ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
11 ޖޫން 2019 - 15:39
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީގެ މަސައްކަތްތައް ކުރަމުން އަންނަނީ ވަރަށް ލަސް ސްޕީޑެއްގައި ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި މިސާލެއްގެ ގޮތުން ނެންގެވީ ބޮޑު ތަކުރުފާނު މަގު ފުޅާކުރި އިރު މަގަށް އަރާތީ ނަގަން ޖެހުނު ސްޓެލްކޯގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ހުއްޓިފައި ހުރި ހުރުމަށެވެ.
އޭނާ ވިދާޅުވީ ކަމާ ބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ޕަމްޕް ސްޓޭޝަން ބަދަލުކުރަން ކުރި މަސައްކަތް ހުއްޓުވީ ނޮވެމްބަރު 17 ގައި ކަމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވި ދުވަހެވެ.
Verikamah 8 mas vanee; Male Boduthakurufaanu Magu fulhaakoh thaaruelhumuge masakkathugai Stelco pump station magumathin nagaa magufulhaakurumah eyru kamaabehey hurihaa faraaithakeh gulhigen kurevemun dhiya masakkai 17/11/2018 gai huttunu gothah huttifa. pic.twitter.com/mcYRFEL3Bl
— Dr.Mohamed Muizzu (@MMuizzu) June 10, 2019
މުއިއްޒުގެ ޓްވީޓް
މިހާރުގެ ސަރުކާރުގެ ސްޕީޑަށް މުއިއްޒު ފާޑުވިދާޅުވި އިރު ޔާމީންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒުވި އެއް ބޭފުޅަކީ މުއިއްޒެވެ. އެގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ހިންގި މަޝްރޫއުތަކުން ފްލެޓް ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު އޭނާއަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ.
އާ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ގޮވާލާފައި ވަނީ އެ މައްސަލައިގައި މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ.
މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގެ ދަށުގައި ވަރަށް ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ސިނަމާލެ ބްރިޖާއި އެއާ ގުޅޭ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫއު ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތޯތޯ
15 June 2019
ފިނިހަކަދުވެެލި
ރެޑިންގ
13 June 2019
މީ ކާކު ތަ ސަރުކާރުގެ އިސްޕީޑަށް ހަޖޫ ޖަހަން! ތިމާ ހިންގި ޕްރޮޖެކްޓުތަކުގެ ދެ އުޅިއެއް ނުވާ ވާހަކަ ދެއްކިއްޔާ މާ ތާހިރުވާނެ! ކޮންތާކުން ކިޔަވައިގެން އުޅޭ މީހެއްތަ މީހެއްތަ މީ! ތަނެއް ދޮރެއް އުޑެއް ބުޑެއް އެނގޭ މީހެއް ނޫން މީކީ!
ކަޓޭ
12 June 2019
މުއިއްޒު މެންނަށް ފާޑުކިޔާ، މަލާމާތް ކުރެވެން އެބައޮތް. މުއިއްޒު މެންގެ ސަރުކާރުގަ ކަންތައްތަކެއް ކުރި، އެހެރީ ފެންނަން. ރައްޔިތުންގެ ފައިސާ ނަހަމަގޮތުގަ (ކޮރަޕްޝަން) ބޭނުންކުރިކަމަށް އަދި ސާބިތުވާ އެއްވެސް ކަމެއް ނެތް. މި ސަރުކާރުން އެ މައްސަލަތައް ނުބަލައިފިނަމަ އެ ސަރުކާރަށްވުރެ މި ސަރުކާރު ގޯހޭ ބުނާނެ.
ަަދރ
12 June 2019
އަވަސް އަރުވާލައިގެން މުއިއްޒު ވުމަށްވުރެ މޮޅީ ލަސްލަހުން ރަނގަޅަށް ކަންކުރުން
ގަލަން
13 June 2019
ލަސް ލަހުން ރަނގަޅަށްވެސް ކުރެވިގެންތާ! ހަމަ އެއްވަރެއް ވެސް ނުވަނީ ވިއްޔާ
އިބުރާ
12 June 2019
މުއިއްޒު ކައިރިން އަހާ ބަލަ ކީއްވެހޭ އެތަން ނުނިމި އެއިނީ. މުއިއްޒު އަވަސްއަރުވާލއިގެން މޫދުގަ ހެދި ޕަންޕު ސްޓޭޝަން ސްޓެލްކޯއިން ބުނި ގޮތަށް ނަހަދައިން މުއިއްޒު ބޭނުންވާ ގޮތަށްހެދުމުން އެހެރީ ބޭނުން ނުކުރވިފައި
ބޭބެ
12 June 2019
މުއިއްޒު އަކީ މޭން އެކޭ...
ކަކުނިބޯ
12 June 2019
ބައިއެޅޭ ޕްރޮޖެކްޓެއްތޯ
އިބްރާހިމް
12 June 2019
ރޯޑް ހަދަން ކުންފުންޏެއް ހެދިޔަސް ހޯޕެއްނެތް. އެމްޑީޕީ ސައިޑުން ވަޒީފާތަށްދެނީ އެކްޓިވިސްޓުންނަށް. މިއޮތްފަދަ ޒަމާނުގައި ގްރޭޑް 7 އަކުން ފާސްނުވި މީހުންނަށް ބޮޑެތި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރ ކަމޯ. މިސާލަކަށް ފެނަކަ އެމްޑީ , ފިއުލް ސަޕްލައި އެމްޑީ , އެސްޓީއޯގައި ހުރީ ޑްރަގް މައްސަލައެއްގައި ސްކޫލުން ކަނޑާލި ކުއްޖަކު ފޭކް މާސްޓަރ ޑިގްރީ އެއް ދައްކައިގެން. ރައީސް ނަޝީދަށް ދަންނަވަން މަޖްލިސުގެ ކޮމިޓީއަކުން މިކަހަލަ ކަންތަށް ބަލާ ހުއްޓުވަން. ހެޔޮވެރިކަމެއް ކުރެވެނީ އޭރުން.
އިބިރިހިންބެއްޔާ
12 June 2019
ނަޝީދަށް ކިހިނެއް ކެރޭނީ އެކްޓިވިސްޓުންނާ ބެހެން. ނުވާނެ ތިކަމެއް.
ސާއިދު
12 June 2019
މުއިއްޒުގެ ވަޒީރުކަމުގައި ރެއާއިދުވާލު ޕާރކްތަކާއި , ހިންގާ ޕޭވްމަންޓާއި އަދި ދުއްވާ މަގުތަކުގައި ތާރައަޅާ ހެދި. ހަޤީޤަތްވާނީ ހަޤީޤަތަށް. ދެން ވައްކަންކުރީއޭ ބުނާތީއާއި ޔުނިޓީވެރިކަމުގެ ތަރައްޤީ މާބާރުވާނޭބުނެ ވައުދުވީމާ މިއޮތީވެރިކަން ބަދަލުކޮށްދީފަ. މާލޭގެ މަގެއްގަައި އަދި ތާރަ އެޅުމުގެ މަސަައްކަތެއްނުފެށޭ. މުއިއްޒުގެ މައްޗަށް ވައްކަމުގެ ދަވްއާއެއްވެސް ނެތް. ކޮބާ ދެއްކިވާހަކަތަށް?
އާނަ
12 June 2019
ކުރީ ސަރކާރޭ މިސަރުކާރޭ ކިޔުމުގެ މާބޮޑު ބޭނުމެއް އެބައޮތްތޯ؟ ކޮންމެ ސަރުކާރަކުންވެސް ނިކަމެތި ރައްޔިތުމީހާ ބާރުވެރި ކުރާތަނެއްނުފެނޭ. އަދި ކޮންމެ ސަރުކާރަކުންވެސް ބާރުސްޕީޑްގައި މަސައްކަތްތައް ފަށަނީ ދައުރު ނިމެންކައިރިވީމާ. އަނެއްދައުރު ހޯދުމަށް. މިހާތަނަށް ކަންކަން ކޮށްދީފައިހުރީ އުޞޫލުތަކަށް ކަނޑައަލާފައިވާ ކަންކަމަށް ރިއާޔަތްކޮށްގެންބާ؟ މިކަން ވަރަށް ރަނގަޅަށް ސާބިތުވާނެ ގެދޮރުވެރި ކުރުވި ޕްރޮގުރާމުންވެސް.