ހުޅުމާލޭގައި ދަރިވަރުންތަކެއް ސްކޭޓް ކުރަނީ: އެއްދަންފަޅީގެ ސްކޫލްތައް ފެށުމަށް ނިންމާފައިވަނީ ކަސްރަތުން-- ފޮޓޯ: މިހާރު
12 ޖޫން 2019 - 10:56
އެއް ދަންފަޅި އަށް ކިޔަވައިދޭން އިއްޔެ ފެށި 22 ސްކޫލުގައި ދަރިވަރުން ސްކޫލަށް ފޮނުވަން ޖެހޭނީ ހެނދުނު 6 ޖަހާއިރު ކަމަށާއި ސެޝަން ފަށާނީ ކަސްރަތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ކުރި ސްކޫލުތަކުގެ ތެރެއިން 20 ސްކޫލަކީ އެކި ރަށްރަށުގެ ސްކޫލްތަކެވެ. މާލޭ ސަރަހައްދުން އެއް ދަންފަޅި އަށް ކިޔަވައިދޭން ފެށީ ވިލިމާލޭގައި ހުންނަ މުހިއްޔުއްދީން ސްކޫލާއި ހުޅުމާލޭގައި މި އަހަރު ހުޅުވި ހުރަވީ ސްކޫލުގަ އެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަކީބް ވިދާޅުވީ އެއް ދަންފަޅި އަށް ކިޔަވައިދޭން ފެށި ސްކޫލުތަކުގެ ތެރެއިން ރަށްރަށުގެ ގިނަ ސްކޫލުތަކަށް ކުދިން ގެންދަން ޖެހޭނީ ހެނދުނު 6 ޖަހާއިރު ކަމަށެވެ. އެއީ އެއްގަޑިއިރުގެ ކަސްރަތު ޕްރޮގްރާމަކަށެވެ. އެކި ސަަބަބުތަކާ ހުރެ މުހިއްޔުއްދީން ސްކޫލާއި ހުރަވީ ސްކޫލުގައި އެގޮތަށް އަދި ސެޝަނެއް ނުފެށެ އެވެ.
އެ ގަޑިއަށް ކުދިން ސްކޫލަށް އައުމުގެ ކުރިން ފަތިސް ނަމާދު ކުރުމަށް އެޑިއުކޭޝަނުން ވަރަށް ބޮޑަށް ބާރު އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އާންމުންނަށް ހީވެފައިވާ ގޮތަށް، ފަތިސް ނަމާދަށް ސްކޫލަށް ކުދިން ގެންދާކަށް ނުޖެހެ އެވެ.
"ސްކޫލުގައި ނަމާދު ކުރާގޮތަކަށް ނޫން މިއޮންނަނީ. އަޅުގަނޑުމެން މި އެންކަރޭޖް ކުރަނީ އެ ގަޑިއަށް ކުދިން ސްކޫލަށް އަންނައިރު ނަމާދު ކޮށްގެން އައުމަށް،" ޝަކީބް ވިދާޅުވި އެވެ.
ކަސްރަތު ހަރަކާތްތައް ހެނދުނު ހަތެއް ޖަހަންދެން ކުރިއަށް ގެންދިއުމަށް ފަހު ދެން އެ ކުދިން އަނެއްކާ ވެސް ފޮނުވަނީ ގެއަށެވެ. ކިޔެވުމަށް ތައްޔާރުވެގެން ސްކޫލަށް ދާން ޖެހެނީ 8 ޖަހާއިރަށެވެ. ނާސްތާ އަށް ފަހު ފަށާ ސެޝަންތައް ކުރިއަށް ގެންދަނީ މެންދުރު ފަހު ތިނެއް ޖަހަންދެނެވެ.
ޝަކީބް ވިދާޅުވީ ކުރިން ކިޔަވައިދޭ ގޮތުން ކޮންމެ ދުވަހަކު ހުރިހާ މާއްދާއެެއް ކިޔަވައިދިން ނަމަވެސް އެއް ދަންފަޅިއާ އެކު އެ އުސޫލު ވެސް ބަދަލުވާނެ ކަމަށެވެ. އެގޮތުން ޑަބަލް ޕީރިއަޑްތަކުގައި ވަކި މާއްދާއަކަށް ގިނަ ވަގުތު ކިޔަވައިދޭން މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހެނދުނު 6 އިން ފެށިގެން 3 ޖަަހަން ދެން ޓީޗަރުން ސްކޫލުގައި އުޅެން ޖެހޭއިރު އިތުރަށް މަސައްކަތް ކުރަން ޖެހޭ ގަޑިއަށް އޯވާ ޓައިމް ދޭނެ ކަމަށް ޝަކީބް ވިދާޅުވި އެވެ.
މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އެއް ދަންފަޅި އަށް ކިޔަވައި ދިނެމެވެ. އެގޮތަށް ކިޔަވައިދިނުމަށް މާލޭގެ ސްކޫލުތަކަށް ގިނަ ބަދަލުތަކެއް ގެނެސް ވަސީލަތްތައް އިތުރުކުރަން ޖެހެ އެވެ. މިހާރު ރާއްޖޭގައި 150 ސްކޫލެއްގައި އެއް ދަންފަޅި އަށް ކިޔަވައިދެ އެވެ. އެކަމަކު މި ސްކޫލުތަކުގައި ކިޔަވައިދެނީ އިއްޔެ އަމަލުކުރަން ފެށި ޕައިލެޓް ޕްރޮޖެކްޓާ އެއްގޮތަކަށް ނޫނެވެ. ދެ ދަންފަޅި އަށް ކިޔަވައިދެނީ 63 ސްކޫލެއްގަ އެވެ. އޭގެ ތެރޭގައި މާލޭގެ 13 ސްކޫލެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން
14 June 2019
ހެނދުނު 6 އިން ފެށުން ރަނގަޅު. މައްސަލަ އަކީ ކަސްރަތު ވަނީމަ ބެލެނިވެރިންގެ ވަގުތު ގެއްލޭ. ކަސްރަތު ކްލާސް ނިންމާފައި ނުވަތަ އެހެންގަޑިއެއްގައި ބޭއްވުމުން މާރަނގަޅުވާނެ ކަމަށް ފެނޭ.
މިނިސްޓަރަށް
14 June 2019
އަޅުގަނޑުމެން ބައެއް ބެލެނިވެރިންނަކީ ދެމަފިރިން 8 ޖަހާއިރަށް ވަޒީފާ އަށް ގޮސްގެން ދިރިއުޅުމުގެ ހަރަދު ހަމަ ޖައްސާ ބައެއް. 6 ޖަހާ އިރު ގެންދަން ޖެހުނަސް ގަޑިއަށް ބަރާބަރަށް ގެންދެވޭނެ. ނަމަވެސް 7 ޖަހާ އިރު ބަލާގޮސް ތެޅި ފޮޅި 8 ޖަހާ އިރަށް ގެންދަން ޖެހުން މީ ބައެއް ބެލެނިވެރީން ނަށް ވަރަށް ދަތި ކަމަކަށް ވާނެ. ހެޔޮ ނުވާނެ ތަންކޮޅެއް ދިރާސާ ކޮށްފަ ނިންމުންތައް ނިންމަބަަލަ
ބަބުލްސް
14 June 2019
6 ޖަހާއިރު ސްކޫލަށް ދާން އެއްމެ ރަނގޅު. އެކަމަކު 7 ޖަހާއިރު ގެނެސް ތެޅި ފޮޅިގެނ
އެންދެރި
12 June 2019
މިގޮތް ކަމުނުދާނެއެވެ. ގިނަ ދިވެހީންނަކީ ރޭގަނޑު ހޭލާ އުޅޭބައެކެވެ. ކަންނެތް ބައެކެވެ. މިސްކިތުން ފެންނާ މަދުބައެކެވެ. މިގޮތް ގަބޫލުކޮށް އާ ޗެލެންޖް އާ ކުރިމަތިލާ މުރާލި ވާން ވީއެވެ.
ކޮރަލް
12 June 2019
ދަރިވަރުންނާ އި ބެލެނި ވެރީންނަށް ވެސް ރަނގަޅު ވާނެއެވެ. ތަޖުރިބާ ކޮށްލަން ވީއެވެ. އަވަހަށް ނިދަން ވީއެވެ. ފަތިސްނަމާދައްތެދުވެ ނަމާދުކޮށް ކުދީން ގޮވައިގެން ސްކޫލް އަށް ދާން ވީއެވެ. ދަންވަރު ހޭލާ އުޅޭ މީހުނަށް ކަމަކު ނުދާނެއެވެ.
ކޮރަލްއަށް
14 June 2019
ފަތިސްނަމާދައްތެދުވެ ނަމާދުކޮށް ކުދީން ގޮވައިގެން ސްކޫލް އަށް ދާން އެއްވެސް މައްސަލައެއް ނޫން. އެކަމަކު 7 ޖަހާއިރު ބަލާ ގޮސް 8 ޖަހާއިރު އަނެއްކާ ގެންދިއުން ބަލައެއް ނުގަނެވޭ. ކޮބާ ވަޒީފާ ތަކުގަ އުޅޭ ޕޭރެންޓުން. 4 ދަރިން ސްކޫލަށް ފޮނުވާ މީހުން ވެސް އުޅޭ.
ގޮހޮޑާ
12 June 2019
ބެލެނިވެރިން އެތިބީނުނ ކަމެއް ނެތިފަ...ހޭވައްލާ ތައްޔަރަށް....5:30 ގަ ހޭލައިގެން 6 ޖަހާއިރަށް ސްކޫލަށް ގެންގޮސްފަ 7:30ގަ ބަލާގޮސް 8:00 އަށް އަލުން ސްކޫލަށް ލާފަ 8.00 އޮފީހައް ގޮސް ތާޔާ ޖެހި ޖެހި އިންނާނީ ދޯ.... މީ ކިތަން ދަންފަޅި 6-7:30 އަދި 8-?
ސަންގޯރު
12 June 2019
މީ މީހުން ގޮއްވަން ކުރާކަމަކާއި ވައްތަރީ. އެއްވެސްކަހަލަ. ދިރާސާއެއް ނުކޮށް ނިންމި ނިންމުމަކާއި ވައްތަރީ ދެންބުނާނެ ބެލެނިވެރިން ދެކޭގޮތް ބަލާލިއްޔޭ. މިކަމެއް މިގޮތަކަށް ނުވާނެ އަދި ވސްނާލަ
ޙަސީ
12 June 2019
ޓީޗަރުން ބޮލަށް ހުރިހާ ޒިންމާއެއް. ސްކޫލުތަކުގެ ނަން ޑޭކެއަރ އަށް ބަދަލުކޮށް، ވިހާތަނުން ހަވާލުކުރަން ވީނު. މިހާރު މި އޮތް ތަޢުލީމީ ނިޒާމިގައި ކިޔަވާކުދިންގެ ބޮޑު ޕަސެންޓޭޖަކަށް ތައުލީމެއްވެސް ތަރުބިޔަތެއްވެސް ނުދެވޭ. ދެން އަންނަ ރިޔާސީ އިންތޮޚާބެއްގައި ސްކޫލުތައް ޑޭކެެއަރ އަށް ބަދަލުކުަރާ ވަޢުދު ވެލަން ރަނގަޅުވާނެ
ސައްހަ ކަރެޕްޝަން
12 June 2019
ބެލެނިވެރިންނަކީ އެއްވެސް މަސައްކަތެއް ނުކޮށް ހަމައެކަނި ކުދިން ސްކޫލަށް ގެނަސް ގެންދަން ތިބޭބަޔެއްކަމަށް އެޑިޔޫކޭޝަނަށް ޙީވަނީބާ 6 ޖަހާއިރު ސްކޫލަށް ގެނަގޮސްފަ 7 ޖަހާއިރު ކަސްރަތު ނިމުނީމާ ގެއަށް ގެނެސް ފެންވަރުވައިގެން 8 ޖަހާއިރަށް ސްކޫލަށް ގެންދަންޖެހޭ
ރައްޔިތުމީހުން
12 June 2019
އެކި އެކި އިންޑިޕެންޑެންޓް ރިސާޗް ތަކުން އެ ދައްކަނީ ހެނދުނު 10 ގެ ފަހުން ކަން ސްކޫލް ތައް ފެށުން އެންމެ ރަނގަޅީ