19 ޖޫން 2019 - 10:29
ރާއްޖެ އަށް އިންވެސްޓަރުންނާއި ޓޫރިސްޓުން އިތުރުކުރަން އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ބޭރު ގައުމުތަކުގައި ތިބޭ ރާއްޖޭގެ ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ތަރައްގީގެ ކަންކަމުގައި ބޭރުގެ ގައުމުތަކާ އެކު ގުޅުން އުފައްދާ އިރު ރާއްޖޭގެ ގަދަރާއި ޝަރަފު ހިފެހެއްޓުން ވެސް މުހިއްމު ކަމަށެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު އިންވެސްޓަރުންނާއި ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަަކައި ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަމާ މެދު ދުނިޔޭގެ ގައުމުތަކުގައި ބަހުސް ކުރަމުން ދާއިރު ކަމުގެ ހަގީގަތްތަކާއި ރާއްޖޭގައި ކަން ހިނގާ އުސޫލުތައް އޮޅުން ފިލުވައިދޭން ޖެހޭ ކަމަށެވެ. ރާއްޖެ އަކީ މިނިވަން ގައުމެއް ކަމަށާއި ރާއްޖޭގެ ކަންތައްތައް ބައްޓަންކުރަން ވާނީ ރާއްޖޭގެ ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދުނިޔޭގެ ކަންކޮޅުތަކުގައި ނަގާ ވަރުގަދަ ރާޅުތައް މިރާއްޖޭގެ ގޮނޑުދޮށްތަކަށް ވެސް ބިންދަމުން އާދޭ. ބައިނަލްއަގުވާމީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މިރާއްޖެ އަށް އަމާންކަމާ އެކު ދަތުރުކުރެވޭނީ އަޅުގަނޑުމެން އެންމެން އެއް އަމާޒެެއްގައި ވިސްނުންތެރިކަމާ އެކު މަސައްކަތްކޮށްގެން،" ރައީސް ވިދާޅުވި އެވެ.
ސަފީރުންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގަންވަނީ.
ރާއްޖޭގެ ހާރިޖީ ސިޔާސަަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމުގެ މުހިއްމު ކަމާ މެދު ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ ދިފާއު ކަމަށެވެ. ހާރިޖީ ދާއިރާގައި ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަތިވެ، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެއްޖެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ކިޔައިދޭން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިއްޔެ ނިމުނު ޕާޓްނަޝިޕް ފޯރަމަކީ އެފަދަ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަދުރޭ22
19 June 2019
ފޯރަމް ބޭއްވިއްޖެ. ދެން ހިނގާލުމެއް ނޫނީ ދުވުމެއް.
ގުޑުގުޑާ
19 June 2019
ހުރިހާކަމެއްވެސް ހަލާކުކުރީ އެންޑީޕީއާއި އެމީހުއްނާ ގުޅިގެއް އުޅުނު މުނާފިގުބައިގަޑު
ވަތަން އިސްކުރަންޖެހޭ
19 June 2019
އަދިވެސް މިފެންނަނީ ޔާމިން ކުރަން ނިމްމާފަ ހުރިކަންތައްތަ. މިސަރުކާރުން ކުރާކަމައް
ތެދުވެރިޔާ
19 June 2019
އެމްޑީޕީގެ ބޭނުމަކީ އިންޑިޔާގެ މަދަދާ އެކީ ވެރިކަމުގަ ހުރުން. ރާއްޖޭގެ މިނިވަންކަން ދީފަނަމަވެސް. މީގެ ގެއްލުން ކުރާނީ އަންނަން އޮއްޖީލަ.
މަންޑޭލާ
19 June 2019
މިރާއްޖޭގެ އެމްމެ މުހިމްމުތަންތަން ދެންނިމްމާފަ އޮތީ އިންޑިޔައަ. މީގެ ފައިދާ ކުރާނީ އިންޑިޔާގެ އިގްތިސޯދަ. ރާއްޖެއަ ގެއްލުން.
ޝޮކްތެރަޕީ
19 June 2019
ރާއްޖޭގެ ތަސައްވަރު ގޯސްކުރީ ރައިސް ނަޝީދު ރާއްޖެ ބަދުނާމުކޮ ނުކިޔަކަ އެއްޗެއްނެ އެމްޑީޕީ.
ނަޖުދާ
19 June 2019
އިންވެސްޓަރުން ގެންނަން ބޭނުން ނަމަ ޖުޑީޝަރީ އިސްލަހުކުރޭ! ފަހު ބަސް ބުނާ މީހުންނޭ ކިޔާފައި، އިންވެސްޓަރުން ފަހާލުމުގެ ބިރު، މި ގައުމުގައި އިންވެސްޓްކުރަން ތިބި މީހުންނަށް މިވަގުތު އެބައޮތް، އަދި މުޅި ދުނިޔޭގައިވެސް މަޝްހޫރުވެފައި އޮތީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެތަކުގައި ކޮރަޕްޝަން އެކުލެވޭކަމާއި، ހުކުމް ނެރުމުގައި ފައިސާގެ މުއާމަލާތްތަށް ހިމޭނެކަން. މިއީ ހަގީގަތް މިއަދު!
އަހޫ
19 June 2019
ޖެހި ފޮޑި އަތަށް
ދިރާސާާ
19 June 2019
މިގައުމުގައި ހިނގާ ދާޚިލީ ކަންކަމަށްވުރެ ފަތުރުވެރިންނަށް ބޭނުންވާނީ އެމީހުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތެއް އޮތުން. މީހުން ޗުއްޓީ ހަދަން ރާއްޖެ ކަހަލަ ގައުމުތަކަށް އަންނަނީ ރާއްޖޭގައި ހުރިއްޔާ ހުރި މައްސަލައެއް ހައްލުކުރާކަށްނޫން. އެ މައްސަލަތައް ބޮޑުކޮށްގެން ނަގައިގެން ފަތުރުވެރިން ނާންނަން ގޮވާލީ ގައުމުގެ ހަގީގީ ޣައްދާރުން. ދީނާ ސިޔާސަތާ ވަކިކުރަން އުޅޭހެން ފަތުރުވެރިކަމާ ގައުމުގެ ދާޚިލީ މައްސަލަތަކާ ނުބެއްސިއްޔާ ރަގަޅުވާނީ.
ޖޖޖޖ
19 June 2019
ޑރ މުރުސީގެ ނިމިދިއުމަކީ އިބްރަތެއް ކަމުގައި ދެކި، ގައުމު ވިއްކާނުލާ، ގައުމާ ދީނުގެ ހާއިނުންގެ މަޅީގައި ނުޖެހި މަނިކުފާނު ހުންނަވައިގެން ދީނޤ ހިމާޔަތްބކުރައްވާ ދީނަށް ނަޞްރު ދެއްވަވާ. ﷲ މަނިކުފާނުގެ ވެރިކަމުގައި ބަރަކާތް ލައްވާނެ. انشا الله