ރާއްޖެ އިން ބޮލީވިއާއާ އެކު ގުޅުން ގާއިމު ކުރި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތިލްމީޒާ އާއި ބޮލީވިއާ ސަފީރު އެއްބަސްވުން ބަދަލު ކުރައްވަނީ.
01 ޖޫން 2019 - 16:47
ރާއްޖެ އާއި ބޮލީވިއާއާ އެކު ސިޔާސީ ގުޅުން އިއްޔެ ގާއިމުކޮށްފި އެވެ.
ދެކުނު އެމެރިކާ ބައްރުގައި އޮންނަ ބޮލީވިއާއާ އެކު ގުޅުން ގާއިމު ކުރުމުގެ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކުރެއްވީ ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަދި އެމެރިކާގައި ރާއްޖެ ތަމްސީލް ކުރަވާ ސަފީރު ތިލްމީޒާ ހުސައިނެވެ.
The Maldives and Bolivia establish diplomatic relations. The Permanent Representatives of both countries signed the joint communiqué in New York today. The Maldives looks forward to further enhancing cooperation with Bolivia in the future. 🇲🇻🇧🇴 pic.twitter.com/Eu2tAUGbws
— Maldives Mission NY (@MVPMNY) May 31, 2019
އެމެރިކާގެ ނިއުޔޯކްގައި ބޭއްވި ރަސްމިއްޔާތެއްގައި ބޮލިވިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން އެމެރިކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަޝާ ސާޖިއޯ ލޮރެންޓީ ސޮލިޒް އެވެ.
ބޮލީވިއާ އަކީ ރާއްޖެ އިން 171 ވަަނަ އަށް ސިޔާސީ ގުޅުން ގާއިމްކުރި ގައުމެވެ.
ނިއުޔޯކްގައި ހުންނަ ރާއްޖޭގެ މިޝަނުން ބުނީ ރާއްޖެ އާއި ބޮލީވިއާއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މުހިއްމު މަސައްކަތްތައް ކުރިމަގުގައި ކުރަން އުއްމީދު ކުރާ ކަމަށެވެ.
ބޮލީވިއާ އަކީ އާބާދީގައި 11 މިލިއަން މީހުން ދިރިއުޅޭ ގައުމެކެވެ. އެއީ ދެކުނު އެމެރިކާގެ ފަސް ވަނަ އަށް އެންމެ ބޮޑު ގައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅު3
02 June 2019
ބޮލީވިޔާ އެމްބަސީ އެއް ރާއްޖޭގަ ހުޅުވަން ފެނޭ...
މުޙައްމަދު1
01 June 2019
އަދިވެސް ގަތަރާއެކު ގުޅުން ގާއިމެއް ނުކުރޭ. ހަމަ ސައުދީންގެ ނުފޫޒުގަ ޖެހިފަ.
ރަދީފުއްދީނުލް އަކްބަރު
01 June 2019
މިހާރު ގުޅުންގާއިމްކުރާ ގިނަގައުމުތަކާ ގުޅުންގާއިމްކުރަނީ ވެރިކަން ނިމެންވާއިރަށް ހިސާބު އަދަދުތައް ރީތިކޮށްލަން.
ްއަދުރޭ
01 June 2019
ބަލަ އެންމެންނާވެސް ގުޅުން ބާއްވަންޖެހޭނެ.އެއީ އިސްލާމީ ރިވެތި އުސޫލް. މާދަމާވެސް ހާލުގަ ޖެހިއްހެނަމަ ފަހަރުގަ އެމީހުންގެފަރާތުން އެހީތެރިކަމެއްވެސް ލިބިދާނެ.
ބުއްޅަބޭ
01 June 2019
ތި ކަމުންކޮންކަމެއއްތޯ އަޅުގަނޑުމެންނަށް ލިބެނީ ބޮލީވިއަކީވެސް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ދެކުނު އެމެރިކާގެ ފަގީރު ޤައުމެއްGDP growth rate: 4.2% annua
އަމީ!
01 June 2019
އެއްޗެއް ނުލިބެންޏާ ބަޔަކާނުވޭތަ ގުޅުމެއްބާއްވަން؟!ދިވެހިންގެ ވިސްނުން!!
އާދަމް ބާއީ
01 June 2019
އެއްޗެހި ލިބޭތީދޯ މުސްލިމުންގެ އެއޮށްބޮޑު ދުސްމަނު އިންޑިޔާގެ ތައްޕާހަށް ވެސް ވެއްޓިގަނެގެން މިއުޅެނީ.
ޑރ.އިބުރާހިމް ޗޮޕުރާ
01 June 2019
އާދަމް ބާއީ އިންޑިއާއި އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅޭ ލައްޓި ބެއްޔާމެނަށް ސާފުކޮށް ބުނެލަން ބޭނުންވަނީ އިނޑިއާގައި މުސްލިމުންގެ އަދަދު އަވަށްޓެރި ޕާކިސްތާނަށް ތުރެން %23.9 ގިނަ.. މާނައަކީ އިނޑިއާގެ އާބާދީގެ ނިސްބަތުން %15.9 އެއީ މުސްލިމުން 121 މިލިއަން މުސްލިމުން މިތަނުގައި ދިރިއުޅެނީ އުފަލުން . އިންޑިއާގެ ގާނޫނު އަސާސީ ގައި މުސްލިމުންގެ ހައްގު ހިމާޔަތްކޮށްފައިވޭ..އީދު އަދި ދީނީ ބަންދުތައް ސަރުކާރުބަންދު. ތަންދޮރު އުޅުން ނުފިލާ ގުންޑާތަ
އާދަނު2
01 June 2019
އާދަމްބާއީ އަށް ނުފެނޭތަ އިނެޑިޔާއިން ދޭ އެހީތަށް؟
ޢަބްދުﷲނާފިޒް
02 June 2019
އަބަދުވެސް އެތިވަރަށް ދެއްތޮ އުޅެންޖެހޭނީ، ތިހިރަ ވިސްނުމަކަށް ހަމަ ސާބަސް.
މަޒް
02 June 2019
ފަގީރުން ދެކެ ހާދަ ބިރެއް ގަނެއޭ ދޯ؟