ޚަބަރު / މާލެ

ފިހާރައަކުން ވޮލެޓް ވަގަށް ނެގި ދެމަފިރިން، އެ ވޮލެޓް ފުލުހުންނާ ހަވާލުކޮށްފި

ދެމަފިރިއަކު ފިހާރައަކުން ވޮލެޓެއް ވަގަށް ނަގާ މަންޒަރު -- ފޮޓޯ: ސޯޝަލް މީޑިއާ

ފިހާރައެއްގައި މީހަކު ބާއްވާފައި ދިޔަ ވޮލެޓަކުން ވިޔަފާރިކުރި ދެމަފިރިއަކު، އެ ވޮލެޓް އިއްޔެ ފުލުހުންނަށް ހަވާލުކޮށްފި އެވެ،

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ވޮލެޓެއް ގެއްލިގެން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އެ ވޮލެޓް ފުލުހުންނަށް ހަވާލުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ވޮލެޓް ހަވާލުކުރި އިރު އޭގައި ފައިސާ ހުރި ކަމެއް ފުލުހުންނެއް ނުބުނެ އެވެ.

ވޮލެޓް ވަގަށްނަގާ މަންޒަރު މީހަކު ޓްވީޓްކޮށްފައި

ގެއްލުނު ވޮލެޓުގެ ވެރިފަރާތް ވެސް ހޯދިއްޖެ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. ނަަމަވެސް އެ މީހާ މި ވަގުތު މާލޭގައި ނެތުމުން އަދި އެ ހަވާލުނުކުރެވޭ ކަމަށާއި އޭނާ މާލެ އައުމުން އެ ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ދެމަފިރިން ފުލުހުންނާ ވޮލެޓް ހަވާލުކުރި އިރު، އެ ފިހާރައިން ވޮލެޓު ނެގި ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ފިހާރައިން ވިޔަފާރިކުރުމަށް ފަހު، ކައުންޓަރު މަތީގައި ވޮލެޓް ބާއްވާފައި މީހަކު ދާ ތަން އެ ވީޑިއޯއިން ފެނެ އެވެ. އެއަށް ފަހު އެ ފިހާރަ އަށް ދިޔަ ދެމަފިރިން އެ ވޮލެޓުން ވިޔަފާރިކުރުމަށް ފަހު، ވޮލެޓު ހިފައިގެންދާ ތަން ވެސް ފެނެ އެވެ.

އެ ދެމަފިރިންނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ސޯޝަލް މީޑިއާގައި އަމާޒުވެފަ އެވެ. އެ ވޮލެޓް ފުލުހުންނާ ހަވާލުކުރީ އެ ވީޑިއޯ ފަޅާއެރުމަށް ފަހު އެވެ.

62 ކޮމެންޓް, 170 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 9%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

7777

23 June 2019

ކަލެޔައް ވެސް ފެނުނީމަ ދާނީ ހިފައިގެން ތޯޗެއް...

ފާތުން

23 June 2019

ވަރަށް ލޯބި ކަޕުލް އެއް

ޗިކް

23 June 2019

ރިލޭޝަން ޝިޕް ގޯލްސް! އަދިއްޔޯތް!

32102

23 June 2019

ލަދުހަޔާތުގެ ހަމަ ކަންފުޅެއްވެސް ނެތީ ދޯ؟ މި އަންހެންމީހާވެސް ހަމަ ހިތަކަށް އެއްޗެއްނޭރި ފައިސާވީމަ. ލާރި ވިއްޔާ ހަމަ ހޭވައްޓާލާފަ. މިހާރު ހުންނާނެ ރާ ކަނިމަސްކެވިފަ.

ނުސިޔާސީ މީހާ

23 June 2019

ވަގުން ހައްޔަރުކުރޭ

މަހޭޝް

23 June 2019

މިހިރީއެ ޙާލަކީ އުޅޭ ކިހިނެއްތަ ދެން ހަދާނީ!..............................

ޙިނި

22 June 2019

ބޮޑެތި ވަގުން ބޭރުގަ އަދި ގޭގަ އަރާމުކުރަނީ

އަލަގެދަރު

22 June 2019

ތީވަރައްބޮޑައް ރޭވިގެންހިނގާފައޮތްކަމަކާ ވައްތަރީ އެއީ އެވޮލެޓު ބާއްވާފާދިޔަފަހުން އެދެމީހުން އެއިންވިޔަފާރިކުރިއިރުވެސް އޭގެވެރިމީހާ އެމީހުންގެ ފުރަގަހުން ހިގާފަދާތަންފެނޭ

މަސްވެރިޔާ

22 June 2019

ވެދާނެ އޮޅިގެންކަމަށް. ފިރިމީހާގެ ވޮލެޓްކަމަށްހިތާ ވިޔަފާރިކޮއް ވޮލެޓްވެސް ގެންދެވުނީީ ތޯއްޗެއް. ދެން މީސްމީޑިޔާއިން ޚަބަރުއެގުމުން ގެންގޮސް ހަވާލުކުރެއްވީކަމަށްވެސް ވެދާނެ.

ބަރޯ

22 June 2019

ޥޮލެޓުވަގު

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454