މާލޭގެ ގެސްޓް ހައުސްއެއް ގައި ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެ

މާލޭގެ ގެސްޓް ހައުސްއެއްގައި ޒުވާނަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.


މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 12:30 ހާ އިރެވެ. މަރުވެފައި ވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު އަބްދުލް މުމިތު "މިިހާރު" އަށް ވިދާޅުވީ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. އަދި އޭރު އޭނާގެ އަނގައިން ފޮނު އަރާފައި ހުރި ކަމަށް ފުލުހުން ބުނެ އެވެ.