޑަށް ސިނާން އައްޔަން ކުރި ތިން ވަނަ ފަހަރެވެ.
ކުރީގެ ސަރުކާރުގައި އެމްޓީސީސީގެ ބޯޑު މެމްބަރުކަމުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް، ސްޓެލްކޯގެ ޗެއާމަނަކަށް ސިނާން ހަމަޖެއްސި އެވެ. އެ މަގާމު އޭނާ އެ ފަހަރު ފުރުއްވީ ތިން ދުވަހެވެ. އޭގެ ފަހުން އަނެއްކާވެސް ބަދަލުކުރީ އެމްޓީސީސީގެ ބޯޑު މެމްބަރު ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު ކަމަށް ވެސް ކުރީގެ ސަރުކާރުގައި ސިނާން ހަމަޖެއްސި އެވެ. އޭނާ އެ މަގާމުން ވަކިކުރީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ސިނާން މަގާމުން ވަކިކުރީ، ސަރުކާރު ކޯލިޝަންގައި އޮތް އެމްޑީއޭ އާއި ޕީޕިއެމާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި ކަމަށް ވެ އެވެ. އެމްޑީއޭގެ ލީޑަރު، އަހްމަދު ސިޔާމްއާ ގާތް ގުޅުމެއް އޮންނަ ސިނާން އަކީ އެ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެސް ސިނާނަށް މެމްބަރަކަން ދިނުމުން، ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. އެއް ކަމަކަށް، ކުރީ ސަރުކާރުގެ އިސް މަގާމްތަކެއް ފުރުއްވި އިރު އޭރު އިދިކޮޅު (މިހާރު ވެރިކަންކުރާ ކޯލިޝަން)ގެ އިސް ބޭފުޅުންނަށް ސިނާން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވުމެވެ. އޭގެ އިތުރުން، ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައެއްގައި ތުހުމަތުކޮށްފައިވާ މީހަކު ބޯޑު މެމްބަރަކަށް އައްޔަންކުރުމާ ދެކޮޅަށް ވެސް ސިނާނަށް ދަނީ ފާޑުކިޔަމުންނެވެ. އެ މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް އެ މައްސަލަ އަށް ފަހުން ވީ ގޮތެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަަވިން
27 May 2019
އަހަރެން ނަމަ ލަދުން ނުވެސް ކެރޭނެ. ލަދުން ބޯ ހަލާކު.
ޒީރޯ ޓޮލަރެންސް މައި ފޫޓް
27 May 2019
"ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައެއްގައި ތުހުމަތުކޮށްފައިވާ މީހަކު ބޯޑު މެމްބަރަކަށް އައްޔަންކުރުމާ ދެކޮޅަށް ވެސް ސިނާނަށް ދަނީ ފާޑުކިޔަމުންނެވެ. " ބަދު އަހްލާގީ އަމަލު ހިންގުމަކީ ސީވީއަށް އިތުރުވާ ޕޮއިންޓެއް ކަންނޭގެ އެއްނު؟ ލަދުން ބޯހަލާކު
ބާބޫ
27 May 2019
"ދެކޮޅުން ކާ ވެން" ގިނަ ޒަމާނެއްމީ، ކޮންކަމެއްގެ އަލާމާތެއްބާ މީ؟ ކަމެއްގެ ފެށުންބާ ނޫނީ ނިމުންބާ؟
ލީމް
27 May 2019
މީނާގެ ދައްތަ ސަރީރާ ވެސް ހުރި އިބޫމެނަށް ވެރިކަން ލިބުމާއެކު އެމްޑީޕީ ހަރުގެއަށް ގޮސް. އެހެން ނޫނީ އެއީ އެހިސާބުން ފެންނަ މީހެއްވެސް ނޫން. ހަމަ ދެކޮޅުން ކާ ގްރޫޕްގެ ބައެއް މީ.
ލާމުލަ
27 May 2019
ލީމް، ސަރީރާ ހުރި އިބޫ ހޮވަން ކެންޕޭނަށް ގޮސްވެސް. އޭނަޔަކީ އެއް އިރަކުވެސް ޖަގަހަތަކަށް ގޮސް އުޅޭ މީހެއް ނޫން. އިބޫ ހޮވުނީމަ އުފާ ފާޅުކުރަން އަހަރެމެން އެތަނަށް ދިޔައީ. ޝިނާނު ވެސް ބޯޑުން ވަކިކުރީ އިބޫއަށް ކެންޕޭންކޮށް ފާޅުގަ ނުކުތީމަ.
އަންވޫ
27 May 2019
ޔާމީނު ސަރުކާރުން ފްލެޓްތައް ދަމާގަނެގެން ޝިޔާމް އަތުން ލާރިނަގައިގެން ސަރުކާރުތަކުން ފޮނިބޮމުން ފިލްމުކުޅެމުންދާ ފަހި މީހެއް
ޙިނި
27 May 2019
ހަހަ ދިވެހި ސަރުކާރުގެ ކުންފުނިތަކައް އެހާ ބޮޑެތި ފައިދާ އެލިބެނީ ކުންފުނިތައް ހިންގަން ޕޮލިޓީޝަނުން އައްޔަން ކުރާތީ.
ޢަބްދުﷲނާފިޒް
27 May 2019
ސިނާނުވެސް މީ ނަޒާހަތްތެރި ބޭފުޅެއްބާ، ފެނުނަސް އަންނަނީ ހަމަ ހިނި.
މޫސާ ސާއިދު
26 May 2019
މީ އެއްގޮތަކަށްވެސް ކަމުދާ މީހެއްނޫން. ހީވާކަހަލަ ކޮންމެ ސަރުކާރަކަށް ބަލަދު އަރާމީހެކޭ
ހަޑިގިއްލާ
26 May 2019
ޝިނާން އަލީއަކީ ޔާމިންގެ ވެރިކަން ބަދަލުކުރަން ފާޅުގަަނުކުމެ މަސައްކަތްކުރެއްވި ފަރާތެއް. ރިޔާސީ އިންތިހާބުގަވެސް އަދި މަޖިލިސް އިންތިހާބުގަވެސް ފާޅުގަނުކުމެ މިސަރުކާރަށް ތާއިދު ހޯދަން މަސައްކަތް ކޮށްދެއްވި... ވަޒީރުންގެ ތެރޭގަވެސް ދުވަހަކު އިސްލާހީ ހަރާކާތެއްގަ ނުފެންނަ މީހުން އެބަތިބި... މާހަޑި
ޑާޑާ
27 May 2019
އެހެންވިއްޔާ ސިނާނު މަގާމުން ދުރުކުރަން ޖެހޭނެ ކޮންމެހެންވެސް،
އަންވޫ
27 May 2019
މުޑުދާރު މީހެއް
އެބަ އެނގޭތަ ދެފުއްކެހެރި
26 May 2019
މީގަ ކޮމެންޓް ހުރިގޮތުން މި ސިނާނަކީ ހަމަ ފައްކާ ދެބޯގެރިއެއް. ހިހޫތަނުން ކައިލައިގެން އުޅޭ ފިނޑިއެއް. އިންސާނުން ނާ ގާތްކުރަން ހޮޔޮނުވާނެ.
ސަކީނާ
26 May 2019
ގްރޭ ކުލައިން އެފެންނަ މީހާގެ ކޮމެންޓްތައް އެއީ އެކެއްގެ ކޮމެންޓްތައް. ސިނާނު އަމިއްލަޔަށް ކުރާ ކޮމެންޓްތަކާ ވައްތަރީ