މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމުގެ ބިލުގެ ފުރަތަމަ ކިޔުން އަންނަ ހޯމަ ދުވަހު އިއްވާނެ.
30 މެއި 2019 - 19:43
ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައި ފާސްކޮށް ނުދިން ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމާ ބެހޭ ބިލް މަޖިލީހުގެ ދެން އޮންނަ ޖަލްސާއަކަށް އެޖެންޑާ ކޮށްފި އެވެ.
އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް އެޖެންޑާ ކޮށްފައި ވަނީ އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާގަ އެވެ. ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދެ ކޮމިޝަނެއް އުފެއްދެވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ބަލުމަށެވެ. އެ މައްސަލަތަކުގައި އިންސާފު ހޯދައި ދެއްވުމަކީ އެމަނިކުފާނުގެ ވައުދެކެވެ.
ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ނިމިގެން ދިޔަ މަޖިލީހުން ފާސްކޮށްދީފައި ނުވަނީ ތަފާތު އުޒުރުތައް ދެއްކުމަށް ފަހު އެވެ. އެ ބިލް އަވަސްކޮށްދޭން ސަރުކާރުން ތަކުރާރުކޮށް އެދުމުން ވެސް ބިލް އޮތީ ނިިމިގެންދިޔަ މަޖިލީހުގައި ތާށިވެފަ އެވެ.
Riyaasee commission thakuge bill agenda in nagaa alun committte ah
The most trusted news source in the Maldives
Mihaaru
ރިޔާސީ ކޮމިޝަންތަކުގެ ބިލް އޭރު އެޖެންޑާއިން ނެގުން--
ބިލް މަޖިލިހަށް ހުށަހެޅިއިރު، ގާނޫނުއަސާސީ އާއި މިހާރު ހުރި ގާނޫނުތަކާ ފުށުއަރާ ބައިތައް ބިލުގައި ހުރި ކަމަށް ބުނެ، އެކަމާ މެދު އިދިކޮޅު ފަރާތްތަކުގެ އިތުރުން ކޯލިޝަން ސަރުކާރުގެ ބައެއް ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ. އެއާއެކު އެ ބިލް ވަނީ އިސްލާހު ކޮށްފަ އެވެ. ފަހުން ގެނައި ބަދަލާ އެކު އެ ބިލުގައި ބުނެފައިވަނީ ރިޔާސީ ކޮމިޝަނަކުން ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ތަހުގީގީ އިދާރާއެއްގެ ބާރު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުން ކުރެވޭނެ ކަމަށެވެ.
މީގެއިތުރުން ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދަން ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ ހެކިތައް ހިފެހެއްޓުމާއި ތުހުމަތު ކުރެވޭ މީހާގެ ބޭންކް އެކައުންޓާ ބެހޭ މައުލޫމާތު ހޯދުމާއި އެފަދަ އެކައުންޓުތައް ފްރީޒް ކުރުމަށް ބޭންކްތަކަށް އެންގުމުގެ ބާރާއި ޕާސްޕޯޓް ހިފަހައްޓަން އެންގުމާއި ކޯޓު އަމުރު ބޭނުންވާ ހާލަތްތަކުގައި އެފަދަ އަމުރަކަށް އެދުމުގެ ބާރު ވެސް އޮތީ ބިލުން ދީފަ އެވެ. ބިލްގައިވާ ގޮތުން ރިޔާސީ ކޮމިޝަން އެކުލެވިގެން ވަނީ އެ ވަގުތަކު، ރައީސް ކަނޑައަޅުއްވާ މެމްބަރެއް ނުވަތަ މެމްބަރެއްގެ މައްޗަށެވެ. އަދި ކޮމިޝަނަށް މެމްބަރުން އައްޔަންކޮށް ވަކި ކުރާނީ ރައީސް އެވެ. އަދި މެމްބަރުން އިތުރު ކުރުމާއި މަދު ކުރުމުގެ ބާރު ވެސް ބިލުން ދީފައި އޮތީ ރައީސް އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޮށަލިތަކުރު
31 May 2019
ކުދިންނޭ ރޯންޖެހޭ ދުވަސް އެބަ ކައިރިވޭ. އުފާކުރިއްޔާ ހިތާމަވެސް ކުރަންޖެހޭނެ. ތިޔަ ބިލަކުން ސަލާމަތް ނުވެވިގެން ބާރަށް ހަޅޭއްލަވަން ތިބޭ ދުވަސް އަދި އަންނާނެ. މުޒާހަރާކުރާ ދުވަސްވެސް އަންނާނެ. މުޒާހަރާ ގާނޫނުއަސާސީ ހަދައިގެން ވެރިކަން ކުރަން އުޅުނީމާ ވީގޮތަށްވުރެ ހިތިގޮތެއް ތިޔަ ބިލުން ފެންނާނެ. އެދުވަހަށް އިންތިޒާރުކުރައްވާ!
އަލިތަކުރުގެ ދޮންދަރި
01 June 2019
މިފަހަރު ހުރިހާ ބިލެއްވެސް ފާސްކޮށް ކޯޓުތައް ސާފުކޮށް ކޯނީ ރިޕޯރޓު ރާއްޖޭގެ ކޯޓުތަކުން ބަލަން މަޖުބޫރުވާގޮތަށް ބިލެއް ފާސްކޮށްދީ
ޚުދުމުޚުތާރު
31 May 2019
ތިޔަ ބިލަކީ ޚުދުމުޚުތާރު ވެރިކަމެއް ފެށުމަށް އަޅައިލެވޭ ބިސްމި. ޑިމޮކްރަސީ ހަލާކުވުމުގެ ފެށުން. މިއަދު ހެވިފައި ތިޔަ ބިލް ފާސްކުރާ މީހުން މާދަމާ ތިޔަ ބިލް އުވާލަން މަގުމައްޗަށް ނުކުންނާނެ. މިއީ ޝައްކެއް އޮތް ކަމެއް ނޫން. މި ކޮމެންޓް މިހާރު ނޫހުން ރައްކާކުރައްވައިގެން ތިއްބަވާ. މިބުނާ ދުވަސް އައިމާ އަލުން ތާރީޚާއެކު ޖައްސަވައިދެއްވާތި އިގޭތޯ.
މުއަސް
31 May 2019
ކޮބާ ހިވޭކަމެއްހެން. ޔާމިން ދިން ފުލެޓްގަ ނިދާލައިގެން ދިންހާއެއްޗެއްކައިގެން, ފޫދަށުން ދަމައިކަމުން ދިޔައިރު, ފެނ.ނަ ލޮލަށް ނުފެންނަ ކަމަށް އިވޭކަންފަތަށް ނީވޭކަމަށް ހެދިގެން, މިނިވަންމުއައްސަސާއެކޭ ކިޔާފަ ތިބީމާ ވިގޮތް މިފެންނަނީ. ސާބަހޭ ރައީސް ދޫނުkރާތި. ގޮހޮރުގަ ހުރިތަކެތީގެއިތުރުން ކައިފަ ހަޖަމްކުރިބައިގަhރީ ކޯންޗެއްތޯ ބަލާފަ ނޫނީ ދުލެއް ނުކުރާތި.
ބަބުރޭ
31 May 2019
ހުސް ޑުބްލިކޭޓް....މިހާރުވެސް ތިކަންތައްތައް ކުރަން ގާނޫނުން ބާރުދީގެން އުފެއްދި ކޮމިޝަންތައް އެބަހުރި. ސުޕަމެޖޯރިޓީ އޮތްއިރު އެކޮމިޝަންތައް މަސައްކަތް ނުކުރަންޏާ އިސްލާހު ކުރެވޭނެ...އެއްކަމެއްކުރަން ދެ ތަނެއް ބޭނުމެއް ނުވާނެ، ކޮންމެވެސް އެއްތަނެއް އުވާލާ ނޫނީ ދައުލަތައް ބޮޑު ހަރަދަކައް ވާނީ.....
ގަހާފޮޑިދޮންތި//ފޭދޫ
01 June 2019
ސާބަހޭ ކޮމިޝަންތައް ހަދަން އެބަޖެހޭ އަދި ކޯނީ މައްސަލަ އަލުން ބަލަން ބިލް މަޖިލީހުންފާސްކޮށްދިނުމުގެ ކުރީން ކޯޓުތައް ދޮވެސާފުކުރުން މުހިއްމީ
ކޯޗެއް
31 May 2019
އަދުލު އިންސާފު ގެ މުއައްސަސާ އާ ތަހުޤީގު ކުރާ މުއައްސަސާ އަށް 5 އަހަރު 6 އަހަރު ވީ އިރުވެސް ގަތުލުއާންމުތަކުގެ ކަންތައް ނުވީމަ ކޮމިޝަން ހަދަން ޖެހުނީ. މިހާރު ދެން ގާނޫނު އަސާސީ ފެނިގެން ނިއުސްކޮންފަރެންސް ބާއްވާނެކަމެއްނެތް. ދެން އެކަން ކުރާނީ ކޮމިޝަނަށް ބާރުދީގެން.. މިއޮއް ހުރިހާދުވަހު ގާނޫނު އަސާސީ އޮތީ ފޫކޮޅުދަށުގަ ގޮނޑީގަ އިށީންނައިރު. ރައްޔިތުން ތިބެންޖެހުނީ އަނގަނަގައިގެން ރޯލަ ރޯލާ..
ގަތުލުއާންމު
31 May 2019
ވިސްނާލީމުތަ! މުޒާހަރާކުރީ ޔާމީން ރަޝީދަށް ހައްގު ހޯދަން. އެދުވަހު ޔާމީނަށް ހައްޤު ހޯދަން ވަކާލާތުކޮށް ރާއްޖެ ޓީވީގައި ވާހަކަ ދައްކަން ތިބީ ހަސީނާއި ޝާއިރު. މިއަދު މަރާލި މީހުންގެ ވަކީލުންގެ ގޮތުގައި ދިފާއުގައި ކޯޓުތަކުގައި ވަކާލާތުކުރަން އެތިބީވެސް ހަމަ މި ދެ ވަކީލުން. މިއަދު މި ދެ ވަކީލުން ޔާމީން ރަޝީދުގެ ހައްގުގެ ވާހަކައެއް ނުދައްކާ.
ހުޅުޅޭ ބޮޑުމީހާ
31 May 2019
ރިޔާސީ ކޮމިޝަން އެއްނޫން ކިޔަންވީ ސިޔާސީ ކޮމިޝަން ސުއޫދު، މިސްބާހު މި ބޭބޭފުޅުން ވާނެތަ މިނިވަން ބޭބޭފުޅުންނަށް؟
ހިތާހިތުގެ ގުޅުން
31 May 2019
ކޮބާތޯ ފެލެޓްގެ ބިލް ފުލެޓް ލިބޭގޮތް އަވަސް ކޮށްދީ.
ހަތްކުޅިދުމަދު ރައްފުށު.
31 May 2019
ރަށުގަހުރޭ ކޮންފުލެޓެކޭ ކިޔާކަށް..
އާރީ
31 May 2019
ރައީސް ނަސީދު ވިދާޅުވި މީ ވަގުން ހިފާމަޖިލިހޭ. އެކަން އެމަނިކުފާނު ޒައާމަތުގައި ކުރާނެ ކަން ކަށަވަރު.
މަ ސީހު
30 May 2019
ފާސްކުރާއިރު އެއަށް ދެތިންދަތް އިތުރުކޮށް ވަރުގަދަކުރާތި..
ޓޮމްބާ
30 May 2019
ސާބަހޭ އިއްޒަތްތެރި ރައީސް، ރައީސް ނަޝީދު.. ތިވަރެއްހަމަ ނެތް