ފުލުހުން ތަހުގީގެއްގައި ހަރަކާތްތެރިވަނީ: މާލޭގެ ފިހާރައެއްގައި ބޭއްވުނު ވޮލެޓަކުން ވިޔަފާރިކޮށް އަދި އެ އިން ވިޔަފާރި ކުރި މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން.
20 ޖޫން 2019 - 12:43
މާލޭގެ ފިހާރައެއްގެ ކޭޝް ކައުންޓަރުގައި މީހަކަށް ބޭއްވުނު ވޮލެޓަކުން ވިޔަފާރިކޮށް، އެ ވޮލެޓު ވަގަށް ނެގި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ހިންގި ކަމަށް ތުހުމަތު ކުރެވޭ ވައްކަމުގެ ވީޑީއޯ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަނީ ދަބަހެއް އަޅުވައިގެން ހުރި މެދު އުމުރުގެ ފިރިހެނަކު ވިޔަފާރިކޮށް ނިންމުމަށް ފަހު ކައުންޓަރު މަތީގައި ވޮލެޓު ބާއްވާފައި ދާ ތަނެވެ.
އެކަމަކު އޭގެ އިރުކޮޅެއް ފަހުން، މެދު އުމުރުގެ އަންހެނަކާއި ފިރިހެނަކު އެ ކައުންޓަރު ކައިރީގައި މަޑުކުރާ ތަން ވީޑިއޯ އިން ފެނެ އެވެ. އޭގެ ތެރެއިން ފިރިހެން މީހާ، ކައުންޓަރު މަތީގައި އޮތް ވޮލެޓުން ފައިސާ ނަގައި، އޭނާ ގަތް މުދަލަށް ފައިސާ ދައްކަ އެވެ. އޭގެ ފަހުން ވެސް އެ ދެ މީހުން ވޮލެޓު ހުޅުވާ މަންޒަރު ފެނެ އެވެ. ދެން ފެންނަނީ ފިރިހެން މީހާގެ ފަހަތު ޖީބަށް ވޮލެޓު ލާ ތަނެވެ. ވޮލެޓު ޖީބަށް ލަމުން އެ ދެ މީހުން އެކަކު އަނެކަކަށް ބަލައި ހީލަ އެވެ.
އެ ވޮލެޓު ހިފައިގެން އެ މީހާ ކައުންޓަރު ކައިރީގައި މަޑުކޮށްލައިގެން ހުރި އިރު، އޭނާގެ ފަހަތުން ވޮލެޓުގެ ވެރިފަރާތް ފިހާރަ އިން ނުކުމެގެން ދާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެކިއުރީ ކެެމެރާ
20 June 2019
ގޭގެއަށްވެސް މިދެމީހުން ވައްދަން ހެޔޮނުވާނެ،މީހަކު ރޮލާ ކާލަން ފަހަތަކައް ނުޖެހޭނެ، ރޯމާދުވާލު އެންމެންގެ ތެރޭގެ ވައްކަންކުރާ ބަޔަކު ސިއްރުން
ސަނާ
20 June 2019
ކޮބާ ވީޑިއޯ
ސަޅި
20 June 2019
ދެން ތިވާނީ ކޮންމެވެސް ބޮދުމީހެއް ނުވަތަ އެމްޕީ އެއްގެ ގާތް ތިމާގެ މީހަކަށް ތިމައްސަލަ ބެލިއްޖެއްޔާ ވާ ކިތަންމެހަވެސް ރަނގަޅު. ތި މައްސަލަ ބަލާތީ ފުލުހުންނަށް ސުކުރު ދަންނަވަން.
މަ މިއު މަ
20 June 2019
އެމީހުން ނުހޯދޭނެ ސަބަބެއް ނެތް. ވަރަށް ސާފު ވީޑިއޯ
އެޑްމުންޑޯ
20 June 2019
ނޫސްތަކުގެ ހެޑިން އަށް އެވީޑިޔޯ އެރިކަމެއް ކަކުނިބޯއަކަށް ނޭގުނުދޯ ، ކިހާ ވަރަކަށް ދެން އާއްމުވާނީ ، ހީހީހަލާކުނުވާނެތަ
ޙާލަތު
20 June 2019
އަދިވެސް “ތުހުމަތު” ކުރެވެނީ؟ ވޮލެޓެއްް ޒާތުގެ އެއްޗަކުން ދެމަފިރިން ކަމަށް ބެލެވޭ ދެމީހުން ފައިސާ ޒާތުގެ އެއްޗެއް ނަގާ ވިޔަފާރި ކޮށް ވޮލެޓު ކަމަށް ބެލެވޭ އެތި ވަގަށް ކަމަށް ބެލެވޭ ގޮތަކަށް ނެގިކަމަށް ތުހުމަތު ކުރެވިއްޖެ.
ރަދީފް
20 June 2019
އަދި އެވެސް ފިހާރައެއްކަމަށް ތުހުމަތުކުރެވޭ ތަނަކުން.ލޮލް
ސަސްޕެކްޓް
20 June 2019
ނޫސްވެރިން އަމިއްޔަލަށް ކުށްވެރިން ކަނޑައަޅުމުގެ ބަދަލުގަ ކޯޓުތަކުން ހުކުމް ކުރަންދެން މިހެން ލިޔުމަކީ މުޅި ދުނިޔޭގަވެސް ރަނގަޅު ފެންވަރުގެ ނޫސްވެރިކަމުގަ ގެންގުޅޭ ސްޓޭންޑާޑްއެއް.
ދދދދދދ
20 June 2019
ސަސްޕެކްޓް ތިބުނީ ރަނގަޅަށް. ވައްކަމާއި ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ކޮށްފަ ތިބޭ މީހުންނަށް އަހަރުމެން "ވަގުކަލޭގެ" "ޓެރަރިސްޓްކަލޭގެ" މިހެން ކިޔާ އުޅެން. އެއީ އެހެން ކީދާނެތީ ކިޔަނީ.
ތިމާވެށީ
20 June 2019
ހުކުމް ކޮށްދޫކޮށްލާފަ އަދި ތަކުރާރު ކޮށް ވައްކަން ކުރާ މީހުން ވ ގިނަ ވެއްޖެއެވެ. ބޮޑު އިހްމާލެކެވެ. 5 އަހަރުން 5 އަހަރުން ޖަލު ހުސްކުރަނީއެވެ. ރައީސް ގެ ހެޔޮފުޅު ކަމެވެ.
ރަދީފް
20 June 2019
ވަރަށް ހުތުރު އަމަލެއް ތަސައްރަފް ފުދިފައިވާ 02 މީހުން އެހިންގީ.އަހަރެން މަގުމަތީގަ ސަލާން ޖަހަން އުޅެން ޖެހުނަސް އެގޮތަށް އެފައިސާ ނުނަގާނަން.ހާދަ ބިރެއް ނެތް 02 މީހުންނޭ ދޯ.އަދި ވޮލެޓްގަ އެކަށީގެންވާ ރަނގަޅު އަދަދެއް ހުރިކަން އެނގުނީމަ 02 މީހުން ހެވިފަ ތިބިގޮތް ދޯ.ލަދު ކޮބާ؟؟؟
ކޮއްކޯ
20 June 2019
ވީޑިއޯ ފެށިގެންދާއިރުވެސް ފެންނަނީ އެ ވޮލަޓް ކައުންޓަރ މަތީ ހުޅުވާފަ އޮތްވަ. އަދި މެދުއުމުރުގެ މީހާ ގަތްއެއްޗެއް ކޮތަޅަށް ލައި ގޮށް ޖަހައިގެން އެތަނުން އަނެއްކާ ވެސް ފިހާރަތެރެޔަށް ގޮސް އޭގެ ފަހުން ފިހާރައިން ނުކުމެގެންދާ ތަން. ދެން ފަހުން ފިހާރަތެރެއިން ކައުންޓަރު ކައިރިޔަށް އައި ފިރިހެން އަދި އަންހެންމީހާގެ ހަރަކާތްތަކަށް ބަލާއިރު ވަގަށް އެތާ އޮތް ވޮލަޓް ނަގަން އުޅުނު ގޮތަށްވުރެ ވައްތަރީ އެމީހާގެ ވޮލަޓް އެތާ ބާއްވާފަ ފަހުންނެގިކަމަަށް.
ލޭޑީ ބޯއީ
20 June 2019
ކަލޭ ތި އުޅެނީ ވީޑިއޯގެ އެއްބައި ބަލައިގެން ކޮއްކޯ
ކަކުނިބޯ
20 June 2019
ތިޔަ ވީޑިޔޯ އާންމުކޮށްލައްވާ އޭރުން ހުންނާނީ ރާކަނިމަސްކެވިފައި ޕްލީސް ޕޮލިސް
ދޮންދޮނާ
20 June 2019
އަޅެފަހެ، މިވީޑިއޯ ބުކްފޭސްކަ އެއޮށްދައުރުވަނީ.