ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފޮށި ފަޅާލައިގެން ނެގި ފައިސާ ހޯދައި ހަވާލުކޮށްފި

ތ. ތިމަރަފުށީގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފޮށި ފަޅާލައި ވައްކަންކުރި މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ފައިސާ އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުން ބުނީ މި ވައްކަން ކޮށްފައިވަނީ ރޭގެ ފަތިހު 5:30 ހާއިރު ކަމަށެވެ. ފޮށިން ވަގަށް ނަގާފައިވަނީ 2،785ރ. ކަމަށާއި ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި އޭނާގެ އަތުން އެ ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.