އިމިގްރޭޝަން އޮފިސަރުން މަސައްކަތުގައި. ރާއްޖެއަށް އަންހެނަކު ދޫކޮށް ފުރަން އުޅުނު މީހަކު ވަނީ ހިފަހައްޓާފައި. ފއިލް ފޮޓޯ
29 މެއި 2019 - 22:20
ދެމަފިރިން ކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެ އަށް އެތެރެވުމަށް ފަހު "އަނބިމީހާ" ރާއްޖެ އަށް ދޫކޮށްލައި، އެ އަންހެންމީހާގެ ޕާސްޕޯޓު ހިފައިގެން ފުރަން އުޅުނު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
އިމިގްރޭޝަން ބުނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކުރެވޭ އެ ދެ މީހުން ރާއްޖެ އައީ ޗުއްޓީ ހޭދަކޮށްލުމުގެ ނަމުގައި ކަމަށާއި އޭގެ ތެރެއިން ފިރިހެންމީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަަށެވެ. އެ މައްސަަލައިގައި ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ބިދޭސީ މީހާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް އިމިގްރޭޝަނުން އަދި ނުބުނެ އެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު ބުނާގޮތުން މަޖުބޫރުކޮށްގެން މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި އެ މީހުން ލައްވައި، މަޖުބޫރުން މަސައްކަތް ކުރުވުމަކީ ހިއުމަން ޓްރެފިކިންގެ އަމަލުތައް ކަމުގައި ބެލެވޭނެ އެވެ. ހިއުމަން ޓްރެފިކިންގެ މައްސަލަ އޮތް މިންވަރު ބެލުމަށް ފަހު އެމެރިކާގެ ސަރުކާރުން ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންސް ރިޕޯޓުގައި ރާއްޖެ ކުރިން އަބަދުވެސް އޮންނަނީ މަތީ މިންވަރަކަށް އެކުށް އޮތް ގައުމުތަކުގެ ތެރޭގަ އެވެ. ހިއުމަން ޓްރެފިކިން ހުއްޓުވަން ރާއްޖޭގައި ފުރަތަމަ ގާނޫނެއް ހެދީ 2013 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެެން
30 May 2019
ބަންގްލަދޭސް އައް އޮން އެރައިވަލް ވިސާ އުވާލަން ގޮވާލަން... މިހާރުވެސް ރާއްޖޭގަ ވިހާ ކޮންމެ 100 އަކުން 1 އެއީ ބަންގާލީއަކައް ލިބޭ ދަރިޔެއް...
އެނަލިސްޓު
31 May 2019
ކޮންތަނަކުން ލިބުނު ތަފާސް ހިސާބެއްތޯ؟
ކަހަނަލަ
30 May 2019
މިރާއްޖެއަށް އެންމެ ބޮޑީ އިންޑިއާގެ ބިރު، އެއީ ރާއްޖޭގޭ އަދުއްވު ބައެއް..................
މީމު ޝީން
30 May 2019
ލިޔުމުގައި ނެތް އެއީ ބަންގްލަދޭޝް ފިރިހެނެއްގެ ވާހަކަ ކަމެއް. އެކަމު ކޮމެންޓްތައް ހާދަ ބަންގްލަދޭޝް މީހުނާ އިދިކޮޅޭ.
ބައްޓޭ
30 May 2019
ރާއްޖެގެ ހާލަތު ތިބޭފުޅާއަށް ނޭނގެނީ ތޯ ! މަގުމަތިން ހިންގާލާއިރު މާހައުލު ނުފެންނަނީތޯ .! ނޫނީ ތިބޭފުޅާއަށް އެންމެ ރަނގަޅީތޯ ގައުމު ބޭރު ބައެއްގެ އަތްމައްޗަށް ދިއުމުން ވެސް
ީމީމުޝީނު
30 May 2019
ބައްޓޭ، އަޅުގަނޑު ބުނީ ލިޔުމުގައެއް ނެތޭ އެއީ ބަންގްލަދޭޝް ފިރިހިނެތް ކަމެއް އިނގޭކަށް. ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ވާހަކަދައްކަންޏާ ދެއްކޭނެ ބައިވަރު ގޮތްގޮތް އެބަހުރި. އަޅުގަނޑު މީގެ 7 ވަރަކަށް އަހަރުކުރިން ރިސޯޓަކަށް ސީޕްލޭންގަ ގޮސް ފޭބިއިރު އެތާހުރީ ބިކިނީ ލާފަ ހުރި ޓޫރިސްޓެއް. އަވަހަށް ލޯމަރަން ޖެހުނީ. ސަބަބަކީ ރޯދައަށް ހުރީތީ. އެތާ މަސައްކަތްކުރާ ދިވެހިން ކިހިނެތްބާ ހަދާނީ؟ ދިވެހިން ގިނަ ބަޔަކު ބަރޯސާވަނީވެސް ބިދޭސީ ސައިކަލްތަކަކަށް.
ހަކީމު
30 May 2019
މިކަހަލަ އިމިގްރޭޝަން އިން ގައުމު ނުވަތަ ކުޑަމިނުން ކޮން ގައުމެއްގެ ޕާސްޕޯޓެއްތޯ ހާމަ ކުރަން ނުކުރެނީ ކީއްވެތޯ ... ދިގު 30 އަހަރުގެ ވިސްނުން.
ދީބު
30 May 2019
ދިވެހިންނާއި ދިވެހި ދައުލަތަށްވުރެ ބަނގލާދޭޝް މީހުންގެ ބާރު މާގަދަ. ޢެމީހުން އުޅޭނީ ހަމަ ބޭނުން ގޮތަކަށް.
ކަކުނިބޯ
30 May 2019
ބަލަ ބަންގާޅުޕާސްޕޯޓް ހިފާގެން އުޅޭނީ މިޤައުމުގެ ރައްޔިތިން ދިވެހި އައިޑީކާޑޭ ކިޔާއެއްޗެއް ގެންގުޅޭނީ ރެފިޔުޖީން މިމީހުންނަށް މިޤައުމުގެ ޤާނޫނު ހިގާނެ އަދި ޤާނޫނު ހިންގަން ޕޮލިހުނވެސް ތިބޭނެ. ބަންޤާލޫންނަށް މިޤައުމުގަ ރަސްކަން، ހިގާނެ ޤާނޫނެއްވެސްނޯންނާނެ އެމިހުން ކަންތަށް ބަލަންޔާ އެމިގްރޭޝަން އޮފިސަރުންނަށް ނޫނީ ނުވެޔޯ ޖިނާއީ ކުށެެއްކުރިޔަކަސް ބައެއްފަހަރު ދެން ވަޅިހަރާލާކަހަލަކުޑަކުޑަ ކަމެއް ކޮށްލުމުން ޕޮލިހުން އެމައްސަލަ ނުބަލާވަހަކައެއްނޫން
ދެރަ
30 May 2019
ތިޔަ ބަންގާޅު މީހުންނަކީ ގޮތެއްފޮތެއް ހަމައެއް ލަމައެއްް ގާނޫނެއް ގަވާއިދެއް އޮންނަބައެއްނޫން. މިހާރުވެސް ހަމަ ހުސް ތަންކޮޅެއް ފެންނައިރަށް ފިހާރަހަދައިގެން ވިޔަފާރިކުރަނީ އެއްވެސް ހުއްދައެއްނުނަގާ. އެއްޒަމާނެއްގައި އެތަނަކަށް ދީފަ އޮންނަ ނަމެއްް ބޭރުގައި ޖަހައިގެން. ބޮޑު މުސީބާތަކަށް މިވެރިންވާނެ.
ހޮސައުން ބާއީ
30 May 2019
އެމީހާގެ ނަމެއް ހާމަ ކުރެވޭނީ އޭނާގެ ނަން އެނގޭ މީހަކު ހުރެގެންތާ؟ ޕާސްޕޯޓުގައި އޮންނާނީ ހޮސައިނުލް އިސްލާމް. ރައްޓެހިން ކިޔާނީ ދެސިބާއި. އިމިގްރޭޝަނުގައި އޮންނާނީ އެމްޑީ ކޮމައިލް. ކުންފުނީގެ ރަޖިސްޓްރީގައި އިންނާނީ ސައިފުލް އިސްލާމް. ފޮޓޯއަކަށް އިންނާނީ އެކުގައި އުޅޭ ކަމާލުގެ ފޮޓޯއެއް ދީފައި. ފިންގަރ ޕްރިންޓަކަށް އިންނާނީ ކުންފުނިން ޙަވާލުވެހުންނަ ދިވެހި މީހާގެ ފިންގަރ ޕްރިން. އެވެސް ފަސޭހައަކަށް ޖަހާލަނީ.
ރަދީފް
30 May 2019
ސާބަހޭ ބާއީ.ވަރަށް ރަނގަޅަށް ވައްޓަފާޅި ދަސްކޮށްފަ ހުރިކަމަށް ބެލެވޭ.
ވަރަށް ސަލާމް
30 May 2019
މަޖީދީމަގު ޒިކުރާ މިސްކިތް ކައިރީގައި ޓްރެފިކަށް އުނދަގޫވާހެން މަގުމަތީގައި އެތިބެނީ ބަންގާޅު މީހުން ވަޒީފާ ހޯދަން ނުކުމެ. ކަމާއި ބެހޭ ފުލުހުންނާއި އިމިގްރޭޝަނު ބޭފުޅުންނާއި ސިފައިންގެ ބޭކަލުންނާއި މިނޫނަސް ޤާނޫނު ތަންފީޒު ކުރަން ލާޒިމުކޮށްފައި ތިބި މީހުން އެހިސާބުން ދުއްވަނީ ދެލޮލަށް މޮހޮރު ޖަހައިގެން. އެހެންނޫންނަމަ އެމަންޒަރު ފެންނާނެތާ. އެތަން ތަނުން މީހުންގެ ގެންގޮސް ރަށްރަށަށް ދޫކޮށްލަނީ. ދެން އެމީހުން ވަލަށް ވަދެ ކާއްޓާއި ގަބުޅި މާލެއަ...
ޢިއްސެ
30 May 2019
ހައްޔަރުކުރީ ބަންގްލަދޭޝް މީހެއް. އަންހެންމީހާއާ ދެމީހުން އައީ ދެމަފިރިންނަށްވެގެން. އުމުރުން ބޮޑުތަފާތެއްހުރި ދެމީހުން އެއީ. އަންހެންމީހާގެ ހަށި އެރަށު ބައެއްގެ މައްޗަށް ދޫކޮށްލާފަ މިފިރިހެންމީހާ ސިންގަޕޫރު މަގުން ބަންގާޅަށް ފުރަންގޮސްހުއްޓަ ތިފިރިހެންމީހާ ހިފޭއްޓީ. އޭނައަށް ނުވިސްނު ފުރާގަޑީގަ އިމިގްރޭޝަނުން އޭނައާ ސުވާލުކުރާނެކަމެއް އޭނަގެނައި އަނބިމ ކޮބާތޯ.
ކޮކޮކޮ
30 May 2019
އެހެންވެގެން މަ ބުނަނީ ތި ބަންގާޅު ކުދިން ވިހާތާ 5 އަހަރު ފަހުންނާ އެމީހުންގެ ބޯ ވިހަނީ. ޢެހެން ނޫން ނަމަ ތިހާ ގަޅި ކަމެއް ނުކުރާނެތާ؟