ޚަބަރު / ގާޒީ އަބްދުﷲ ދީދީ

ފަނޑިޔާރު ޑީޑީ އަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް

20 ޖޫން 2019 - 10:09

337 comments
20 ޖޫން 12:42

ރިޔާސަތުން ބުނީ ލިޔުމުން ހުށަހަޅަން އެދުނީ ވަކީލުންނަށް ފަސޭހައަކަށް ކަމަށާއި އިތުރު އަޑުއެހުމަކަށް ދާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް. އަދި ލިބިފައިވާ ކަރުދާސްތަކުގައި ނުސާފުކަމެއް ހުރި ނަމަ، ސާފު ކޮޕީތަކެއް ލިބޭނެ ކަމަށް.

20 ޖޫން 12:41

އިތުރު ވަގުތު ދިނުމަށް ޑީޑީގެ ވަކީލުންގެ އެދިވަޑައިގަތުމާ އެކު، ފަސް ދުވަހުގެ މުއްދަތެއް ރިޔާސަތުން ދެއްވައިފި. އަދި ލިޔުމުން އެކަންކަން ހުށަހެޅުމަށް ރިޔާސަތު އެދުނު. އެކަމަށް ޑީޑީގެ ގާނޫނީ ޓީމުން ވަނީ މަރުހަބާ ކިޔައިފައި.

20 ޖޫން 12:39

ޖަވާބު ދިނުމަށް މަދުވެގެން އެއް ދުވަސް ދިނުމަށް ޑީޑީގެ ވަކީލުން އެދިވަޑައިގެންފި.

20 ޖޫން 12:28

ޑީޑީ ވިދާޅުވީ ސިޔާސީ ބޭފުޅެއްގެ ފަރާތުން އެއްވެސް މަންފާއެއް ހޯއްދަވާފައި ނުވާނެ ކަމަށާއި "ތި ވިދާޅުވާ މެސެޖްތަކުގެ" ހަގީގަތަކީ ކޮބައިކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް.

20 ޖޫން 12:27

ފަނޑިޔާރު އަބްދުﷲ ދީދީގެ ރަޖިސްޓްރީ ކޮށްފައިވާ 777 ގެ ނަންބަރުން ރާއްޖެއިން ބޭރަށް ޑޮލަރުކޮޅެއް ހޯދަން ކޮށްފައިވާ މެސެޖް ކޮށްފައިވާ ކަމަށާއި، ބްރޯ އަޅުގަނޑު މި އުޅެނީ ފުރަން، ޑޮލަރުކޮޅެއް ލިބިދާނެތޯ، އަދި އެހެން މެސެޖެއްގައި "ވެން"، އަދި އޭގެ ފަހުން އެހެން މެސެޖެއްގައި "މަންޑޭ" އޭ ބުނެ މެސެޖްކޮށްފައިވާ ކަމަށް. ސިޔާސީ ބޭފުޅުންގެ އަތުން މަންފާއެއް ނަގާފައިވޭތޯ ރިފްއަތު ސުވާލު ކުރެއްވި.

20 ޖޫން 12:24

ހިސާން ވިދާޅުވީ މަސްލަހަތު ހިމެނޭ އެއްވެސް ކަމެއް ނެތް ކަމަށާއި ޑީޑީ އާ ދޭތެރޭ ޒާތީ އެއްވެސް ކަމެއް ނެތް ކަމަށް. އަދި ގާނޫނީ މައްސަލަތަކުގައި ވަކާލާތު ކުރުމަކީ ކޮންފްލިކްޓް އޮފް އިންޓަރެސްޓް އޮތް މައްސަލައެއް ނޫން ކަމަށް. އަދި ވިދާޅުވީ އެފަދަ މައްސަލައެއް އޮތް ނަމަ އެއީ އެހެން މައްސަލައެއް ކަމަށާއި ސުވާލުތަކަަށް ޖަވާބު ދެއްވަން ޖެހޭނެ ކަމަށް.

20 ޖޫން 12:22

ޖޭއެސްސީން ބަލަމުން ދަނީ ރައީސް މުހަންމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއް ނޫން ކަމަށާއި ބަލަމުން ގެންދަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ގޮތުން ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅޭ ސުލޫކީ މައްސަލައެއް ކަމަށް ހިސާން ވިދާޅުވި. އަދި ޑީޑީގެ ވަކީލުން ތަނުގެ ނިޒާމު ނަގާލަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަން ހުއްޓަވާލެއްވުމަށް ހިސާން އެދިވަޑައިގަތް.

20 ޖޫން 12:19

ރައީސް މުހަންމަދު ނަޝީދުގެ މައްސަލަ ހިނގި އިރު ވަކީލުންގެ ގޮތުގައި ކޯޓަށް ވަޑައިގެންނެވި ތިން ވަކީލުން ރިޔާސަތުގައި ތިއްބަވައިގެން މި ތަހުގީގު ކުރިއަށްނުދާނެ ކަމަށް ފަނޑިޔާރު ޑީޑީގެ ވަކީލުން އެބަ ވިދާޅުވޭ. އަދި މި މައްސަލައިގައި އެ ތިން ބޭފުޅުން މަސްލަހަތު ހިމެނޭ އިރު މި މައްސަލައިގެ ތަހުގީގު ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ، ރިޔާސަތުން ތިން ބޭފުޅުން ދުރަށް ވަޑައިގަންނަވަން ޑީޑީގެ ވަކީލުން ވިދާޅުވޭ.

20 ޖޫން 12:13

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރުކަން ފަނޑިޔާރު ޑީޑީ ބޭނުންވާ މީހަކަށް ދޭން "ސަސްޕެކްޓް 1"ގެ ކިބައިން އެދިވަޑައިގެންނެވި މެސެޖް މިއަދު ހާމަވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަގާމަށް ހަމަޖެއްސީ އޭނާގެ އަނބިކަނބަލުން ޣާނިޔާ. މި ހަފުތާގައި އެ މަގާމުން ވަކިކުރަންދެން ޣާނިޔާ ހުންނެވީ އެ މަގާމުގައި. ފަނޑިޔާރު ޑީޑީގެ މެސެޖްގައި އެ މަގާމު ހޯއްދަވަން އުޅުއްވާ ސަބަބު ވެސް އޮތް. އެގޮތުން ހަތަރު ކުދިން ބަލަން ޖެހޭތީ، އެކަހަލަ މަގާމެއް ލިބިވަޑައިގަތުމުން ފަސޭހަވާނެކަމާއި ރައްކާތެރިކަން ވެސް ބޮޑުވާނެ ކަމަށް ވިދާޅުވި.

20 ޖޫން 12:10

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ފަނޑިޔާރު ޑީޑީ އަމަލްކުރައްވާފައި ކަމަށް ވިދާޅުވެ ހިސާން ދެއްކެވީ ޑޮކިއުމެންޓް 1 ގައި ހިމެނޭ "ސަސްޕެކްޓް 1" ފޮނުވި މެސެޖެއް. އެ މެސެޖްގައި ފަނޑިޔާރު ޑީޑީ ވިދާޅުވަނީ ބްރަދާ ކަމަކު އެދުނީމާ ކޮށްދެއްވާ ކަމަށާއި އެކަމަކު އޭނާ ކަމަކު އެދިވަޑައިގަތީމާ ޖަވާބު ނުދެއްވާ ކަމަށް. އެގޮތަށް އޭނާ ވިދާޅުވަމުން "ސަސްޕެކްޓް 1" ގެ ކައިރިން އެދިވަޑައިގަންނަވަނީ މެލޭޝިއާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް އޭނާގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ގަފޫރު ހަމައްޖައްސައިދޭން. އެކަމަކު އެ މެސެޖްގައި ޣާނިިޔާގެ ނަން ގެންނަވާފައެއް ނުވޭ.

20 ޖޫން 12:02

ތަހުގީގު ޓީމުން ރިފްއަތު ވިދާޅުވީ ސުވާލުކުރަނީ، ފުލުހުންގެ ތުހުމަތުތަކާކާ ގުޅިގެން ފަނޑިޔާރު ޑީޑީގެ ސުލޫކީ މައްސަލައެއް އޮތްތޯ ނުވަތަ ނޫންތޯ ބަލަން ކަމަށް. އެހެންވެ ސުވާލުތަކަށް ޖަވާބު ދެއްވުމަށާއި އެ ޖަވާބުތަކުގެ މައްޗަށް ތައްޔާރުކުރާ ރިޕޯޓަށް ފަނޑިޔާރު ޑީޑީގެ ފަރާތްޕުޅުން ޖަވާބު ދެއްވަން 30 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް.

20 ޖޫން 12:00

ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް ވިދާޅުވީ ޑޮކިއުމެންޓް 1، ޑޮކިއުމެންޓް 2، އެގޮތަށް ތަހުގީގު ޓީމުން ފަސޭހަކޮށް ވިދާޅުވިޔަސް މި ދައްކަވަނީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ތުހުމަތުކަމަށް. އެހެންވެ އެއަށް ޖަވާބުދޭން ވަގުތު ބޭނުންވާނެ ކަމަށް ވިދާޅުވި.

20 ޖޫން 11:59

ފަނޑިޔާރު ޑީޑީ ވަރަށް ހިތްހަމަޖެހިވަޑައިނުގެން ވިދާޅުވީ ފުލުހުން އޭނާގެ އެއްވެސް މައްސަލައެއް ނުބަލާ ކަމަށް ބުނެ ޖޫން 10 ގައި އޭނާއަށް ސިޓީއެއް ލިބިފައި ވަނިކޮށް، ޖޫން 12 ގައި ޖޭއެސްސީއަށް ފުލުހުން ފޮނުވި ސިޓީގައި އޭނާގެ މައްސަލަތަކެއް ބަލާ ކަމާއި އަދި އެ ސިޓީ އޭނާއަށް ލިބިވަޑައިގަތީ ދެންމެ ކަމަށް. އެހެންވެ އެއަށް ޖަވާބުދާރީވާާން ފުރުސަތު ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވި.

20 ޖޫން 11:57

ހިސާން ވިދާޅުވީ ތަހުގީގަކަށް ވާތީ ދިފާއީ ފަރާތަށް އޮންނާނީ ތަހުގީގު ޓީމުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ކަމަށް. ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރީ އެހެން މައްސަލައެއްގައި ކަމަށް، ހިސާން ވެސް ތަކުރާރުކޮށް ވިދާޅުވި. އަދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އަކީ ވެސް، މިހާރު ހިނގާ ތަހުގީގާ ގުޅޭ ކަމެއް ނޫން ކަމަށް ވިދާޅުވި.

20 ޖޫން 11:55

ތަހުގީގު ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ވިދާޅުވަނީ މިހާރު ކުރިއަށް ގެންދާ ތަހުގީގަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭނުންކުރި ބައެއް މީހުންގެ އަތުން ފަނޑިޔާރު ޑީޑީ ފައިސާ ހޯއްދަވާފައިވާކަމަށް ފުލުހުން ކުރާ ތުހުމަތުތަކާ ގުޅިގެން ބަލާ ސުލޫކީ މައްސަލައެއް ކަމަށް.

20 ޖޫން 11:48

ތަހުގީގު ޓީމުން މިހާރު ބަލަނީ ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރި މައްސަލަ ނިސްބަތްވާ ތުހުމަތުގައި ނޫން ކަމަށާއި މިހާރު ހިންގަނީ ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަކާ ގުޅިގެން ހިންގާ މައްސަލައެއް ކަމަށް، ތަކުރާރުކޮށް މަސްތޫރު ވިދާޅުވިޔަސް، ދިފާއީ ޓީމުން ނަގަމުން ގެންދަނީ ސަސްޕެންޑް ކުރި މައްސަލަ. އެގޮތުން ދިފާއީ ވަކީލު ރޭނީސް ސަލީމް އެދިވަޑައިގަތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް، ފަނޑިޔާރު ޑީޑީއާ ބެހޭ ގޮތުން ހުށައެޅުއްވި ސިޓީ ދެއްވުމަށް.

20 ޖޫން 11:45

ފަނޑިޔާރު ޑީޑީ އެންމެ ފަހުން ވިދާޅުވީ އޭނާއަކަީ 1994 އިން ފެށިގެން ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށް. ދެން އޭނާ ވިދާޅުވީ އޭނާއާ މެދު މިހާރު ކުރާ ތުުހުމަތާ ބެހޭ ލިއުންތައް ލިބުނީ ދެންމެ ކަމަށާއި އެއަށް ޖަވާބުދޭން އެކަށީގެންވާ ވަގުތު ލިބިވަޑައިނުގަންނަވާ ކަމަށް.

20 ޖޫން 11:44

ތަހުގީގު ޓީމުގެ ރިޔާސަތުގައި އިންނެވި ވަކީލު މަސްތޫރު ތަކުރާރުކޮށް ފާހަގަކުރެއްވި އަހަރުތަކުގައި ފަނޑިޔާރެއްގެ ގޮތުގައި ޑީޑީ ހުންނެވިތޯ ސުވާލުކުރުމުން ޖަވާބު ނުލިބުމުން އޭނާ ވިދާޅުވީ ދެން ކުރިއަށް ގެންދަނީ އެ ސުވާލުތަކަށް ޖަވާބު ދޭން ބޭނުންނުވާ ކަމަށް.

20 ޖޫން 11:42

ދަރުބާރުގެ އަށް ވަދެ ތިބި މީހުން ގޮނޑިން ތެދުވެ ހަޅޭއްލަވަން ފަށައިފި. ސެކިއުރިޓީ ވަދެ، އެ މީހުން ބޭރުކުރަން ފަށައިފި. އެކަމަކު އަޑުއެހުން ކުރިއަށް ގެންދޭ.

20 ޖޫން 11:41

ތަހުގީގު ޓީމުން ތަކުރާރުކޮށް ކުރަމުން އަންނަ އެއް ސުވާލަށް ފަނޑިޔާރު ޑީޑީ އާއި އޭނާގެ ދިފާއީ ޓީމުން ޖަވާބެއް ނުދެއްވާ. އެއީ 2013، 2014، 2015، 2016، ގައި ފަނޑިޔާރު ޑީޑީ ހުންނެވީ ފަނޑިޔާރުކަމުގައިތޯ؟

20 ޖޫން 11:41

ރިޔާސަތުން ޑީޑީ އާ ކުރާ ސުވާލަކީ، 2014، 2015 އަދި 2016 ގައި ޑީޑީ ހުންނެވީ ފަނޑިޔާރު ކަމުގައިތޯ؟ އެކަމަކު ޑީޑީގެ ފަނޑިޔާރުން އެ ސުވާލަށް ޖަވާބެއް ނުދެއްވާ

20 ޖޫން 11:39

ރިފްއަތުގެ އެ ވާހަކަތައް އައީ، ފަނޑިޔާރު ޑީޑީގެ ފަަރާތްޕުޅުން ހުށައަޅުއްވަމުން ގެންދެވި އިޖުރާއީ މައްސަލަތަކަކާ ގުޅިގެން. ފަނޑިޔާރު ޑީޑީ އާއި ދިފާއީ ވަކީލުން ވިދާޅުވަނީ މިއަދު އެތަނަށް ވަޑައިގަތުމުން ލިއުންތައް ލިބުމުން އެކަމަށް ޖަވާބުދާރީވާން ވަގުތު ނެތް ކަމަށް، ތަކުރާރުކޮށް ފާހަގަކުރައްވާތީ.

20 ޖޫން 11:39

ރިޔާސަތުގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ޑީޑީގެ ފަރާތުން ވަކީލުން އަދިވެސް ވާހަކަ ދައްކަވަމުން ގެންދަވަނީ މި ތަހުގީގު ކުރިއަށް ދަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ވިދާޅުވެ.

20 ޖޫން 11:37

ފަނޑިޔާރު ޑީޑީއަށް ރައްދުކުރައްވައި ވަކި ލިއެކިއުންތަކެއްގެ ވާހަކައިން ސުވާލުކުރެއްވީ، ރިފްއަތު ވިދާޅުވި ގޮތުގައި، ފަނޑިޔާރު ޑީޑީއަށް ތަހުގީގު ޓީމުން މިއަދު ހަވާލުކުރީ އެންމެ ފަސް ޑޮކިއުމެންޓްކަމާއި އެއަށް ޖަވާބުދާރީވުމަކީ މާ ބޮޑު ކަމެއް ނޫން ކަމަށް ދެއްކެވުމުގެ ގޮތުން.

20 ޖޫން 11:35

ތަހުގީގީ ޓީމުގެ މެމްބަރު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބައެއް ސުވާލުތައް ފަނޑިޔާރު ޑީޑީއާ އެބަ ކުރައްވާ. އެގޮތުން ފައިސާ ހޯދަން ޑީޑީގެ ފޯނުން ވަކި މީހަކަށް ފޮނުއްވި މެސެޖްތަކެއްގެ ވާހަކަ ހިމެނޭ.

20 ޖޫން 11:27

ފަނޑިޔާރުގެ ވަކީލް ޖަމީލް ވިދާޅުވީ މައްސަލަ ކުރިއަށް ގެންދަނީ އެކަށީގެންވާ ވަގުތު ނުދެއްވާ ކަމަށާއި އެކަމަކު ތަހުގީގު ކޮމިޓީގައި ތިއްބެވި ބޭފުޅުންނަކީ މީގެ ކުރިން، އިންސާފުގެ ވާހަކަ ދެއްކެވި ބޭފުޅުން ކަމަށް، އަދި ސަސްޕެންޑްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއްގައި ކަމަށްވާ ނަމަ ތަހުގީގު ކޮމިޓާއި އެކަމާ މަސްލަހަތު ފުށުއަރާ ބޭފުޅުން ވެސް އެބަތިއްބެވި ކަމަށް.

20 ޖޫން 11:23

ތަހުގީގު ކޮމިޓީން މަސައްކަތްކުރަނީ ސަސްޕެންޑްކުރި މައްސަލާގައި ވާހަކަ ނުދައްކަވައި، މިހާރު ބަލަމުންދާ ސުލޫކީ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން. ނަމަވެސް ފަނޑިޔާރު ޑީޑީ އާއި ވަކީލުން ވިދާޅުވަނީ އެކަމާ ގޮތެއް ނުނިންމައި ކުރިއަށް ނުދެވޭނެ ކަމަށް

20 ޖޫން 11:18

ފަނޑިޔާރު ޑީޑީ (ކ) އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަތަރު ބޭފުޅުންގެ ތެރެއިން ރޭނިސް ސަލީމް (ވ) ފަނޑިޔާރު ޑީޑީގެ ދިފާއުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

20 ޖޫން 11:17

ތަހުގީގު ކުރިއަށް ގެންދާ ގޮތާއި އިޖުރާއީ މައްސަލަތަކުގައި، ފަނޑިޔާރުގެ ވަކީލުންނާއި ތަހުގީގު ކޮމިޓީއާ ދެމެދު ވަނީ ބަހުސް ބޮޑުވެފައި.

20 ޖޫން 11:14

ޖޭއެސްސީގެ ތަހުގީގުގެ ފުރަތަމަ ދުވަހު ފަނޑިޔާރު ޑީޑީއާ ދެކޮޅަށް ފާހަގަކުރި ކަންކަމަށް ބަލާއިރު ގިނަ މީހުންގެ ހިތުގައި ސުވާލު އުފެދޭނީ، ފުލުހުން ބުނާ "ސަސްޕެކްޓް 1" އަކީ ކާކުތޯ. ފުލުހުންގެ ސިޓީގައި ބުނެފައި ވަނީ ފުލުހުންގެ ތަހުގީގަށް ހުރަސްއެޅިދާނެ އެއްވެސް މައުލޫމާތެއް ނުދޭނެ ކަމަށް. އެހެންކަމުން ވަކި މީހެއްގެ ނަން ނުބުނެ ސިޓީގައި ފާހަގަކުރި "ސަސްޕެކްޓް 1" އަކީ ކާކުތޯ މި އޮތީ އާންމުންގެ ބަހުސަކަށް ގޮސް.

20 ޖޫން 11:10

މިހާރު ކުރިއަށް ދާ ތަހުގީގީ އަޑުއެހުމަށް ވަދެ ތިބި އާންމު މީހުންގެ ތެރެއިން ބަޔަކު އަޑުގަދަކުރާތީ، އެކަން ނުކުރުމަށާއި އެގޮތަށް ދެން އަމަލްކޮށްފި ނަމަ އެބަޔަކު އެތަނުން ނެރެން އަންގަވާނެ ކަމަށް، ތަހުގީގީ ކޮމިޓީގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވި.

20 ޖޫން 11:08

ފަނޑިޔާރު ޑީޑީގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރާ ޖޭއެސްސީގެ ކޮމިޓީގެ މެމްބަރުން މިއަދުގެ ތަހުގީގު ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

20 ޖޫން 11:03

އަބްދުﷲ ދީދީ ވިދާޅުވީ އޭނާގެ މައްސަލައެއް ނުބަލާ ކަމަށް މި މަހުގެ 10 ގައި ފުލުހުން ލިޔުން ދީފައިވާ ކަމަށާއި އެހެންވެ އޭގެ ފަހުން މައްސަލައެއް ހުށަހަޅައި ފުލުހުން ޖިނާއީ ތަހުގީގެއް ފެށީތޯ އެނގެން ބޭނުންވާ ކަމަށް. އަދި ސަސްޕެންޑްކޮށް ފޮނުއްވި ލިޔުމުގައި، މިހާރު ބަލަމުން އަންނަ ސުލޫކީ މައްސަލަޔާ ސަސްޕެންޝަނާ ގުޅުން އެބަހުރި ކަމަށް ވިދާޅުވި

20 ޖޫން 11:00

ފަނޑިޔާރު ޑީޑީގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރާ ޖޭއެސްސީގެ ކޮމިޓީގެ މެމްބަރުން މިއަދުގެ ތަހުގީގު ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

20 ޖޫން 10:56

ފަނޑިޔާރު ސަސްޕެންޑްކުރި މައްސަލަ އާއި މިހާރު ބަލާ ސުލޫކީ މައްސަލަ ތަފާތު ކަމަށާއި އެހެންވެ ސަސްޕެންޝަނާ ބެހޭ ގޮތުން މި ތަހުގީގުގައި ވާހަކަ ނުދެއްކުމަށް ރިޔާސަތުން އަންގަވައިފި

20 ޖޫން 10:56

ޖޭއެސްސީން މިހާރު ކުރިއަށް ގެންދާ ތަހުގީގުގައި ފަނޑިޔާރު ޑީޑީ އަދި އެމަނިކުފާނުގެ ވަކީލު ޑރ. ޖަމީލް، ތަހުގީގު ކޮމިޓީގެ ވާހަކަތައް އައްސަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

20 ޖޫން 10:53

ފަނޑިޔާރު ޑީޑީގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރާ ޖޭއެސްސީގެ ކޮމިޓީގެ މެމްބަރުން މިއަދުގެ ތަހުގީގު ކުރިއަށް ގެންދާއިރު، ފަނޑިޔާރު ޑީޑީ އާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމު.---ފޮޓޯ: ނިޝާން އަލީ/މިހާރު

20 ޖޫން 10:51

ޑީޑީ ސަސްޕެންޑްކުރުމާ ބެހޭ ގޮތުން ގޯސްކޮށް އަމަލުކޮށްފައިވާ ކަމަށް ޖަމީލް ވިދާޅުވުމުން، ތަހުގީގު ކޮމިޓީން އެކަން ދިފާއުކަމުން ބުނީ އެކަން ކުރީ ޖޭއެސްސީގެ ގާނޫނާއި ގަވައިދު އަދި ކުރިން އަމަލުކޮށްފައިވާ ގޮތުގެ މަތިން ކަމަށް

20 ޖޫން 10:49

ފަނޑިޔާރު ޑީޑީގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރާ ޖޭއެސްސީގެ ކޮމިޓީގެ މެމްބަރުން މިއަދުގެ ތަހުގީގު ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

20 ޖޫން 10:46

ޖަމީލް ވިދާަޅުވީ މިއީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ހިންގާ ތަހުގީގެއް ކަމަށް. އެއީ އެކަށީގެންވާ ވަގުތު ނުދިނުމާއި ބޭނުންވާ ލިޔުންތައް، ތުހުމަތުކުރެވޭ ފަރާތަށް ނުދޭތީ ކަމަށް ޖަމީލް ވިދާޅުވި

20 ޖޫން 10:43

ޑީޑީގެ ވަކީލް ޖަމީލް: މިއީ ސީރިއަސް ތުހުމަތުތަކެއް ކަމަށް ވާތީ އިންސާފުވެރިކަމާ އެކު ތަހުގީގުކުރިއަށް ގެންގޮސްދިނުމަށް އެދެން.

20 ޖޫން 10:41

ފަނޑިޔާރު ޑީޑީ: އަޅުގަނޑަށް އަދި މައްސަލަ ސާފެއް ނުވޭ

20 ޖޫން 10:40

ފުލުހުންގެ ސިޓީ ތަހުގީގުގައި އިއްވީ މެންބަރު ހިސާން ހުސައިން

20 ޖޫން 10:40

"ސަސްޕެކްޓް 1" ގެ ފޯނުތަކާއި ޑިޖިޓަލް ޑިވައިސްތައް އަދިވެސް ދަނީ ފޮރެންސިކް އެނަލިލިސް ހަދަމުން ކަަމަށާއި އަދިވެސް އިތުރު މައުލޫމާތު ލިބޭނެ ކަމަށް ބެލޭވޭތީ، މިވަގުތަށް އިތުރު މައުލޫމާތެއް ދެވެން ނެތްކަން ފުލުހުން ވަނީ އަންގާފައި.

20 ޖޫން 10:39

"ސަސްޕެކްޓް 1" އާއި އަބްދުﷲ ދީދީއާ ގާތް ގުޅުމެއް އޮތްކަން މެސެޖުތަކާއި ކޯލް ލޮގްތަކުން ވެސް އެނގޭ ކަމަށް ތަހުގީގަށް ވަނީ އެނގިފައި.

20 ޖޫން 10:38

އަބްދުﷲ ދީދީގެ އާއިލީ ބޭފުޅަކަށް މެލޭޝިއާ އެމްބަސީން ވަޒީފާ ހަމަޖެއްސުމަށް "ސަސްޕެކްޓް 1" ގެ އެހީ ހޯދި ކަމަށާއި އޭސީސީ އަށް މީހަކު އައްޔަންކުރުމުގައި ވެސް ވަކި މީހެއްގެ ނަން އަބްދުﷲ ދީދީ "ސަސްޕެކްޓް 1" ގެ ފޯނަށް ފޮނުވާފައިވޭ.

20 ޖޫން 10:37

"ސަސްޕެކްޓް 1" ގެ ފޯނުން ލިބުނު ފޮރެންސިކް ހެކިން، އަބްދުﷲ ދީދީ ރާއްޖޭން ބޭރަށް ދާން ފައިސާ އަށް އެދިވަޑައިގެން ކަމާާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލަން އަބްދުﷲ ދީދީ، ކުށުގެ ވެށީގައި ހިމެނޭ މީހަކު މުއާމަލާތުކޮށްފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައި، އަދި އެ މީހާ ވަނީ އަބްދުﷲ ދީދީ ބަންދުން ދޫކޮށްލާފައި.

20 ޖޫން 10:34

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތުގައި، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ "ސަސްޕެކްޓް 1" އަބްދުﷲ ދީދީ އަށް، ސިޔާސީ ފަރާތްތަކަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް އަބްދުﷲ ދީދީ އަށް ފައިސާ ދިން ކަމަށް އެނގިފައިވޭ. އަދި އަބްދުﷲ ދީދީ އާއި "ސަސްޕެކްޓް 1" އެކި ފަހަރުމަތިން ބައްދަލުކޮށް ފައިސާ ދިން ކަމަށް، ފޯނުގެ މެސެޖުތަކުންނާއި ހެކި ބަހުން ވަނީ އެނގިފައި.

20 ޖޫން 10:31

ފުލުހުން ބަލާ މައްސަލައިގެ ތަފްސީލް ވެސް ހާމަކުރަނީ

20 ޖޫން 10:30

އެއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލޯންޑަކުރުމުގެ ތުހުމަތުކުރެވޭ މީހުންގެ އަތުން އަބްދުﷲ ދީދީ އެކި ފަހަރުމަތިން ފައިސާ ނެންގެވި ކަމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަން އުޅުއްވި ކަމަށް ބެލެވޭ ހެކި އެމްއެމްޕީއާރްސީގެ ތަހުގީގުން ފުލުހުންނަށް ލިބިފައިވާކަން ވަނީ ޖޭއެސްސީ އަށް އަންގާފައި.

20 ޖޫން 10:28

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ އެކު ޖޭއެސްސީގެ މިއަދުގެ ތަހުގީގީ މަޖިލީހުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

20 ޖޫން 10:27

ފުލުހުން މި މައްސަލަ ބަލާކަން ޖޭއެސްސީ އަށް އެންގީ މި މަހުގެ 12 ވަނަ ދުވަހު. އެހެންވެ ތަހުގީގުކުރަނީ މި މައްސަލަތަކުގައި ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ހިމެނޭތޯ ބެލުމަށް

20 ޖޫން 10:25

ޑީޑީއާ ގުޅޭ ގޮތުން ފުލުހުން ބަލަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ފައިސާ ލިބުނު މީހުންގެ އަތުން ފައިސާ ހޯއްދެވި ކަމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަން މަސައްކަތްކުރެއްވި ކަމަށް ބުނާ މައްސަލައެއް.

20 ޖޫން 10:22

ތަހުގީގުގައި ބައިވެރިވާ ޖޭއެސްސީގެ ލީގަލް ޓީމް. -- ފޮޓޯ: ނިޝާން އަލީ/މިހާރު

20 ޖޫން 10:19

ތަހުގީގު ފެށުމުގެ ގޮތުން، ފަނޑިޔާރު ޑީޑީ އާއި އޭނާގެ ވަކީލުން ނަމާއި އެޑްރެސް އަދި އައިޑީކާޑު ނަންބަރު ވިދާޅުވަނީ

20 ޖޫން 10:17

މިއީ ފަނޑިޔާރު ޑީޑީއާ ގުޅޭ ގޮތުން ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ބެހޭ ގޮތުން ހިންގާ ތަހުގީގެއް ކަމަށާއި މިއީ ތަހުގީގުގެ ދެ ވަނަ އަޑުއެހުން ކަމަށް މަސްތޫރު ވިދާޅުވި. އަދި ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ބާއްވަނީ ފަނޑިޔާރު ޑީޑީ އެގޮތަށް އެދިވަޑައިގަތުމުންކަން ފާހަގަކުރެއްވި.

20 ޖޫން 10:14

ކޮމިޓީގެ ރިޔާސަތުގައި އިންނެވީ މަސްތޫރު. ކޮމިޓީގައި ދެން ހިމެނެނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު، ފަނޑިޔާރު މުހައްމަދު އީސާ ފުޅު، މަޖިލީހުގެ މެންބަރު ހިސާން ހުސައިން

20 ޖޫން 10:13

ތަހުގީގު ފެށުނުކަން، ތަހުގީގު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މަސްތޫރު ހުސްނީ އިއުލާނުކުރައްވައިފި.

20 ޖޫން 10:11

ތަހުގީގު އަޑު އަހަށް ހާޒިރުވެ ތިބި މަދު ބަޔަކު. އޭގެ ތެރޭގައި ގިނައީ ނޫސްވެރިން. ނަމަވެސް ދަރުބާރުގޭގައި އާންމުންނަށް ހާއްސަކޮށް ގިނަ އަދަދެއްގެ ގޮނޑި ޖަހާފައިވޭ

20 ޖޫން 10:11

ފަނޑިޔާރު ޑީޑީގެ ވަކީލުންގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޖޭއެސްސީގެ ކުރީގެ މެންބަރު ރޭނިސް ސަލީމް ބައިވެރިވެ ވަޑައިގަންނަވާ

ރާއްޖޭގެ ފަނޑިޔާރަކާ ބެހޭތަހުގީގެއް އާންމުކޮށް ހުޅުވާލައިގެން މިއަދު ކުރިއަށް ގެންދާ އިރު މިއީ ރާއްޖޭގެ ތާރީޚުގައި އާންމު ކަމެއް ނޫނެވެ. މީގެ ކުރިން ނަމަ ވަރަށް ސިއްރުން، އަދި އޭގެ ނިންމުންތައް ވެސް ފަހުން އާންމުނުކުރާ ސަގާފަތެއް ދެމެހެއްޓި ޖޭއެސްސީގެ އާ ފެށުމެކެވެ.

އެކަމަކު މިއަދު މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ)ގެ މައްސަލަ ހުޅުވާލައިގެން މި ބާއްވަނީ އޭނާ އިސްވެ އެކަމަށް އެދިވަޑައިގަތުމުންނެވެ. އެހެންކަމުން އޭނާއާ ދެކޮޅަށް ޖޭއެސްސީން ބަލަން ފަށާ މި މައްސަލަތަކުގައި ފަނޑިޔާރު ޑީޑީގެ ފަރާތްޕުޅުން ވެސް ދިފާއީ ގިނަ ކަންކަން ފެނިދާނެ ކަމަށް ބެލިދާނެ އެވެ.

ފަނޑިޔާރު ޑީީޑީއަކީ، ކުރީގެ މައުހަދުން ހިންގި ގާޒީ ކޯހެއް ފުރިހަމަ ކުރައްވައި، ފުރަތަމަ ގާޒީއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ކްރިމިނަލް ކޯޓުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވަައިފަ އެވެ. ކްރިމިނަލް ކޯޓުގައި ހިންގާ މައްސަލަތަކުގައި ހިމެނޭ މީހުންގެ މެދުގައި ޑީޑީ އޭރު މަޝްހޫރު ނަމަވެސް ރާއްޖޭގެ އެންމެ ގިނަ ބަޔަކަށް އޭނާ އެނގޭނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކުރި ފަނޑިޔާރުންގެ ބެންޗުގެ އެއް ގާޒީގެ ގޮތުގަ އެވެ.

ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކޮށް، ގެންގުޅުނު މައްސަލާގައި ނަޝީދުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް، ވަރަށް ވަރަށް އަވަސް އަރުވާލައިގެން ބޭއްވި ޝަރީއަތުގައި އިއްވި އެވެ. މިދިއަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ބައިވެރިވެވަޑައިނުގެންނެވުނީ އެ ހުކުމުގެ ސަބަބުންނެވެ.

މިއަަދު ޖޭއެސްސީން، ފަނޑިޔާރު ޑީޑީގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ބާއްވާ އިރު ޖޭއެސްސީގެ ތަހުގީގު ޓީމުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު ހިމެނިވަޑައެއް ނުގަންނަވަ އެވެ. އެމަނިކުފާނު ޖޭއެސްސީގައި އިންނަވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހަައިސިއްޔަތުންނެވެ.

ޖޭއެސްސީން ބަލާ އެއް މައްސަލަ އެތަނަށް ހުށައެޅުއްވީ ވެސް ނަޝީދެވެ.

337 ކޮމެންޓް, 207 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 1%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ

21 June 2019

ފަނޑިޔާރު ފުރަތަމައަށް ތިހެއްދެވީ ބޮޑުގޯހެއްކަމަށް ދެންނެވިދާނެ، ލޯޔަރުންގެ ގޮތުގައި ގެނދެވި މީހުންނަކީ ތަސައްރަފު ފުދޭބަޔެއްކަމަކަށް ގަބޫލެއްނުކުރެވޭ،ފަނޑިޔާރު އަމިއްލައަށް ފިދާޅުވަމުން ދިޔަ ވާހަކަ ކޮޅު މާހަމަޖެހޭ.. ތިޔަ 2 މީހުން ގެން ދިއުމުގެ ބޭނުމެއްނެތް... އަތުގައި ރައްކާ ކޮށްފައިވާ ފައިސާކޮޅު ބޭކާރުކޮށް ބަޔަކަށް ދިނުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑުނުދެކެން.

The name is already taken The name is available. Register?

ޢަސޭލާ

21 June 2019

ގާނޫނު ގާނޫނު ކޮންމެ ރައްޔިތަކަށް ތީގެ ފޮތެއް ދޭން ވެއްޖެނު ވާނުވާގަ

The name is already taken The name is available. Register?

ފަލަޑޭ

20 June 2019

3 ނޮވެބަރ އިން ފެށިގެން މިގައުމުގަ އަދުލު ވެރި ޝަރީ އަތެއް ނުހިގާނެ ކަމައް ނިންމައިގެން މިހުރީ.

The name is already taken The name is available. Register?

ސީތާ

20 June 2019

ހިސާނާ ރިފްއަތަކީ އަންނިގެފަރާތުން ވަކާލާތު ކުރި މީހުން މިހާރު މިއުޅެނީ އެހަސަދަގަނޑު ފިލުވާލުމުގަ ކޮންެ ގޮތެއް ވިޔަސް އަންނިގެ ވަކީލުންނަށް ތިބެވޭނީ ހަމަ އއްއަތަށް ޖެހެވިފަ

The name is already taken The name is available. Register?

އަޒީމް

24 June 2019

ރައީސް މުހައްމަދު ނަސީދުގެ ވާހަކަ އެއްފަރާތް ކޮއްފަ، މިގާޒީގެ މައްޗަށް މިކުރެވޭ ތުހުމަތު ތަކާ ދޭތެރޭ ވިސްނާ ފިކުރު ކޮއްބަލަ. މިގާޒީގެ މައްޗަށް ކުއްސާބިތު ނުކުރެވުނަސް ގާޒީކަމުގަ ބަހައްޓަން ހެޔޮވާވަރު މީހެއްތޯމި؟؟؟؟

The name is already taken The name is available. Register?

ކަސްތޫރު

20 June 2019

ޖިނާއީ ތަހުގީގެއް ނޫނޭ ބުންޏަސް މި ސުލޫކީ މައްސަލަ ބިނާ ވެފަ އޮތީ ހިނގަމުންދާ ޖިނާއީ މައްސަލައެއްގެ މައްޗަށް. އެހެންވީމަ އެ މައްސަލައިގައި ހުރި ހެކިތަކަކަށް ބިނާކޮށް ސުވާލު ކުރާ ކަމަށް ވަންޏާ އެއީ ގާނޫނާ އެއްގޮތަށް ހޯދާފަ ހުރި ހެކިތަކެއް ކަން އެނގެން ޖެހޭނެ. ތަހުގީގު ކުރެވެމުން ދަނީ ފަނޑިޔާރެއްގެ މައްސަލަ ކަމަށް ވާއިރު އެކަން ތަހުގީގު ކުރަން ވެސް ތިބެން ޖެހޭނީ ތަންކޮޅެއް ރަނގަޅަށް ގާނޫނު ދަންނަ، ކުރާ ސުވާލަށް ޖަވާބު ދެވޭ ފެންވަރުގެ މީހުން.

The name is already taken The name is available. Register?

އަނގަ ބަނގަޅު

20 June 2019

ރޭނީސް ސަލީމަށް ހީވިކަހަލަ އޭނަ މީނީ ރުމާލު 2 ޖަގަހައިގަ އެކްޓިވިސްޓުން ކޮޅެއް ގޮވައިގެން ހޭންގް އައުޓް އަކައް އާދެވިފައޭ. ކޮފީ ބޯލާ ސިނގިރޭޓް ބޯލާ ހީނ ސަމާސާކޮށްލާ ރަނގަޅަށް އަނގަރަތްވަންދެން ދުފާލާ ރަނގަޅަށް ބަވާލާ.

The name is already taken The name is available. Register?

ޗައިނާގެ ރައީސް

20 June 2019

ރައީސް ނަޝީދު ދެކެ މީހުން އެހާ ލޯބިވެފައި ފަނޑިޔާރުންދެކެ މީހުން އެހާ ފޫހިވަނީ ކީއްވެގެންކަން ހުރިހާ ދިވެހިރައްޔިތުންނައްވެސް މިހާރު އިނގޭނެ. ލައިވްކޮއް މަވެސް ބެލިން. މަގޭ ސަޕޯޓުވެސް ދެން ރައީސް ނަޝީދަށް.

The name is already taken The name is available. Register?

ޚަލީލާ

21 June 2019

މަށެއް ލޯތްބެއްނުވޭ. އޭނަޔަކަށް ވޯޓެއްނުލަން.

The name is already taken The name is available. Register?

އަޙުމަދު

20 June 2019

ތިޔަ ފަނޑިޔާރަކު މަޤާމުން ވީހާވެސް އަވަހަކަށް ދުރުކުރުން އެދެން. އެފަދަ މީހެއްގައިގަ ހުންނަންވީ ނަޒާހަތްތެރިކަމެއްނެއްކަން މިއަދު ވަރަށް ސާފުކޮށް އެނގިއްޖޭ. އެމް.އެމް.ޕީ.އާރު ސީގެ ޚިޔާނާތުގެ ފައިސާގަ ޖެހިފައިވާކަން މިހާރު ސާފުވެދާނެކަމަށްފެނޭ. ލަސްނުކޮށް 777 އާގުޅާލާ. ޢާމުކޮށް ހުޅުވާލައިގެން ތަހުގީ ކުރާވަރަކަށް ޑީ.ޑީ މެން ފަޝިހަތްވާނީ، އެކަމަކުވެސް ލަދެއް ނުގަނެ.

The name is already taken The name is available. Register?

ވިލިމާލެ

20 June 2019

ޖަމީލަށް އަހަރެމެން ވޯޓް ނުލީ ސަބަބެއް ނެތީއެއްނޫން. ވިލިމާލެ މެންބަރުކަން ނުލިބުނީތީ އުފާކުރަން. ވަރަށަ ދެރަ

The name is already taken The name is available. Register?

ޟަރިޔާ

20 June 2019

އެއްވެސް އަސްލެއް ނެތް ތަހްގީގެއް. ފަނޑިޔާރު ރޮލާ ފްރޭމްކޮށްފަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454