ހިތަދޫ އެޕޯލޯ ފިހާރައިގެ ތިޖޫރި ވަގަށް ނަގައިފި

އައްޑޫ ހިތަދޫގެ އެޕޯލޯ ފިހާރަ ރޭ ދަންވަރު ފަޅާލައި، އެތަނުގެ ތިޖޫރި ވަގަށް ނަގައިފި އެވެ.


ފިހާރަ ފަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހެނދުނެވެ. ވަގަށް ނެގި ތިޖޫރީގައި 27،704ރ. އާއި 1،200 ޑޮލަރު ހުރި ކަމަށް އެނގިފައިވެ އެވެ. އަދި ތިޖޫރި ހޯދަމުން ދަނިކޮށް، ވަލެއްގެ ތެރެއަށް އެއްލާލައިފައި އޮއްވައި ފެނިފައިވެ އެވެ. އޭރު ތިޖޫރި ހަލާކުކޮށްލައި، އޭގެ ހުރީ ފައިސާކޮޅު ވަނީ ގެންގޮސްފަ އެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، ވައްކަމުގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.