ކުޑަ ދެ ފިރިހެން ކުއްޖަކާ ފުލުހަކު ބެހުނު މައްސަލައެއް ފުލުހުން އަންނަނީ ބަލަމުން.
27 މެއި 2019 - 02:20
ކުޑަ ދެ ފިރިހެން ކުއްޖަކާ ބެހުނު ފުލުހެއްގެ މައްސަލަ ފުލުހުންގެ އިދާރާ އިން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، ފިރިހެން ފުލުސް މީހާ ކުޑަކުއްޖަކާ އެކު ބަދުއަޚުލާގީ އަމަލެއް ހިންގިކަމުގެ މައްސަލައެއް ފުލުސް އޮފީހަށް ފުރަތަމަ ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 18 ވަނަ ދުވަހު ކަމަށެވެ. އެކަމަކު، އެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ފުލުސް މީހާ އެހެން ފިރިހެން ކުއްޖަކާ އެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ މައްސަލަ ދެވަނަ ފަހަރަށް ފެންމަތިވީ މިދިޔަ މާޗް 27 ވަނަ ދުވަހު ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ. އެ އަމަލު އޭނާ ހިންގާފައި ވަނީ ނޯ ޕޭ ލީވެއްގައި ރާއްޖެ އިން ބޭރަށް ފުރުމުގެ ކުރިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު، ދެވަނަ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރިއިރު ފުލުސް މީހާ ރާއްޖެ އިން ބޭރަށް ފުރާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"މި މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ދަނ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކާ ބެހުނު މައްސަލައަކާ ގުޅިގެން ރޭ ދަންވަރު ވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގައި ހިމެނޭ ފިރިހެން ޒުވާނާގެ ބަންދަށް ހުޅުމާލޭގެ ކޯޓުން މިހާރު ވަނީ 12 ދުވަސް ޖަހައިފަ އެވެ. ފުލުހުން ރޭ ދަންވަރު އެ ޒުވާނާ ހައްޔަރުކުރީ ހުޅުމާލޭގައި ގަންހިންގަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަހަމަ
27 May 2019
ފޮޓޯ ހާމަކުރޭ ތިޔަމީހާގެ
އައްޗީޑި
27 May 2019
ހަތަރު ހެކިން ނެތިއްޔާ މިކަންވެސް ސާބިތުނުވަނީދޯ؟ ކިހާބޮޑު ވަބާއެއް! މިކަހަލަ މީހުން ރަނގަޅަށް މޮނިޓަރކުރަންވެއްޖެދޯ. އަދި ދަފްތަރެއް ހެދިޔަސް ނުވާނެ. ދެވަނަ ފަހަރަށް ކުޑަކުދިންނާ ބެހުމުގެ ފުރުސަތު ނޯންނާނެކަން ޔަގީންކޮށް ކުޑަކުދިންނާއެކު އުޅޭ ވަޒީފާ އަދި ކުޑަކުދިން އެއްވާ ސަރަހައްދުތަކާ ކައިރިނުވެވޭގޮތް ހަދަންޖެހޭ! ކިތަންމެ ދިގު ޖަލު ހުކުމެއް އަޔަސް އެކަން ނުވާނެ ރަނގަޅެއް. އަނެއްކާވެސް ފުރުސަތުލިބޭއިރަށް ބެހޭނެ. ކެމިކަލް ކެސްޓްރޭޝަން ހައްލަކީ!
ފުލުފުލޫ
27 May 2019
ފުލުހެއް ވީމާ ހެކިނެތިގެން މީގެ ކުރިން ވެސް ދޫކޮށްލި ގޮތަށް ދޫކޮށްލާ. އޭރުން އޭނަގެ ޝިކާރަކަށް އިތުރު ކުދިންވެ މުޖުތަމަޢަށް ތި ބަލިގަނޑު ފެތުރޭނީ. ޕްރޮޓެކްޓް އެންޑް ސާރވް އޯ! ތިހާ ވަރަކަށް ޕްރޮޓެކްޓް ކުރެވޭނީ.
އޮމީތަރބް ބަކައްޗަން
27 May 2019
ވިސްނާލާ ކުޑަކުއްޖަކާ އޭނާގެ ބައްޕަ ބެހޭ މައްސަލައެއް ހުށަހެޅީމަވެސް މިމީހުން ތަހުޤީޤެއް ނުކުރެއޭ! ބެހޭ މީހަކީ ސަރުކާރުގެ ނުފޫޒު އޮތް މީހެއް ނަމަ ހަމަ ލާހިކެއް ނޫން އެފްސީޕީޑީއިން މައްސަލަ ބަލާކަށް. އަދި އަމުދުން އެފްސީޕީޑީގެ އިސް މީހުންގެ މަސްލަހަތު ފުށުއަރާ މިފަދަ މައްސަލައެއް ވެއްޖެއާ ދެން ގޯސްވާނީ މައްސަލަ ހުށަހަޅާ މީހާ. މިވާހަކަ ވަރަށް ރަނގަޅަށް އެނގޭނެ އެފްޕީއޭގެ މީހުންނަށް.
ހެޔޮއެދޭ މީހެއް
27 May 2019
"ދެ ކުޑަކުއްޖަކާ ބެހުނު ފުލުހެއްގެ މައްސަލަ ފެންމަތިވެއްޖެ." މިހިން ލިޔެވިދާނެއެވެ. އެކަމަކު ރަނގަޅުގޮތްކަމުގައި ބެލެވެނީ؛ "ކުޑަދެކުއްޖަކާއި ފުލުހަކު ބެހުނުމައްސަލަ ފެންމަތިވެއްޖެ." މިހިންކަމުގައެވެ. ލިއުންތެރިން ބަހުގެ ޤަވާޢިދާއި އުޞޫލުތަކަށް ވިސްނެވުން ވަރަށްބޮޑަށް އެދެން.
ހުވާ މަ
27 May 2019
"ކުޑަދެކުއްޖަކާއި ފުލުހަކު ބެހުނުމައްސަލަ" މިހެން އޮތީމަ މި މީހުން ބެހިގެން، ޔައުނީ، ކަނޑުމައްޗަށް ގެއްލިގެން އުޅޭހެން ދޭހަވެއެވެ. ފަހަރުގައި މިއަޅާގެ ވިސްނުން ކޮށީކަމުގައި ވެދާނެއެވެ. އ.ހ.
އަލީ އަހުމަދު
27 May 2019
ސަސްބެންޑް އެކެނި ކޮއްގެން ކަމަކު ނުދާނެ. އަދުލް އިންސާފުު ގެ ފަޒީފާއެއްގަައި ހުރެގެން މި ބާވަތުގެ ކުށެއް ކޮއްފި ނަމަ ވަޒީފާއިން ވަކިކުރެވެން ޖެހޭނެ. މީނަ މީ އާންމުންނަށް ހުރި ނުރައްކަލެއް އަދި ބޮޑު ބިރެއް. "ޕްރޮޓެކްޓް އެންޑް ސާރވް" މިނައަކަށް ނުވާނެ. ފުރަތަމަ އަދަބުދީ ދެން ވެމްކޯ ކަހަލަތާކުން ވަޒީފާ ދީ.
ނަގޫރޯޅި
27 May 2019
އެމްސީ ފުލުހުން ނުކުރާނެ ތިޔަ ކަހަލަ ކަމެއް.
ބީރުބޮލު ސައިންސް
27 May 2019
ޕޮލިހުންގެ ވާހަކަތަށް ހުރިގޮތުން ނޯޕޭލޯވް ދީފަ އޭނާ ފިލުވީ. ނޯޕޭ ލީވްގެ ކުރިން ހުޝަހަޅާފާއިވާ މައްސަލައަކަށް ވީއިރު މައްސަލަ ތަހުގީގުނުކޮއް އޭނާ ފުރަން ނޯޕޭ ދީގެނަގެންނުވާނެ. އަދި ވަޒީފާއިން އޭނާ ސަސްޕެންޑް ވެސް ކުރެވެންޖެހޭނެ. އޭނާ ނޯޕޭނެގީ ކުޑަކިދިންގެ ޑޮކްޓަރަކަށް ވާންކަމަށް ވެއްޖެއްޔާ ހަތަރެސްކަން ހަމަވީ.
ހައްގު
27 May 2019
އޭނައަށް ހައްގު އަދަބު ދިނުމަށް ފުލުހުންގެ ވަޒީފާއިން އަވަހަށް ވަކިކުރޭ. އެހެން ނޫނީ ދެން ފެންނާނީ އެވަޒީފާގައި ހުރެގެން އެހެންކުދިންނަށް ދޭ އަނިޔާ އިތުރުވާތަން.
ޜޮޒް007
27 May 2019
ތި ފުލުސް މީހާވެސް ހުރި ތަނަކުން ގެނަންޖެހޭ، އެނާއަކި ސޮސައިޓީއަށް ހުރި ބިރެއް!!
ފޮނިޓައްޕު ހަސަނު
27 May 2019
ކިހާ ދެރަ ހިތާމަ ހުރިކަމެއް. ފިރިހެނުން ފިރިހެން ކުދިންނާއި ބެހޭ ޚަބަރުތަށް މިފެންނަނީ. ސަދޫމް ގައުމުގެ މީހުންނަށް ކޯފާ ފޮނުއްވީވެސް މި ކަންތައް މާމައްޗަށް ދިއައީމަ.
ބަރަބޯ
27 May 2019
މިއީ ރާއްޖޭގަ އާކަމެއްނޫން. ރާއްޖޭގަ ރަސްކަން އޮތް ޒަމާނުން ފެށިގެން މެދު ނުކެނޑި ކުރިއަށް ދާ ކަމެއް.