ކުރީގެ ނައިބު ރައީސް އަދީބު: އެމަނިކުފާނުގެ މައްޗަށް އުފުލި 12 ދައުވާއެއް އަނބުރާ ޕީޖީ އަށް ފޮނުވާލަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައި. --މިހާރު ފޮޓޯ: ހުސެއިން ވަހީދު
02 ޖޫން 2019 - 14:36
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުވާ އުފުލި ޚިޔާނާތާއި ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ލޯންކޮޅުގައި އެއްޗެއް ގޮއްވާލުން ފަދަ މައްސަލަތައް ނުބަލައި އަނބުރާ ޕީޖީ އަށް ފޮނުވާލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމުން ސުވާލު އުފެދިއްޖެ އެވެ.
ޔާމީންގެ ސަރުކާރުގައި ބާރާއި ނުފޫޒު އެންމެ ގަދަ އަދީބުގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް އުފުލި އެވެ. އެ ދައުވާތަކުގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވި ނަމަވެސް މަތީ މަރުހަލާގެ ކޯޓުތަކުން އެ ހުކުމްތައް މިހާރު ބާތިލްކުރުމުން އަދީބު ވަނީ "މިނިވަންވެފަ" އެވެ.
އެއާ އެކު ކޯޓުތަކަށް އަނެއްކާވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެ އެވެ.
ޕީޖީ އަށް އަނބުރާ ފޮނުވާލަން ނިންމި މައްސަލަތަކުގެ ތެރޭގައި ހައި ކޯޓުން ކްރިމިނަލް ކޯޓަށް އަލުން ބަލަން އެންގި ދެ މައްސަލަ ވެސް ހިމެނެ އެވެ. އެއީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް އަދީބު ޚިޔާނާތްތެރިވި މައްސަލަ އާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އެވެ.
ދެން އަނބުރާ ފޮނުވާލަން ނިންމި ގިނަ މައްސަަލަތަކަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ޕީޖީން ކުރި އެކި ދައުވާތައް ކަން އެނގިފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަހްމަދު ހައިލަމްގެ ހުށަހެޅުއްވުމާ އެކު ފަނޑިޔާރުންގެ މަޖިލީހުން އެންމެ ގާޒީއެއް ފިޔަވައި އެހެން ހުރިހާ ބޭފުޅުން އެއްބަސްވެވަޑައިގަތީ، އަދީބުގެ މައްސަލަތައް ނުބަލައި އަނބުރާ ޕީޖީގެ އޮފީހަށް ފޮނުވާލަން ކަމަށް ވަނީ އެނގިފަ އެވެ. ސަބަބެއް ކަމަށް ދެއްކީ، އަދީބާ ގުޅޭ މައްސަލަތަކަށް ވެސް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ފެބުރުއަރީ 1، 2018، ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުއްވި އަމުރުގައި ބުނެފައި އޮތުމެވެ.
ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް، ނުވަ ގައިދީއަކު ވަގުތުން މިނިވަން ކުރަން އަމުރުކުރި އެ އަމުރުގައި ބުނެފައި ވަނީ އެ މައްސަލަތަކުގެ ތަހުގީގާއި ދައުވާ ކުރުމާއި ޝަރީއަތަށް ވެސް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ އަމުރުގައި ނުފޫޒުގެ ވާހަކަ ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމަށް ބުނެ، އަދީބުގެ މައްސަލަތައް ނުބަަލަން ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމާ މެދު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ނަން ހާމަނުކުރަން އެދިވަޑައިގެން ވާހަކަ ދެއްކެވި ގާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ އަދީބުގެ މައްސަލަތައް ނުބަލަން ނިންމި ފަނޑިޔާރުންގެ މަޖިލީސް ވެސް ބޭއްވީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށެވެ. ހައި ކޯޓުން ދެ މައްސަލައެއް އަލުން ބަލަން އަންގާފައި ވަނިކޮށް އެ މައްސަލަތައް ނުބަލަން ފަނޑިޔާރުންގެ މަޖިލީހުން ނިންމުމަކީ ހައި ކޯޓުގެ އަމުރަކާ ދަށު ކޯޓުން ޚިލާފުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޚިޔާނާތާއި ފިނިފެންމާ ލޯންޗުކޮޅުގެ މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އަދީބު ހުންނެވީ 15 ދުވަހުގެ ގޭބަންދުގަ އެވެ. ހައި ކޯޓުން އެ ބަންދު އުވައެއް ނުލަ އެވެ. ހުކުމުގައި ބުނެފައި އޮތީ އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބު ދަށު ކޯޓަށް ހާޒިރުކޮށް، ބަންދާ މެދު އަލުން ގޮތެއް ނިންމުމަށެވެ.
"ހައި ކޯޓުން ބަލަން އެންގި ދެ މައްސަލައެއް ވެސް ނުބަލައި އަނބުރާ ޕީޖީ އަށް ފޮނުވާކަށް ނުނިންމޭނެ. އެ މައްސަލަ ބަލަން ޖެހޭނެ، މައްސަލަ ބެލި ފަނޑިޔާރުގެ ނިންމުން ގޯހިއްޔާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ،" އޭނާ ވިދާޅުވި އެވެ.
"ދެން ހުރި މައްސަލަތަކުގެ ޝަރީއަތް ވެސް ކުރިއަށް ނުގެންގޮސް ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ކަނޑައެޅީމަ، އެއީ ނުފޫޒު ފޯރުވުން ކަމަށް ބެލުމުގެ ޖާގަ އެބަ އޮތް."
ކްރިމިނަލް ކޯޓުގެ މި ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޝަރުއީ ނިޒާމު އިންސާފުން ބޭރުވެފައިވާ ކަމުގެ މިސާލެއް ދައްކަމުން، އެކަކު ލިއެފައިވާ ގޮތުގައި، ރިހާކުރު ފުޅިއެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރި މީހާ ޖަލުގައި އުމުރު ހޭދަކުރަނީ އެވެ. އެކަމަކު ދައުލަތުން 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްވި ކަމަށް ތުހުމަތުކުރާ އަދީބު މިނިވަންވުމަކީ އިންސާފެއްތޯ އޭނާ ސުވާލު ކުރި އެވެ.
Fact:
— aimanrasheed (@aimanrasheed) May 30, 2019
- 1.4 billion of public money stolen
- 57 islands and lagoons given away
- 100s of MPs and State officials benefited from corrupt money
Also fact:
- a whistleblower was convicted for exposing the corruption
- Adeeb is free
What does this say about our justice system?
އަދީބު މިނިވަންވުމާ އެކު ސުވާލު އުފައްދަވައި ޓްރާންސްޕޭރެންސީގެ އައިމަން ރަޝީދު ކުރެއްވި ޓުވީޓެއް.
The same courts who sentenced Adeeb to 33yrs in jail freed him today? What sorcery is this?
— yaxyn (@yaxynn) May 30, 2019
Why so many “congratulations” following the release of Adeeb?
— Naaj (@naaajie) May 30, 2019
Not that he’s returning the money he embezzled from the state..
What about the case of Rilwan..
What about the case of Afraasheem..
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީރާ
04 June 2019
މިސަރުކާރު ގެންނަން ބޮޑުކޮށް ހަރަދުކުރީ އަދީބް އޭގެބަދަލު މިފެނުނީ އެޖެނޑާ 19
ކޮކީ
03 June 2019
ދަވާލި ލާރިގަނޑަށް ބިޓްކޮއިން ހަދާފަ އަރާމު ކޮށްލަނީ
ކަނބިލި
03 June 2019
ބޮޑެތި މުޖުރިމުން ފަސޭހަ ކަމާއެކު މިނިވަންވެ ހުދު ކާފޫރުކޮޅަކަށް ބަދަލުވަނީ. ދިވެހިން ބުނޭ ހަކުރު ދެންޏާ ބޮޑުބޭބެ އޭ
ޢަބްދުﷲނާފިޒް
03 June 2019
ކުއްލިއަކަށް އަދީބު "މިނިވަން"! މިއީ ކިހިނެއްވާ ކަމެއް؟ ވައިރެހަކުން ވީކަމެއް ތޯއްޗެ، އަދީބަށް ދިނީ ނުހައްގު އަނިޔާތަކެއްނަމަ ޒިންމާވާނީ ކޮންފަރާތަކުންބާ!
ބިލިިމަގު
02 June 2019
މި ފަނޑިޔާރުންނަށް ހެދޭނެ އެއްވެސް ގޮތެއް ނެތީތަ؟
އިއްސޭ
02 June 2019
ކުރީގެ ސަރުކާރު ބަދަލުކުރަން އެންމެ ބޮޑު އެހީތެރިކަމެއް މިސަރުކާރަށް ދިނީ އަދީބު އޭގެ ބަދަލު މިފެންނަނީ، މިއީ އޮޅިގެން ހިނގާކަންކަމެއްނޫން، މިއީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ދަށުން ހިނގާކަންކަން
ދދދދދދދ
02 June 2019
ކަލޭ ގޮސް އަހާބަލަ ނަޝީދު ކައިރީ ކިހިނެއްވާ ކަމެއްތޯ. ކަލޭ ލަދެއްވެސް ނުގަނޭތަ ތިހެން އަހަން؟
ޢެމްޑީޕީ
02 June 2019
ޔާމީނާއި ދެކޮޅައް ހެކިވެރޔަކައް އަދީބު ހަމަޖެއްސުމާއި ހިސާބުން ތިކަމެއް ފެށުނީ. ޢެމްޑީޕީއިންވެސް ބޭނުންވަނީ ފަނޑިޔާރުގެއައް އަތްބާނަން. އަދި އަތްބާނަމުން އެދަނީ.
ދަތްނެތްކުއްޖާ
02 June 2019
ފަނޑިޔާރުން ސަރުކާރު ދެކެ ރުލި ގަދަވެގެން ރައްޔިތުންނަށް ޖެއްސުން ކުރުމަށް ކުރާ ކަމެއް ތިއީ. ތިކަން ރައްޔިތުން އަކަށް އޮލިގެނެއް ނޫލޭ!
އެހެންތަ
02 June 2019
ސަރުކާރުން އެކަމާ ރުޅިގަދަވެގެން ނޫޅެނީ ދެން ކީއްވެޔޯ؟ އެމީހުންނަށް ހީނުވޭ އަދީބަކީ އަދަބެއް ލިބެންވާ މީހެކޭ އެއްގޮތަކަށްވެސް..
ސާލިމްދ
02 June 2019
ހޯރައިއްބެ ދޫކޮށްލި ދުވަހު ޔަޤީން ކޮށްފިން މިސަރުކާރުގައި ކުއްވެރިންނަށް އެއްވެސް ބިރެއް ނެތްކަން ކޮންމެ ގޮތަކުންވެސް ވެރިން ބޭނުން ބައެއް ރައްޔިތުންގެ ބޮލަށް އެރުމުގެރ ނަތީއްޖާ ފެންނަމުންދަނީ