ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) އިންޑިއާ އަށް ކުރެއްވި ޒިޔާރަތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު.
29 މެއި 2019 - 01:05
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް އިބްރާހިމް ސޯލިހް އެދިވަޑައިގެންވާ ކަމަށް، އަލަށް ހުވާކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތާ ހަވާލުވެ ވަޑައިގަތުމަށް ފަހު މެންބަރުންނާ މުހާތަބުކުރައްވަމުން ވިދާޅުވީ ބޭރުގެ ވެރިންނަށް މަޖިލީހުގައި ތަގުރީރުކުރެއްވޭނީ މެންބަރުންގެ ރުހުން ލިބިގެން ކަމަށް ވާތީ، މާދަމާ ބާއްވާ ޖަލްސާގައި އެކަން ހުށަހަޅުއްވާނެ ކަމަށެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، ދެ ވަނަ ދައުރަކަށް އިންތިހާބުވުމަށް ފަހު މޯދީ ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުގައި ރާއްޖެ އަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 7-8 އަށެވެ. މޯދީ އަލަށް ރާއްޖެ އަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތަށް، ނޮވެމްބަރު 2018 ގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ގުޅުން ގޯސްވި ނަމަވެސް މި ސަރުކާރާ އެކު ގުޅުން ބަދަހިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ވެސް ވަޑައިގަތީ އިންޑިއާއަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މާދަމާ ބާއްވާ ޖަލްސާގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަޖިލީހުން ހޮވާ މެންބަރު ވެސް ކަނޑައަޅާނެ އެވެ. އަދި މަޖިލީހުގެ ގަވައިދު އިސްލާހުކުރުމުގެ މަސައްކަތް ވެސް ފައްޓަވާނެކަން އިއުލާނުކުރެއްވި އެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާ އަދި އިއުލާނެއް ނުކުރެ އެވެ. އަދި ޖަލްސާ ބާއްވާނެ ގަޑިއެއް ވެސް، ރިޔާސަތުން އިއުލާނެއް ނުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތު މީހާ
29 May 2019
އިންޑިއާއި މިމީހުން ކަންތައް ކުރާގޮތުން މި ސަރުކާރުން މޯދީ އަށާއި އިންޑިއާއަށް ދަރާފަޢޮތްހެން ހާދަ ހީވެއޭ.
ފަޅުވެރިން
29 May 2019
ތިކަމުން ރާއްޖެ އަށް އޮތީ ކޮން ފައިދާއެއް؟ ހުސް ޑްރާމާ ކުޅުން! ޑްރާމާ ކުޅުމުގައި ފަސް އަހަރު ދުއްވާލާ! ރައްޔިތުންނަށް އެގޮތް ރަނގަޅިއްޔާ، ހަމަ ރަނގަޅު!!
ހޮނޑައިދޫ ބޮޑުދައިތަ
29 May 2019
މޯދީ ރާއްޖެއަމުގެ އުފަލުގައި އެދުވަހު ހުރިހައިގެއެއްގައި ގެރިރިހަ ހަދަންވާނެ
މީމު.ޝީން
29 May 2019
ޕާކިސްތާނުގެ އެހީގައި އިމާރަތްކޮށްފަ ހުރި ޕާލަމެންޓް އިމާރާތަކަށް ވަންނަން މޯދީ އަށް އޯކޭވާނެތަ؟
ދީމާހު
29 May 2019
ކުރިންވެސް ތިޔަ ކަން ހިނގާނީ ތިޔަ މަގުންކަން
ދީމާހު
29 May 2019
ކުރިންވެސް ތިޔަ ކަން ހިނގާނީ ތިޔަ މަގުންކަން
ނަރީމާ
29 May 2019
މޯދީގެ ދަތުރުގައި ތަޤުރީރުކުރައްވަން ހަމަޖެހިފައިވާކަން، ރައީސް ޞޯލިހް މަޖިލީހަށް އަންގަވައިފިތޯ؟ މޯދީ ވަޑައިގަންނަވަނީ މަޖިލީހުގެ ދަޢުވަތަކަށްތޯ؟ ދެބާރު މިތުރުވިޔަސް ދަޢުލަތް ހިންގުމާއި، ފަށްތަރުވާގޮތަށް މަޖިލީހުން ވަލިއްޔުލް އަމްރުގެ ބާރު "އެއްފުއްގަނޑަކަށް" ނުހައްދަވާށެވެ. ހަނދާންކުރައްވާށެވެ. އިންޑިޔާ ފަސްޓް ޕޮލިސީ ރަނގަޅެވެ. އެކަމަކު، ހައްދެއް ޙުދޫދެއް އޮންނަންވާނެއެވެ.
ހަސަން ނުވަވަނަ
29 May 2019
ރީނދޫ ކުދީންނޭ ކަލޭމެންގެ ބޮޑު ދޯސްތު މިއޮށް އަންނަނީ. ގުޖްރާތުގެ މުސްލިމުން ނައްތާލަން ހިންގި ގަތުލުއާއްމުގެ ލެއިން ތަތްތެޅިފަ ހުރި މީނައަށް މަރުހަބާ ކިޔަން ބެރު ދުންމާރި ތާޅަފިލީގަ ދާންވާނެ ކަލޭމެން.
އީސާ މަސީހު
29 May 2019
19 ވަނަ ރައްޔަތުންގެ މަޖިލީހު ރައީސަކީ ތިޔަކަމައް އެކަށީގެންވާ މީހެއްނޫން ވާހަކަދެއްކުމުގެ ބަހުރުވަ ދެއްކޭނުދެއްކޭ ވާހަކަނޭގުން އަހުލާގެށްނެތުން ނަވާރަވަނަ މަޖިލީސްވާނެ ރައްޔަތުން ލަދުގަންނަވަރުގެ މަޖިލީހަކައް ދެވަނަ މަސީހު
ހަސަން ނުވަވަނަ
29 May 2019
ޕާކިސްތާނު ސަރުކާރުން އެހީ ދީގެން އިމާރާތްކޮށްފަ ހުރި ތަނަކަށް ވަންނަން މީނައަށް ހަޖަމްވާނެބާ. ނޫނީ ތިޔަ ޖަލްސާ ބާއްވާނީ މުގުރިހަ ޕާޓިގެ ޖަގަހައިގަބާ.